ކާރިސާގެ ހާލަތުގައި އިގުތިސޯދު ހިފަހައްޓަން ބީއެމްއެލްއިން މުހިއްމު ދައުރެއް އަދާކުރި: ޓިމް ސޯޔާ

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ: މިއަދު ބޭއްވި އޭޖީއެމްގައި ސޯޔާ ވަނީ ބޭންކުން އަދިވެސް އިގުތިސޯދީ ރިކަވަރީއަށް އިންވެސްޓް ކުރާނެ ކަމަށް -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ: މިއަދު ބޭއްވި އޭޖީއެމްގައި ސޯޔާ ވަނީ ބޭންކުން އަދިވެސް އިގުތިސޯދީ ރިކަވަރީއަށް އިންވެސްޓް ކުރާނެ ކަމަށް -- ފޮޓޯ: ބީއެމްއެލް

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި އިގުތިސޯދީ ކާރިސާގެ ތެރޭގައި އިގުތިސޯދު ހިފަހައްޓަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މުހިންމު ދައުރެއް އަދާކުރި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯޔާ ވިދާޅުވި ގޮތުގައި އިގުތިސޯދު ހީނަރުވެ ނުދިނުމަށާއި ވިޔަފާރިތަކަށް އެހީވުމަށް ބޭންކުން މަސައްކަތް ކުރީ ދުރާލާ ސްޓްރެޓަޖީއެއް އެކުލަވާލައިގެން، އެ ސްޓްރެޓްޖީއާ އެއްގޮތަށެވެ.

މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް އެކުލެވޭ މި ސްޓްރެޓެޖީގެ ސަބަބުން މިހާރު ބޭންކުގެ ހާލަތު އޮތީ ކުރިން އަހަރުގެ މި ދުވަސްވަރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށް ސޯޔާ ފާހަގަކުރެއްވި އެވެ. މި ސްޓްރްޓެޖީގައި ހިމެނެނީ:

Advertisement
  • މެދުކެނޑުމެއްނެތި ބޭންކިން ހިދުމަތް ދިނުން
  • ލޯން ދެއްކުން ފަސްކޮށްދިނުމާއި ސަރުކާރުގެ ލޯން ސްކީމްތައް މެނޭޖްކުރަން އެހީތެރިވެދިނުން. މީގެ ތެރޭގައި އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ހިމެނޭ
  • ލިކުއިޑިޓީ ޕްރެޝަރު ކުޑަކުރުމަށްޓަކައި ބޭރުން ފަންޑިން ހޯދުން. މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދުނު.
  • އެކަށޭނަ އަދަދަކަށް ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުން.

"މިއަދު އަޅުގަނޑުމެން މިތިބީ މިދިޔަ އަހަރުގެ މިހިސާބުގައި އަޅުގަނޑުމެން ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި. އަދި މި އަޑިގަނޑުން އަޅުގަނޑުމެން އަރައިގަންނާނަން. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް އުދަނގޫތަކާ ކުރިމަތިވާނެ. މިއާއެކުވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި." ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ

ސޯޔާ އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޭންކުގެ އާ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އިއުލާންކޮށް، ބީއެމްއެލްގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފުޅާކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox