ނަޝީދަށް ހަމަލާދިން މީހުންގެ މައްސަލަ އަންނަ ހަފުތާގައި ޕީޖީއަށް ފޮނުވަން މަސައްކަތްކުރަނީ

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޖާހް އާއި އަދުހަމްގެ އިތުރުން ތަހްމީން: އެ ހަމަލާއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކުރި.

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޖާހް އާއި އަދުހަމްގެ އިތުރުން ތަހްމީން: އެ ހަމަލާއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކުރި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާކޮށްދޭން އެދި އަންނަ ހަފުތާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން މިރޭ ބުނެފި އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކެނެރީގެއިން ހިންގަވާފައި، މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް ވަޑައިގަތުމާ އެކު ބޮމެއް ގޮއްވާލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރި އެވެ. އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ހިމެނެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، މޭހައެއް ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރުު ހަސަން އަފީފް ވިދާޅުވީ ތަހުގީގަށް ފާރަވެރިވާން ކުރާ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ހޯމް މިނިސްޓަރު އިމްރާންއާ ބައްދަލުކުރެއްވި ކަމަށެވެ. އޭނާ ޔަގީންކަން ދެއްވީ، އަފީފް ވިދާޅުވި ގޮތުގައި، ޖުލައި 20ގައި ދައުވާކުރަން ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމެވެ.

ނަޝީދުގެ ފުރާނަފުޅުކިރިޔާ ސަލާމަތްވި ހަމަލާގެ މައުލޫމާތު ކުރިން ލިބިފައިވޭތޯ އެ ކޮމިޓީން އޮޅުންފިލުވި އެވެ. އެކަމަކު އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ކުރިން ލިބިފައި ނުވާ ކަމަށް އިމްރާން ވިދާޅުވި ކަމަށް އަފީފް ވިދާޅުވި އެވެ.

"އެއީ [ކުރިން މައުލޫމާތު ނުލިބުމަކީ] ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ދެންނެވިން. އެއީ ހުރިހާ ރައްޔިތުންނަށް އޮތް ނުރައްކަލަކަށް ވާތީ،" އަފީފް ވިދާޅުވި އެވެ.

މޭހައެއް ކޮމިޓީން ވަނީ ނަޝީދުގެ ހަމަލާއަށް ފަހު ވެސް މީހުން މަރަން ގޮވައި ސޯޝަލް މީޑިއާގައި މެސެޖްތައް ދައުރުކުރާއިރު ފިޔަވަޅު ނާޅަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.

އަފީފް ވިދާޅުވީ ނަޝީދަށް ހަމަލާދިނުމުގައި އުޅުނީ އާއްމުކޮށް ކުށްތަކުގައި އުޅޭ މީހުން ނޫން ކަމަށާއި "އެންމެ މަތީ ދަރަޖާގައި ހަރުކަށި ފިކުރުގައި އުޅޭ މީހުން" ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އެންމެ މަތީ ދަރަޖައިގެ ހަރުކަށި ފިކުރަކީ އަފީފް ސިފަކުރެއްވި ގޮތުގައި މީހުން މަރަން ގޮވާ މީހުންނެވެ.

މި ހަމަލާ އިސްވެ ތިބި ރާވައި ހަރަދުކުރި މީހުން ހޯދެންވާނެ ކަމަށާއި އެހެން ނޫނީ، މިފަދަ ހަމަލާތައް ހުއްޓުވުން އެއީ ނުކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު އިމްރާން އަރިހުގައި ދެންނެވި ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މޭހައެއް ކޮމިޓީގެ މެމްބަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ރިޕޯޓް މޭހައެއް ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ. އެއީ ފުރިހަމަ ރިޕޯޓެއް ކަމަށާއި އޭގައި ހުރި ރެކޮމަންޑޭޝަން ތަންފީޒުކުރަމުންދާ މިންވަރެއް އަންނަ ހަފުތާގައި ބަަލަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ރިޕޯޓުގައި 3 ކަމެއްގެ މައްޗަށް ބިނާކޮށް 45 ރިކޮމަންޑޭޝަނެއް އޮތެވެ. އެއީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ގޮތުންނާއި ފައިނޭންޝަލް އިންޓެލިޖެންސްގެ އިތުރުން ނަޝީދުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ދެއްވާފައިވާ ލަފާތަކެއް ކަން ސިރާޖް ފާހަގަކުރެއްވި އެވެ.

ކޮންމެ ރެކޮމަންޑޭޝަނެއްގައި ވެސް ދައުލަތުގެ އިދާރާތަކުން ކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައިވެ އެވެ. އެކަންކަން ތަންފީޒުވާ މިންވަރު ބަލާނީ މޭހައެއް ކޮމިޓީން މުއައްސަސާތަކާ ބައްދަލުކޮށްގެން ކަމަށް ސިރާޖް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox