ހޯމްސްޓޭއިން ރިސޯޓުތަކަށް ގެއްލުމެއް ނުވާނެ: މައުސޫމް

ކ. ތުލުސްދޫ ފާލަމުގައި ޓޫރިސްޓަކު އިށީނދެލައިގެން: މީހުން ދިރިއުޅޭ ގޭގޭގައި ހޯމްސްޓޭއަށް ހުއްދަ ދިނުމަކީ ޓޫރިޒަމް ސިންދަފާތުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކ. ތުލުސްދޫ ފާލަމުގައި ޓޫރިސްޓަކު އިށީނދެލައިގެން: މީހުން ދިރިއުޅޭ ގޭގޭގައި ހޯމްސްޓޭއަށް ހުއްދަ ދިނުމަކީ ޓޫރިޒަމް ސިންދަފާތުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ގޭގޭގައި ޓޫރިސްޓުން ބައިތިއްބަން ހުއްދަދީ ހޯމްސްޓޭ ތައާރަފު ކުރި ނަމަވެސް، ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކަށް ގެއްލުމެއް ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގޭ ޓޫރިޒަމް ޕްރޮޑަކްޓް ސިންދަފާތު (ޑައިވާސިފައި) ކުރުމުގެ ބޭނުމުގައި މީހުން ދިރިއުޅޭ ގެތަކުގައި ގެސްޓުން ބައިތިއްބަން ހޯމްސްޓޭ ޓޫރިޒަމް ތައާރަފުކުރަން ނިންމައިފަ އެވެ. އަދި މި އަހަރުގެ ނިޔަލަށް މިކަމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކުގެ މަސައްކަތް ނިމި ހޯމްސްޓޭއަށް ފުރުސަތު ދެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ރާއްޖެއަށް ހޯމްސްޓޭ ތައާރަފުކުރުމާ ދެކޮޅު ފަރާތްތަކުން ވަނީ މިއީ ރާއްޖޭގެ އަގުބޮޑު ޓޫރިޒަމް ޕްރޮޑަކްޓަށް ގެއްލުން ވާނެ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭގެ އިތުރުން މިއީ ރާއްޖޭގެ އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށް ބުނެ މިކަން ތައާރަފު ކުރުމާ ދެކޮޅު މީހުން ވެސް އެބަ ތިއްބެވެ.

މިކަމާ ދެކޮޅު މީހުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްމުން، ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުސޫމް ވިދާޅުވި ގޮތުގައި، ހޯމްސްޓޭ ތައާރަފުކުރިޔަސް އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް" ހިމާޔަތްކުރާށެވެ.

ރާއްޖޭގެ ތަފާތު ރިސޯޓް ކޮންސެޕްޓަށް އަލިއަޅުވާލައްވަމުން މައުސޫމް ވިދާޅުވީ، މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބަކަށްވީ މި ކޮންސެޕްޓް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ސިންދަފާތު ކުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ އަގު ބޮޑު ޖަވާހިރު ކަމުގައިވާ ރިސޯޓް ޕްރޮޑަކްޓް "އޮފު" ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ގޮތަކަށް ޓޫރިޒަމް ޑައިވާސިފައި ކުރި ނަމަވެސް ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ފުރިހަަމަޔަށް ހިމާޔަތްކުރާނެ. އޭގެ އޮފުކަން އަޅުގަނޑުމެން އިތުރަށް އޮފު ކުރާނެ. ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގަ ތަފާތު މޮޅެތި ރިސޯޓްތައް އަދިވެސް އަންނާނެ" ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑްސްޓްރީޒް (މަޓީ)ގެ ޗެއާޕާސަންގެ ނައިބު ސަލާހް ޝިހާބު ވިދާޅުވީ އޭނާގެ ނަޒަރުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ފުޅާކޮށް ގެސްޓުންނަށް ލިބޭ "ޗޮއިސް" އިތުރު ކުރަން ތާއީދު ކުރައްވާ ކަމަށެވެ. އަދި މަންޒިލެއް ފުރިހަމަ ވާން ހުރިހާ ވައްތަރެއްގެ ޓޫރިޒަމް ބޭނުންވާ ކަމަށާއި ސިންދަފާތު ކުރުމުގެ ތެރެއިން ރިސޯޓްތަކަށް "ޑައިވާސިފިކޭޝަން އިމްޕެކްޓް" ބޮޑު ވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ މައިގަނޑު އަޅުގަނޑުމެންގެ އިންޑްސްޓްރީގެ މި ގެންގުޅޭ ޕްރޮޑަކްޓްތަކަށް ނުރައްކަލެއް ވާވަރަށް ޑައިވާސިފިކޭޝަން އިމްޕެކްޓެއް އޮންނާނެ ހެނެއް. އަޅުގަނޑުގެ އަމިއްލަ ވިސްނުން ގަބޫލުކުރާ ގޮތް. އަނެއްހެން ގައުމެއްގެ އެ ޑެސްޓިނޭޝަން ފުރިހަމަ ވުމަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ޓޫރިޒަމެއް" ޝިހާބް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއީ ރާއްޖެއަށް އަލަށް ތައާރަފު ކުރެވޭ ކަމަކަށް ވާތީ އާއި މިހާރު ވެސް ގިނަ ޕްރޮޑަކްޓްތަކެއް ހުރި އިރު ހޯމްސްޓޭ ތައާރަފު ކުރުމުގެ ކުރިން ފުންކޮށް ވިސްނަން ޖެހޭ އޭނާ ވިދާޅުވި އެވެ. އަދި މި ނިންމުން ނިންމަން ޖެހޭނީ ރައްޔިތުންނާ ގުޅިގެން ރަށު ކައުންސިލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޝިހާބްގެ ވާހަކަތަކާއި ގުޅިގެން މައުސޫމް ވަނީ ހޯމްސްޓޭ ތައާރަފު ކުރުމުގެ ކަންކަން ކުރާނީ އިންތަކާއި މިންތަކުގެ ތެރެއިން އުސޫލުތައް ކަނޑައެޅިގެން ކަމަށް ދެއްވާ ޔަގީންކަން ތަކުރާރު ކުރައްވައިފަ އެވެ. އަދި އެކަމުގައި ކައުންސިލްތަކުގެ ބައިވެރިވުން ފުރިހަމައަށް އޮންނާނެ ކަމުގެ ޔަގީންކަން ވެސް މައުސޫމް އެރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox