ބެއިން ކެޕިޓަލްގެ ޓީއެމްއޭގެ ހިއްސާ ކާލައިލްއަށް ވިއްކާލައިފި

ޓީއެމްއޭގެ ފްލައިޓެއް: ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަނީ ޓީއެމްއޭގައި -- ފޮޓޯ: ހުސެއިން ޝަޔާޙް/އަދަދު

ޓީއެމްއޭގެ ފްލައިޓެއް: ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަނީ ޓީއެމްއޭގައި -- ފޮޓޯ: ހުސެއިން ޝަޔާޙް/އަދަދު

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގައި އޮތް ބެއިން ކެޕިޓަލްގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ފާމް، ކާލައިލް ގްރޫފަށް ވިއްކާލައިފި އެވެ.

ބެއިންއިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން ގްރޫޕުން ގަތީ، 2017 ވަނަ އަހަރު ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިގެން ހިންގި 500 މިލިއަން ޑޮލަރުގެ މުއާމަލާތެއްގަ އެވެ. ބެއިންއިން މި މުއާމަލާތް ފައިނޭންސް ކުރީ ކާލައިލް އާއި ބައެއް އެހެން ހެޖް ފަންޑުތަކުން ލޯނު ނަގައިގެންނެވެ.

ޓީއެމްއޭގެ ހިއްސާ ވިއްކާލަން ބެއިންއަށް މަޖުބޫރިވީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޓީއެމްއޭގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސް ކްރެޑިޓަރުންނަށް މި ލޯނުތައް އަދާނުކުރެވިގެންނެވެ.

މި މުއާމަލާތައް ފަހު ކާލައިލްގެ އިތުރުން ހެޖް ފަންޑް މެނޭޖްކުރާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑެވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓް އެލްޕީން ވަނީ ޓީއެމްއޭގެ ހިއްސާދާރަކަށް ވެފަ އެވެ. ބެއިން އަދި ޓެމްޕަސް ގްރޫޕުގެ މައިނޯރިޓީ ހިއްސާ ޓީއެމްއޭގައި ދެންވެސް އޮންނާނެ އެވެ.

މި މުއާމަލާތާ ގުޅޭ ހިސާބުތައް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް، މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ރޮއިޓާސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކާލައިލްއިން ޓީއެމްއޭގެ މެޖޯރިޓީ ގަންނަން އެއްބަސްވީ ޓީއެމްއޭގެ 300 މިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރަން އެއްބަސްވެގެންނެވެ. ބެއިންއިން ޓީއެމްއޭ ގަންނަން ހިންގި މުއާމަލާތުގެ އެންމެ ބޮޑު ކްރެޑިޓަރަކީ ކާލައިލް އެވެ.

ކާލައިލްއިން ބުނީ މެޖޯރިޓީ ހިއްސާދާރަކަށްވީ ނަމަވެސް ކުންފުނީގެ މެނޭޖްމަންޓް ޓީމަށް ބަދަލު ނުގެންނާނެ ކަމަށެވެ. ނަމަވެސް ކުންފުނީގެ އާ ހިއްސާދާރުންގެ މަންދޫބުންނާ އެކު ޓީއެމްއޭގެ ބޯޑު އަލުން އެކުލަވާލާނެ އެވެ. އަދި މި ބޯޑުގައި ޓީއެމްއޭގެ ފައުންޑިން ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ލާސް އެރިކް ނީލްސެން ހުންނާނެ އެވެ.

ޓީއެމްއޭ ގަންނަން ހިންގި މުއާމަލާތާ ގުޅިގެން ކާލައިލްގެ މެނޭޖިން ޑިރެކްޓަރު އިއަން ޖެކްސަން ބުނީ، ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމަ ކުރިޔަށް ދާނަމަ 2022 ވަނަ އަހަރުގެ ތެރޭގައި އާންމު ހާލަތަށް އެޅޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި އެހާތަނަށް ބައިނަލްއަގްވާމީ ދަތުރުފަތުރުތައް ވެސް އާންމު ހާލަތަށް އެޅޭނެ ކަމަށް ބެލެވެ އެވެ.

ކާލައިލް ގްރޫޕުގެ ދަށުގައި ހުރި މުދަލުގެ އަގު 245 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި ޓީއެމްއޭގެ މުއާމަލާތް ހިންގި އެ ކުންފުނީގެ ގްލޯބަލް ކްރެޑިޓް ޔުނިޓުގެ މެނޭޖްމަންޓުގެ ދަށުގައި ހުރި މުދަލުގެ އަގު 59 ބިލިއަން ޑޯލަރަށް އަރަ އެވެ.

ރާއްޖޭގައި 1989 ވަނަ އަހަރު އޮޕަރޭޝަންތައް ފެށި ޓީއެމްއޭ (އޭރު ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސް)އަކީ ރާއްޖޭގެ ޓޫރިޒަމުގެ ކުރިއެރުމުގައި މުހިއްމު ރޯލެއް އަދާކުރި، އަދި ޓޫރިޒަމުން އެންމެ ބޮޑު މާލީ މަންފާއެއް ލިބުނު ކުންފުންޏެކެވެ. ހެލިކޮޕްޓަރުން ހިދުމަތް ފެށި މި ކުންފުނީގައި މިއަދު 56 މަތިންދާބޯޓު އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox