ކޯސްޓުގާޑުން އަތުލައިގަތް ސޫތުކުޅީގެ 25 މަސްވެރިން ދޫކޮށްލަން އެހީވާން އިންޑިއާގެ މައި ސަރުކާރުގައި އެދިއްޖެ

އެހެން މައްސަލައެއްގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭރުގެ މަސްބޯޓުތަކެއް: މިހެން އަތުލައިގަންނަ ބޯޓުތަކުގައި ތިބޭ މީހުން ގިނަ ދުވަހު ބަންދުގައި ނުބައިތިއްބާ ޑީޕޯޓުކޮށްލާ  -- ފޮޓޯ: އެމްއެންޑީއެފް

އެހެން މައްސަލައެއްގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭރުގެ މަސްބޯޓުތަކެއް: މިހެން އަތުލައިގަންނަ ބޯޓުތަކުގައި ތިބޭ މީހުން ގިނަ ދުވަހު ބަންދުގައި ނުބައިތިއްބާ ޑީޕޯޓުކޮށްލާ -- ފޮޓޯ: އެމްއެންޑީއެފް

ދިވެހިން ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބުނާ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓުގެ ސޫތުކުޅިއަށް ނިސްބަތްވާ 25 މަސްވެރިން ދޫކޮށްލުމަށް އެ ގައުމުގެ މައި ސަރުކާރުގެ އެހީތެރިކަމަށް އެދި އެ ސްޓޭޓުގެ ޗީފް މިނިސްޓަރު އެދިއްޖެ އެވެ. 

އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ދަ ހިންދޫގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ކޯސްޓްގާޑުން ހައްޔަރުކުރި ސޫތުކުޅީގެ މަސްވެރިން މިނިވަންކުރުމަށް ބާރުއަޅައިދިނުމަށް އެދި ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ވިޖޭ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މި ސިޓީގައި ޗީފް މިނިސްޓަރު ވަނީ، ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް ދިވެހި ސަރުކާރާއެކު މަޝްވަރާކޮށްގެން، އެ މަސްވެރިންނާއި ބޯޓުތައް ވީ އެންމެ އަވަހަކަށް މިނިވަންކޮށް އަނބުރާ ގައުމަށް ފޮނުވާލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފަ އެވެ. 

މި މައްސަލައާ ގުޅިގެން އެމްއެންޑީއެފްއިން މިހާތަނަށް ބުނެފައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސްބޯޓު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަކި ގައުމަކަށް ނިސްބަތްވާ މަސްވެރިންތަކެއް ކަމަށް ސިފައިން ރަސްމީކޮށް ނުބުނެ އެވެ.

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި މި ބޯޓުތައް އަތުލައިގަތީ އަރިއަތޮޅުގެ ހުޅަނގުން ގާތްގަނޑަކަށް 170 ނޯޓިކަލް މޭލު ބޭރުންނެވެ.

އާންމު އުސޫލެއްގެ ގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަންނަ މައްސަލަތަކުގައި އަތުލައިގަންނަ ބޭރުގެ މަސްވެރިން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ނުބައިތިއްބަ އެވެ. އާންމު އުސޫލެއްގެ ގޮތުން ދިވެހި ސަރުކާރުތަކުން ކުރާ ކަމަކީ އެ މީހުން ޑީޕޯޓުކޮށްލުމެވެ.

މިހެން ނަމަވެސް މި މައްސަލައިގައި އަދި އެމްއެންޑީއެފްގެ ބަހެއް ނުލިބޭތީ އެންމެ ފަހުން އަތުލައިގަތް މަސް ބޯޓުތަކުގައި ތިބި މީހުންނާ މެދު އަމަލުކުރާ ގޮތެއް ނޭނގެ އެވެ. 

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox