ތާވަލާ އެއްގޮތަށް އަހަރުގެ ފަހުކޮޅު ވެކްސިން ޓޫރިޒަމް ފަށާނެ

ވެލާނާ އެއާޕޯޓު ފާލަން ދޮށުގައި ޓޫރިސްޓަކު އިށީންދެލައިގެން: ވެކްސިން ޓޫރިޒަމް ޕްރޮގްރާމެއް ފަށަން ޓޫރިޒަމުން އަންނަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރަން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ވެލާނާ އެއާޕޯޓު ފާލަން ދޮށުގައި ޓޫރިސްޓަކު އިށީންދެލައިގެން: ވެކްސިން ޓޫރިޒަމް ޕްރޮގްރާމެއް ފަށަން ޓޫރިޒަމުން އަންނަނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރަން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ރާއްޖޭގައި ވެކްސިނޭޝަން ޓޫރިޒަމް ތައާރަފުކުރުމުގެ މަސައްކަތް ތާވަލާ އެއް ގޮތަށް މި އަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ވެކްސިން ޓޫރިޒަމް ފެށުމުގެ ވާހަކަ އިއުލާންކުރީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގަ އެވެ. އަދި މިއީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ޓޫރިސްޓުން އިތުރު ކުރުމަށާއި ޓޫރިޒަމް ޕްރޮޑަކްޓްތައް އިތުރު ކުރުމުގެ ބޭނުމުގައި ފަށާ ކަމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ފަހުން ރާއްޖެ ވެސް ހިމެނޭ ގޮތަށް މުޅި ދުނިޔެއަށް ވެކްސިންގެ ތާށިކަމެއް އައިސް ވެކްސިން ޓޫރިޒަމް ފެށޭނެ ކަމާ މެދު ސުވާލު އުފެދުނެވެ. އަދި މުޅި ދުނިޔެއަށް ވެކްސިން ލިބުން ދަތިވެގެން އުޅޭ ދަނޑިވަޅެއްގައި މިކަން ފެށުމަކީ "އެތިކަލް" ކަމަކަށް ވެދާނެތޯ ގިނަ ބަޔަކު ސުވާލު ވެސް އުފެއްދި އެވެ.

ކޮވިޑާ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން އަހަރެއް ފުރުން ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެކްސިން ޓޫރިޒަމް ފެށުމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން، މިނިސްޓަރު ވިދާޅުވީ ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

ނަމަވެސް އެ ތާރީހު ބިނާ ވަނީ ރާއްޖޭގެ ކޮވިޑް ވެކްސިނޭޝަން ކެމްޕެއިނުގެ ކާމިޔާބީއާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިހާރު ކުރިޔަށްދާ ދުވެލީގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށްދާ ނަމަ މި ހިނގާ އޯގަސްޓް މަހުގެ ނިޔަލަށް، ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހޭނެ ކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިހާރު ރާއްޖެއަށް ވެކްސިންގެ ދަތިކަމެއް ނެތް ކަމަށާއި، އެ ލަނޑުދަނޑިއަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ބަލާއިރު، މިހާތަނަށް ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފި އެވެ. އަދި ޓޫރިޒަމް ދާއިރާއަށް ބަލާ ނަމަ މި ޖުލައި މަހުގެ 13 އާ ހަމައަށް ރިސޯޓް މުވައްޒަފުންގެ 80 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފި އެވެ.

އެއް ޑޯޒް ޖެހި މީހުންގެ އަދަދަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓަށް ވެކްސިން ޖަހައިފި އެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 97 ޕަސެންޓް ވަނީ އެއް ޑޯޒް ޖަހާފަ އެވެ.

އީދު ބަންދަށް ވެކްސިން ޖެހުން މެދުކަނޑާލި ނަމަވެސް، ކުރިޔެކޭ އެއް ގޮތަށް ވެކްސިން ޖެހުމުގެ ކަންކަން އަލްހާ އީދު އަދި މިނިވަންދުވަހުގެ ބަންދަށް ފަހު ފަށާނެ އެވެ.

ވެކްސިން ޓޫރިޒަމް ފަށާނީ އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ފުރިހަމަކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެއީ ކިހާ އިންސައްތައެއް ކަމެއް ކަނޑައަޅާފަ އެއް ނުވެ އެވެ.

އެކަމަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ގެންގުޅޭ މިންގަނޑުން އާބާދީގެ ބޮޑު އިންސައްތަައަކަށް ވެކްސިން ޖެހުނު ކަމަށް ބަލަނީ 75 ޕަސެންޓް މީހުންނަށް ދެ ޑޯޒް ދެވުނީމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox