ދެކުނު އޭޭޝިއާ ޓޫރިސްޓުންނަށާއި ވޯކް ވިސާ ހޯލްޑަރުންނަށް ބޯޑަރު ހުޅުވާލަނީ

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓަކު: ދެކުނު އޭޝިއާ ގައުމުތަކުން ޓޫރިސްޓުންނަށް އާދެވެނީ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށައަޅައިގެން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓަކު: ދެކުނު އޭޝިއާ ގައުމުތަކުން ޓޫރިސްޓުންނަށް އާދެވެނީ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށައަޅައިގެން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ޖުލައި 15 އިން ފެށިގެން ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ބޯޑަރުތައް ބަންދުކުރީ، ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގެ ގިނަ ގައުމުތަކުގައި ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެން މެއި, އެއް ވަނަ ދުވަހު އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މިއީ އެ ގައުމުތަކުގެ ކޮވިޑުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ. އަދި މިހާރު އޮތް ހާލަތުން އެ ދުވަހުން ފެށިގެން ދެކުނު އޭޝިއާ މީހުންނަށް އާދެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

Advertisement

ވޯކް ވިސާ ހޯލްޑަރުންނަށް ރާއްޖެ އާދެވެނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއް ތެރެއިން 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރާ ގޮތަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ވިސާ ލިބޭނީ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށައެޅުމުން ކަމަށެވެ. ޓޫރިސްޓުން ކަރަންޓީނުވާކަަށް ނުޖެހޭނެ އެވެ.

ރާއްޖޭގެ ބޯޑަރުތައް ދެކުނު އޭޝިއާއަށް ހުޅުވާލުމަކީ އިގުތިސޯދަށް، ހާއްސަކޮށް ޓޫރިޒަމް ސިނާއަތަށް، ކުރިއެރުމެއް ލިބޭނެ ކަމަކަށެވެ. އެގޮތުން، ރާއްޖެއަށް ގިނަ އަދަދަކަށް އިންޑިއާއިން ޓޫރިސްޓުން އަންނަމުން ދިޔަ ދުވަސްވަރެއްގައި ބޯޑަރު ބަންދުކުރުމުން ޓޫރިޒަމް އަދަދުތަކަށް ވަނީ އަސަރުކޮށްފަ އެވެ.

ޓޫރިޒަމް އަދަދުތައް ދަށަށް ދިޔަ ނަމަވެސް، މި އަހަރުގެ ތެރޭގައި ރާއްޖެއަށް ބައި މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. އަދި މިހާރުގެ ހާލަތުން އަހަރުގެ ތެރޭގައި ކަނޑައެޅި އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ސަރުކާރުން ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox