ފަސް މެމްބަރަކު ހިމެނިވަޑައިގަންނަވާ "މޯލްޑިވްސް ނެޝަނަލް ޕާޓީ" އުފެއްދުމުގެ ހުއްދަ ދީފި

ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސުން ދީފައި ވަނީ އުޝާމަށް.

ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސުން ދީފައި ވަނީ އުޝާމަށް.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިއްބަވައި ސިޔާސީ ހަރަކާތް ފުޅާކުރައްވަން އުފައްދަވާ "މޯލްޑިވްސް ނެޝަނަލް ޕާޓީ"ގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީ އުފެއްދެވުމުގެ ހުއްދަ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، އަހްމަދު އުޝާމަށް ކަމަށެވެ. އަމިއްލަ މެމްބަރެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރެއްވި އުޝާމްގެ އިތުރުން މި ޕާޓީގެ ހަރަކާތްތަކުގައި މަޖިލީހުގެ ފަސް މެމްބަރަކު އިސްކޮށް އުޅުއްވަ އެވެ.

އޭގެތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަގެނތީގެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު ވެސް އުޅުއްވަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެމްބަރުން އިސްވެ އުފައްދަވާ ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގައި ޕާޓީ ރަޖިސްޓްރީކޮށްދޭނީ 3،000 މެމްބަރުންގެ ސޮއި ހަމަކުރުމުންނެވެ.

މި ޕާޓީ އުފައްދަވަން ނިންމެވުމާ ގުޅޭ ގޮތުން މިއިން އެއްވެސް މެމްބަރަކު މިހާތަނަށް މީޑިއާ އަށް ވާހަކައެއް ނުދައްކަވަ އެވެ. މީގެތެރެއިން ރިޔާޒާއި ނާޒިމް ކުރިން އުޅުއްވީ ޖުމްހޫރީ ޕާޓީގަ އެވެ. މެމްބަރު ނަޝީދާއި އަބްދުލްމުހްސިން މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އަމިއްލަ ގޮތުންނެވެ.

ރާއްޖޭގައި 10 ޕާޓީއެއް މިހާރު ވެސް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އޭގެތެރެއިން ގާނޫނުގައި ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަވަނީ މަދު ޕާޓީއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox