ހަމަލާގެ ހިލަމެއް އެމްއެންޑީއެފަށް ނުވާ ކަމަށް އިންކުއަރީން ގަބޫލެއް ނުކުރޭ

އެމްއެންޑީއެފްގެ އިސްވެރިންތަކެއް ނަޝީދާ ބައްދަލުކުރައްވަނީ. -- ފޮޓޯ/ މަޖިލިސް

އެމްއެންޑީއެފްގެ އިސްވެރިންތަކެއް ނަޝީދާ ބައްދަލުކުރައްވަނީ. -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާރަލުމަށް ފަހު، އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގެ ހިލަމެއް އެމްއެންޑީއެފަށް ނުވާ ކަމަށް ބުނެފައިވާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިރޭ އާއްމުކުރި 271 ސޮފްހާގެ ރިޕޯޓުގައި ބުނެފައި ވަނީ، ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ މައުލޫމާތެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެ މުއައްސަސާއަށް ލިބިފައި ނުވާ ކަމަށް އިންކުއަރީއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާ ކަމަށެވެ. އެކަމަކު އެކަން އިންކުއަރީން ގަބޫލުނުކުރާ ކަމަށެވެ.

ސަބަބުތަކެއްގެ ގޮތުގައި ދައްކާފައި ވަނީ ނަޝީދުގެ ތްރެޓް ލެވެލް އެސެސްމެންޓާއި އެކި ފަހަރު މަތިން އެމްއެންޑީއެފަށް ލިބިފައިވާ މައުލޫމާތެވެ. އެމަނިކުފާނު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެކި ފަހަރުމަތިން އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

Advertisement
ރައީސް މުހައްމަދު ނަޝީދަށް، އެއްޗެއް ގޮއްވާލައިގެން ހަމަލާއެއް ދީފާނެ ކަަމަށް ފްލޭގްވާ މިންވަރަށް [އެމްއެންޑީއެފަށް] މައުލޫމާތު ލިބިފައިވާ ކަމަށް ގަބޫލުކުރެވެ އެވެ. -- ރިޕޯޓް

ރިޕޯޓުގައި ބުނިގޮތުގައި ނަޝީދަށް ހަމަލާއެއް ދޭން އުޅުމުގެ އިންޑިކޭޓާސްތައް ހުރުމުގެ އިތުރަށް، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅެފައިވާ ކަަމަށް އެކި ފަހަރުގެ މަތިން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވެ އެވެ.

ހަމަލާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެކި ތަންތަނުގައި އިންޓެލިޖެންސް އިދާރާތަކަށް އެއްވެސް މައުލޫމާތެއް ނުލިބި އަދި އަނެއް ބައި ފަހަރު ބައެއް ކަހަލަ މައުލޫމާތު ނުވަތަ އިންޑިކޭޓާސް ލިބިގެން ވެސް ހަމަލާދީފައި އެބަހުއްޓެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދޭ ޓެރަރިސްޓް ހަމަލާއަކީ މަދު ފަހަރެއްގައި މެނުވީ ސްޕެސިފިކް އިންޓެލިޖެންސް ލިބޭ ބާވަތުގެ ކަމެއް ނޫން ކަން ފާހަގަކޮށްފައިވެ އެވެ.

"މިފަދަ ހަމަލާއެއްގެ ކުރިން ސްމޯކިން ގަންއެއް ފެނުމަކީ ނާދިރު ކަމެކެވެ. މި އިންކުއަރީން މައުލޫމާތު ހޯދި އިންޓެލިންސާއި އޮޕަރޭޝަނަލް ދާއިރާގެ ތަޖުރިބާކާރުންގެ ރައުޔަކީ ވެސް މި އެވެ،" ރިޕޯޓުގައިވެ އެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި ނަޝީދަކީ ރާއްޖޭގައި އެންމެ ހައި ރިސްކް ބޭފުޅާ އެވެ. މިކަން ފާހަގަކުރަމުން ރިޕޯޓުގައި ބުނީ އަބަދުވެސް ތުރެޓް އޮތް ބޭފުޅެއް ކަން އަމިއްލަ އެސެސްމަންޓްތަކުން އެމްއެންޑީއެފުން ނިންމާފައިވާ އިރު، ތްރެޓް ލެވެލް 'ސަބްސްޓޭންޝަލް" އިން "ސިވިއަ"، އެއަށް ފަހު ކްރިިޓިކަލް އަށް މަތިކުރި އެވެ.

އޭގެ ފަހުން ވެސް އެމަނިކުފާނާ ގުޅޭ ގޮތުން އިންޓެލިޖެންސުން ބަލަން ޖެހޭނެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ލިބޭ ވަކި އެއް މައުލޫމާތުތަކުން ފުރިހަމަ މަންޒަރު ދެނެގަތުމަކީ ނާދިރު ކަމަށާއި ހަމަލާއެއް ދިނުމުގެ އިހުތިމާލު އޮތް ކަން ދެނެގަންނާނީ ލިބޭ އަދި ކުރިން އެކި ފަހަރުމަތިން ލިބިފައި ހުރި އެތައް މައުލޫމާތުތަކެއް ގުޅުވައިގެން ހަދާ އެނާލިސިސްއެއްގެ މައްޗަށް ބިނާކޮށް ކަން ފާހަގަކޮށްފައި އޮތެވެ. އެފަދަ އެސެސްމަންޓެއް ހެދުމުގެ މަސައްކަތަކީ ހަމައެކަނި މީހަކަށް ލިބޭ މައުލޫމާތެއް އެއްކުރުމުގެ އިތުރުން ކޮމްޕިއުޓަރައިސްޑް 'އިންޓެލިޖެންސް އެނަލިޓިކަލް ޓޫލްސް" ނުވަތަ ސޮފްޓްވެއާ ބޭނުންކޮށްގެން ކުރާ މަސައްކަތެއް ކަމަށް ރިޕޯޓުގައިވެ އެވެ.

މި އިންކުއަރީ އަށް ގަބޫލުކުރެވެނީ މޭ 6، 2021 ގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ދެނެގަނެވޭ މިންވަރަށް އިންޑިކޭޓާސް ނުވަތަ ފްލޭގް ވާންޖެހޭ ޒާތުގެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައި ހުރި ކަމަކަށެވެ،" -- ރިޕޯޓް

އެގޮތަށް ނިންމި ސަބަބު ވެސް ހިމަނާފައިވެ އެވެ.

އެއްކަމަކަށް އޮތީ ނަޝީދަށް ބަޔަކު ފާރަލީ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް އެނގިފައި ވުމެވެ. އެކަން ކަށަވަރުވަނީ އިންކުއަރީ އަށް މައުލޫމާތު ދިން މާހިރުންގެ ބަހުންނާއި އެމްއެންޑީއެފުން ފޮނުވާފައިވާ ލިޔެކިޔުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިންކުއަރީ އަށް މައުލޫމާތު ދެއްވަމުން، "ރައީސް ނަޝީދަށް ފާރަލާ މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބުނީ، ވަޑައިގަންނަވާ ތަންތަން ބަލާ ކަމުގެ މައުލޫމާތެއް" ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެފައިވާ ކަމަށް ވެސް އޮތެވެ.

ނަޝީދަށް އެކި ފަހަރުމަތިން ހަމަލާ އަމާޒުކުރަން އުޅުނު ކަމުގެ މައުލޫމާތުތަކެއް

ރިޕޯޓުގައި ބުނިގޮތުގައި ރާއްޖޭގެ ހައި ލެވެލް ޓާގެޓަކަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު 22، ޑިސެމްބަރު، 2020 ގައި އެމްއެންޑީއެފަށް ލިބިފައިވެ އެވެ. އަދި އެއާއެކު ހަރުކަށި ފިކުރުގެ ފަރާތްތަކުން ސާވައިލްކުރަމުންދާ ކަމުގެ މައުލޫމާތު ދީފައިވެ އެވެ. އޭރު އެމަނިކުފާނުގެ ތްރެޓް ލެވެލް ކްލެސިފައިކޮށްފައި އޮތީ "ސިވިއާ" ގަ އެވެ.

ދީނީ ހަރުކަށި ފިކުރުގެ ފަރާތްތައް ނަޝީދުގެ ހަރާކާތްތައް ބަައި ސެކިއުރިޓީ އޮންނަ ގޮތް އެސެސްކުރާ ކަމުގެ ނުވަތަ ދެނެގަތުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ވެސް އެމްއެންޑީއެފްގެ ތްރެޓް ލެވެލް އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއްދީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ އިންޓެންޝަން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފަރާތްތައް ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.

މީހަކަށް ފާރަލާނެ ސަބަބުތައް ރިޕޯޓުގައި ތަފްސީލްކޮށް ފާހަގަކޮށްފައިވާ އިރު ނަޝީދަށް ފާރަލާނެ ސަބަބަކަށް ވާނީ އެމަނިކުފާނަށް ހަމަލާއެއް ދޭން ތައްޔާރުވުން ކަަމަށް ރިޕޯޓުގައިވެ އެވެ.

ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް މަތިކޮށްފައިވާ އިރު އެއީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެ ކަަމަށް ބަލެވޭ ހާލަތަކަށް ވާ އިރު ނަޝީދަށް ފާރަލީ ބަޔަކު ނުހޯދުމުގެ ކަންބޮޑުވުން ރިޕޯޓުގައި އޮތެވެ. އެއާއެކު އެކަން ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައިވާ ކަމަކަށް ވެސް އިންކުއަރީން ގަބޫލެއް ނުކުރެ އެވެ.

ރިޕޯޓުގައި ދެން ބުނެފައިވާ ގޮތުގައި ނަޝީދަށް ފާރަލާކަން އެނގިގެން ބައެއް މީހުން ދުރަށް ލާފައި ވެސް ވެ އެވެ. އެގޮތުން ނަޝީދު ދިރިއުޅުއްވި ޔާގޫތު ގެ ކައިރީގައި 2020 ގައި ބަޔަކު ފާރަލާން ތިބޭ ކަން ސެކިއުރިޓީންނަށް ފާހަގަވެގެން އެތަނުން އެ މީހުންނަށް ދުރަށްލާފައިވެ އެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ނިންމުމާ އެކު އެކަން ފާސްކުރަން ވޯޓުދޭ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން އިރު ފުރަތަމަ ޓާގެޓަކަށް އޮތީ ނަޝީދު ކަން ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ރާވަމުންދާ ކަން 2019 ވަނަ އަހަރު، ޖަލުގައި ހުރި ހަރުކަށި ފިކުރުގެ މީހެއްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނެ އަމިއްލަ ފަރުދަކު ކޮށްފައިވާ ޓުވީޓެއް ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ފޭސްބުކް ޕޭޖެއް ކަމަށްވާ "އެންމެން އެކުގައި ދިވެހި" ނަމަކަށް ކިޔާ ޕޭޖަކުން ނަޝީދުގެ ބޮލަށް ވަޅިއެއް އަދި މެޔަށް ފުރޯއެއް ޖަހާފައިވާ ފޮޓޯއެއް ވެސް ޝާއިއުކޮށްފައިވާ ކަން އެންއެމްޑީއެފަށް ލިބިފައިވެ އެވެ.

"ދެހާސްވިހި ވަނަ އަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގައި މައުލޫމާތު ލިބިގެން ސެކިއުރިޓީ ހައި ކުރި ކަމަށް މި އިންކުއަރީ އަށް މައުލޫމާތު ލިބިފައިވެ އެވެ." ރިޕޯޓުގައިވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމާއި އެކަން ކުރަން ހަތިޔާރާއި އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފަށް ލިބިފައިވެ އެވެ.

މީގެ އިތުރުން ނަޝީދު އަވަހަރާކޮށްލަން ގޮވާލައި ވީޑިއޯއެއް އާއްމުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް އެމްއެންޑީއެފަށް ލިބުނު ކަމަށް ރިޕޯޓުގައިވެ އެވެ.

"ނޭނގި ހިނގި ކަމެއް ކަމަށް ގަބޫލުކުރަން ދަތި"

އިންކުއަރީ އަށް ވާހަކަ ދެއްކެވި ފުލުހުންގެ އިސްވެރިއަކު ވިދާޅުވެފައި އޮތީ ހަމަލާ ހިނގާފައި އޮތީ ނޭނގި ކަމަކަށް ގަބޫލުކުރަން ދަތި ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކޮންމެވެސް އެއް ހިސާބަކުން އެކަން އެކަން އޮތީ އެނގިފަ އެވެ.

"ކޮންމެވެސް އެއް މޭރަމަކުން މިފަދަ ކަމެއް ހިނގައިފާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އިންޕުޓުތަކެއް ކޮންމެވެސް ބޭފުޅުންނަށް ކުރީ ބައިގައި ލިބިވަޑައިގެން އޮވެ ހިނގާފައިވާ ހަމަލާއެއް މީ،" ރިޕޯޓުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox