އިންޑިއާއިން ނަގާފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރޯލްއޯވާކޮށްދީފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ރައީސް މުހައްމަދު މުއިއްޒު (ވ) -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ރައީސް މުހައްމަދު މުއިއްޒު (ވ) -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ސަރުކާރުން އެދިގެން މި ހިނގާ އޮކްޓޯބަރު 22، އަށް އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު އެ ގައުމުން ރަސްމީކޮށް ރޯލްއޯވާކޮށްދީފި އެވެ.

އެ ކަރަންސީ ސްވޮޕަކީ، އޮކްޓޯބަރު، 2024، ގައި ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕު މިދިޔަ އޭޕްރީލް މަހު ދިވެހި ސަރުކާރުން އަނބުރާ ދެއްކި ދުވަހު ބޭނުން ކުރަން ފެށި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެކެވެ. 

2024 އިން 2027 އަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ދަށުން، އިންޑިއާ ރޫޕީޒް ބޭނުންކޮށްގެން ހިންގާ މި ކަރަންސީ ސްވޮޕް އިންތިޒާމުގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައި ކަމަށް އެ ގައުމުން ބުންޏެވެ.

އިންޑިއާއިން ބުނީ 2012 ވަނަ އަހަރު މި އިންތިޒާމު ފެށީއްސުރެ، އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީތެރިކަން ކަރަންސީ ސްވޮޕްގެ ދަށުން ރާއްޖެއަށް ފޯރުކޮށްދީފައި ކަމަށެވެ. 

އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި 'މަހާސާގަރް' ތަސައްވުރުގެ ދަށުން ދިވެހިރާއްޖެއަށް ދެނީ ވަރަށް ހާއްސަ އިސްކަމެއް ކަމަށާއި ގާތް އަދި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި އިންޑިއާއިން ދެމިއޮންނާނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް އެ ގައުމުން ބުންޏެވެ. 

އިންޑިއާއިން ކަރަންސީ ސްވޮޕު ރޯލްއޯވާކޮށްދިންއިރު، މިދިޔަ ސެޕްޓެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެ ފައިސާ ދައްކަންޖެހުނީ، ދަރަނި ދެއްކުން ފަސްކޮށްދޭން އެދުނު އެދުންތައް ފެއިލްވުމުންނެވެ.

އެ ދަރަނި ދައްކަންޖެހުމުން ރިޒާވް ހުސްވެ، އަސާސީ ބޭނުންތަކަށް ހަރަދު ކުރަން ވެސް ފައިސާ ނުހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން ރިޒާވް "ދަށްވެފައި ހުރި" ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. 

އެންމެ ފަހުގެ ރިޒާވު ނަމްބަރުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވު 547.8 މިލިއަން ޑޮލަރަށް އަދި ބޭނުންކުރެވޭ ރިޒާވު ވަނީ 169.7 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. ނިމުނު މަހަކީ މި އަހަރުގެ ތެރޭގައި ރިޒާވު އެންމެ ދަށްވީ މަހެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox