ބޮން ގޮއްވަން އަދުހަމް ދިޔައީ ގަޑިއެއްހާއިރު ކުރިން، ދުވަސްކޮޅެއް ކުރިން ފާރަލާފައިވޭ: އިންކުއަރީ ރިޕޯޓް

އަދުހަމް: އޭނާ އަކީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މީހާ

އަދުހަމް: އޭނާ އަކީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މީހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ގަޑިއެއްހާ އިރު ކުރިން އަދުހަމް އަހުމަދު ރަޝީދު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އަދި އޭގެ ދުވަސްކޮޅެއް ނަޝީދަށް ފާރަލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި މިއަދު ބުނެފި އެވެ.

އަދުހަމްއަކީ ނަޝީދު ކާރުކޮޅާ އަރާހަމަވިތަނާ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި މީހާ އެވެ. އޭރޭ ނަޝީދުގެ ޝެޑިއުލްގައި އޮތީ، ބަނޑޮހުގައި އޮތް ތަރާވީހަކަށް ވަޑައިގަތުމެވެ. އެމަނިކުފާނު ކެނެރީގެއިން ނުކުންނަވައި މަޖީދީމަގުގައި އޮތް ކާރުކޮޅާ ހިސާބަށް ވަޑައިގަންނަވަންދެން އަދުހަމް އަތަމާ ޕެލަސް ގޯޅިތެރޭގައި ހުންނަތަން ފެންނަ ވީޑިއޯއެއް ވެސް ފުލުހުން އާއްމުކޮށްފައިވެ އެވެ.

އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން، އެ އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހްމަދު ރަޝީދު އެ ސަރަހައްދަށް ގޮސްފައިވެ އެވެ. -- ރިޕޯޓް

ހަމަލާ ދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓީ އެއް ދުވަސް ކުރިންނެވެ.

Advertisement

ރިޕޯޓުގައި ބުނީ ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ސައިކަލް ޕާކުކުރީ މެއި ފަސް ވަނަ ދުވަހުގެ ރޭ 8:01 ގައި ކަމަށެވެ. އޭގެ ފަހުން ޖެހިގެން އައި ރޭ 8:27 ގައި ބޮން ގޮއްވާލަން ދެން ސައިކަލް ހުރި ގޮތަށް އެތަނުގައި ހުރީ ކަމަށް ރިޕޯޓުގައިވެ އެވެ.

އެކި ފަހަރު މަތިން ފާރަލި، ނީލޯފަރު މަގުގައި ވެސް ހަރަކާތްތެރިވި

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން، އެއް ފަހަރަށް ވުރެ ގިނަފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ، ގ. ކެނެރީގެ ސަރަހައްދު ބަލާފައިވެ އެވެ.

އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގައެއް ހުޅުވަން އެމަނިކުފާނު ވަޑައިގެން އުޅުއްވަނިކޮށް ދުރުގައި ތިބެގެން ބަޔަކު އެމަނިކުފާނުގެ ފޮޓޯ ނަގައި ހަރަކާތްތައް ބަލައި ހަދާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ތިން މިލިއަން ޑޮލަރު ހުށަހަޅައި އެޑްވާންސް ދޭން މަޝްވަރާ!

ރިޕޯޓުގައި ބުނީ ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެމަނިކުފާނާ އަރިސް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަމަލާގެ ތިން ދުވަސް ކުރިން މެއި، ތިން ވަނަ ދުވަހެވެ. އޭނާގެ ރައްޓެއްސެއްގެ ފަރާތުން އެ މައުލޫމާތު ލިބިވަައިގަތުމާ އެކު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް އެންގެވި ކަމަށް ރިޕޯޓުގައިވެ އެވެ.

މާރިޔާއާ އެ ވާހަކަ އިލްޔާސް ހިއްސާކުރެއްވީ މެއި ހަތަރު ވަނަ ދުވަހު ފޯން ކޯލަކުންނެވެ. ހަމަލާދޭ މީހުންނަށް ހުށަހަޅާފައި ވަނީ ތިން މިލިއަން ޑޮލަރު ކަން މައުލޫމާތު ލިބިވަޑައިގެންފައި އޮތް ކަމަށް ވެސް އިލްޔާސް ވިދާޅުވި ކަމަށް ރިޕޯޓުގައިވެ އެވެ.

"ހަމަލާ ދޭ މީހުންނަށް ތިން މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައިވާ ކަމަށާއި އަދި އެޑްވާންސްގެ ގޮތުގައި އަގުގެ 50 އިންސައްތަ ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެ މައުލޫމާތު ދިން މީހާ ބުނެފައިވާ ކަމަށް ވެސް މެމްބަރު އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރު އަރިހުގައި ދެންނެވި އެވެ،" ރިޕޯޓުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox