ހަމަލާގެ ރިޕޯޓަށް އަވަސް ފިޔަވަޅު ނޭޅިއްޖެނަމަ ބޮޑެތި ގެއްލުންތައް ވާނެ ކަމުގެ އިންޒާރު

މީގެ ކުރިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ނަޝީދު އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މީގެ ކުރިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ނަޝީދު އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރިހުގައި ހިންގި ފުރަތަމަ ޕާލިމަންޓްރީ އިންކުއަރީއަށްފަހު ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން އަވަސް ފިޔަވަޅުތައް ނާޅައިފިނަމަ، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމުގެ އިންޒާރު ނަޝީދު ދެއްވައިފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.

އެ ރިޕޯޓްގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ހިމަނާފައިވެ އެވެ.

Advertisement

ގާތްގަނޑަކަށް 270 ސަފުހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ވެސް ހިމަނައިފައިވެ އެވެ.

ރިޕޯޓްގައި ސަރުކާރުގެ މުއައްސަސާތަކުގައި ހުރި ދޯދިޔާ ގިނަ ކަންކަން ފާހަގަކޮށްފައިވާއިރު، އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރިކަން ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ލަފާތައް ދިނެވެ.

އެ ރިޕޯޓުން ސަރުކާރަށް ހުށަހެޅި 45 ލަފާ ފުރިހަމައަށް އަމަލުކޮށް، ނަޝީދަށް ދެވުނު ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް މަޖިލިސް މެމްބަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު އަރުވާފައިވާއިރު، މަޖިލީހުގެ ރައީސަށް އެ ރިޕޯޓު ރަސްމީކޮށް އެރުވުމަށް މިއަދު މެންދުރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާއްމުކުރި ރިޕޯޓުގައި އުނިކޮށްފައިވާ ބައިތަކާ އެކީގައި ކޮމިޓީއަށް ހޯދުނު ލިޔެކިޔުންތަކާއި ބައްދަލުކުރި ފަރާތްތަކުގެ ޔައުމިއްޔާތައް ވެސް އެ ދެ ބޭފުޅުންގެ އިތުރުން އުއްތަމަ ފަނޑިޔާރަށް އަރުވާނެ ކަމަށެވެ.

އެގޮތުން، އެ ރިޕޯޓުގެ އިތުރުން ތިން ވޮލިއުމްގެ މައްޗަށް 3،000 އަށް ވުރެ ގިނަ ސަފުހާގެ ޔައުމިއްޔާ އާއި އިތުރު 500 ގަނޑުގެ ލިޔެކިޔުންތައް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެ އިންކުއަރީގެ ފުރިހަމަ ރިޕޯޓު މިއަދު ރައީސް ސޯލިހަށް އަރުވާފައިވާއިރު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަމަށް ރައީސްއާ ހަވާލާ ދެއްވައި އަސްލަމް ވިދާޅުވި އެވެ.

އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި، ނަޝީދު ވިދާޅުވީ މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއް ނަމަވެސް، އެއީ މުޅި ގައުމާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމުގައި 241 ކޮމިޓީން އަދާކުރަންޖެހޭ ދައުރަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އިންކުއަރީގެ މަސައްކަތް ފުރަތަމަ ފަށައިގެންއިރު، ވަކިވަކި ސިފައިން ހާޒިރުކުރުމާމެދު ޝައްކުތަކެއް އުފެދުނު ކަމަށެވެ.

ނަމަވެސް، އެއީ ސުވާލެއް ވެސް އުފެދެންޖެހޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮމިޓީ ބޭނުންވާ ގޮތަކަށް އެކަން ގެންދެވޭނެ. އެއީ އެހެން މީހަކަށް އެކަމާ ސުވާލުވެސް ކުރެވޭނެ ކަމެއް ނޫން. ކޮންމެ މުއައްސަސާއެއްގެ ކޮންމެ ބޭފުޅަކު ހާޒިރުކޮށްގެން ކޮމިޓީން ބޭނުންވާ ކޮންމެ ސުވާލެއް އެ ބޭފުޅަކާ ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެ ރިޕޯޓުން ފާހަގަކޮށްފައިވާ މައްސަލަތަކަށް އަވަސް ފިޔަވަޅު އެޅުއްވުމަށް ރައީސް ސޯލިހަށް މިއަދު ވެސް ގޮވާލައްވަމުން، ނަޝީދު ވިދާޅުވީ އެކަމަށް ފަސްޖެހިވަޑައިގެންފިނަމަ، ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންތައް ވާނެ ކަމަށެވެ.

އެގޮތުން، އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސޯދަށް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ގައުމުގެ އަމާންކަމަށް ޓޫރިޒަމް ސިނާއަތް ބަރޯސާވެފައިވާއިރު، ފަސޭހަކަމާއެކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ހަމަލާދެވޭ ތަނެއްގެ ގޮތުގައި ދުނިޔެއަށް ފެނިއްޖެނަމަ، އޭގެ އަސަރު ކުރާނީ ވަޒީފާތަކަށާއި އާމްދަނީ އަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދެން އެ މައްސަލަތައް އަވަހަށް ބައްލަވާށޭ. ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވައި. ބައްލަވަންޖެހިވަޑައިގަންނަވާ ކަންކަން އަވަހަށް ބައްލަވާށޭ،" ރައީސް އެކަން ކުރައްވާނެކަމަށް ޝައްކު ނުކުރައްވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ ރިޕޯޓުގައި ހިމެނިފައިވާ ރެކަމެންޑޭޝަންތަކުގެ މައްޗަށް ޝަރީއަތް ކުރުމުގެ އުސޫލުތަކާއި ހަމަތަކަށް ވެސް ބައްޓަންކޮށް ދެއްވުމަށް ނަޝީދު މިއަދު ވަނީ އުއްތަމަ ފަނޑިޔާރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox