އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެކަން އިއުލާނުކޮށްފި

އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެކަން އިއުލާނުކޮށްފި

އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެކަން އެ ބޭންކުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޭންކުގެ ކްރެޑިޓު ކާޑުތައް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ކުރަން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ފެބްރުއަރީ 1، އިން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 3،000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން ބީއެމްއެލް އިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

މި ތާރީހުގައި ބީއެމްއެލްގެ ކްރެޑިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުކުރާނެކަން ފުރަތަމަ އިއުލާނުކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ސެޕްޓެމްބަރު 29، 2025، ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް ދޭ ބައެއް ހިދުމަތްތަކަށް ލުއި ދީފަ އެވެ. އެގޮތުން ޑެބިޓު ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ އަދަދު އިތުރުކޮށް އެ ބޭންކުގެ ޕީއޯއެސް މެޝިންތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުން ނަގާ މާޗަންޓު ފީ ކުޑަކުރަން ނިންމީ ނޮވެމްބަރު 11، 2025، ގަ އެވެ.

ބީއެމްއެލް އިން ޕީއޯއެސް މެޝިން ބޭނުންކުރަން ފެށީއްސުރެ މާޗަންޓު ފީ ހިފެހެއްޓިފައި ހުރީ 2.5 ޕަސެންޓުގަ އެވެ. އެ އަދަދު ދަށްކުރީ އެއް ޕަސެންޓަށެވެ. މީގެ އިތުރުން، ވިޔަފާރިތަކަށް އިތުރަށް ލުއިކޮށްދިނުމަށް އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީ އެއް ތައާރަފުކުރުމަށް ވެސް ބީއެމްއެލް އިން އޭރު ނިންމި އެވެ.

ބޭރު ގައުމުތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރެވޭ އަދަދު 1،000 ޑޮލަރަށް، އަދި އެއާލައިން ޓިކެޓާއި ހޮޓާތަކަށް ލާރި ދެއްކުމާށް ކާޑުން ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރުކުރަން ވެސް ބީއެމްއެލް އިން ނިންމި އެވެ.

ބީއެމްއެލް ގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ޖޫން 30، 2025، ގައި ވަނީ ކުޑަކޮށްފަ އެވެ. ހަމަ އެ ދުވަހު ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކުރި އެވެ.

ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރަން ބޭންކުން ނިންމީ ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާއެކު ކުރިމަތިވި ފާޑުކިޔުންތަކާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox