ސަރުކާރުން މީޑިއާތަކަށް ފިޔަވަޅު އެޅުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން ކަމަށް އެމްޖޭއޭއިން ބުނެފި

ޕްރެސް ބްރީފެއްގައި ނޫސްވެރިން ކެމެރާ ބަހައްޓާފައި: މީޑީއާތަކުގެ ބެލެނިވެރި ފަރާތަކީ މޯލްޑިވްސް މީޑިއާ ކައުންސިލް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ޕްރެސް ބްރީފެއްގައި ނޫސްވެރިން ކެމެރާ ބަހައްޓާފައި: މީޑީއާތަކުގެ ބެލެނިވެރި ފަރާތަކީ މޯލްޑިވްސް މީޑިއާ ކައުންސިލް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރަހީނުކުރުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ހުޅުމާލޭ މޫދުން ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ސަރުކާރުން މީޑިއާތަަކަށް ފިޔަވަޅު އެޅުމުން ނޫސްވެރިކަމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

މަރާލި ކުއްޖާގެ މައްސަލަ ރިޕޯޓް ކުރިއިރު މީޑިއާތަކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން މީޑިއާއެއް ޖޫރިމަނާކޮށް ބައެއް މީޑިއާތަކަށް އިންޒާރު ދީފައި ވަނީ މިއަދެވެ.

އެ މައްސަލައިގައި އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީޑިއާ ރެގިއުލޭޓް ކުރާނެ ބަޔަކު ގާނޫނުގައި ކަނޑައަޅާފައިވާއިރު އެއިން މުއައްސަސާއަކާ މަޝްވަރާ ކުރުމެއް ނެތި މީޑިއާއަށް ފިޔަވަޅު އެޅުމަކީ މައްސަލައެއް ކަމަށެވެ.

"ޖެންޑާ މިނިސްޓްރީއިން ފިޔަވަޅު އެޅި މީޑިއާތަކުން މި ޖަމިއްޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް އަދި އެއްވެސް ޒާތެއްގެ މުއާމަލާތެއް ވެސް މިނިސްޓްރީން އެ މީޑިއާތަކާ އެކު ކޮށްފައެއްނުވޭ،" އެ ބަޔާނުގައިވެ އެވެ.

ސަރުކާރުން އަމަލުކޮށްފައި ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފަށް ކަމަށް ވެސް ނޫސްވެރިންގެ ޖަމިއްޔާއިން އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އަދި ތަހުގީގެއް ކުރުމަކާ ނުލާ، ޖަވާބުދާރީވުމުގެ ފުރުސަތެއްވެސް ދިނުމެއް ނެތި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މި ޖަމިއްޔާއިން ބަލައިގަންނަ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ކަނޑައެޅިގެން ފުށުއަރާ، އަދި ދުނިޔޭގައި މިފަދަ މައްސަލަތަކުގައި އަމަލުކުރެވޭ 'ބެސްޓް ޕްރެކްޓިސް' ގެ އުސޫލުތަކާވެސް ހިލާފުވާ ކަމެއް،" އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން އެ މައްސަލައިގައި މީޑިއާ ކައުންސިލުން ވެސް ވަނީ ސަރުކާރު ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ކައުންސިލުން ބުނެފައި ވަނީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

މީޑިއާތަަކުގައި ޝާއިއުކުރާ ލިޔުންތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގެ އިހްތިސާސް ލިބެނީ މީޑިއާ ކައުންސިލަށް ކަމަށް ވީހިނދު، އެ ކައުންސިލުގެ މަޝްވަރާ ނެތި ފިޔަވަޅު އެޅުމުން މީޑިއާ ކައުންސިލުން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ.

"މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހްތިސާސް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމުގައިވީހިނދު، މި ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެކެވެ. އެހެންކަމުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން ވެސް ކުޑަކުދިންނާ ގުޅޭ ހަބަރުތައް ޝާއިއުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ފިޔަވަޅު އަޅާނެ އުސޫލުތައް އެކުލަވާލުމުގެ ބާރު އޮތީ އެ ކައުންސިލަށް ކަމަށެވެ.

މި މައްސަލައިގައި މީޑިއާތަކަށް ފިޔަވަޅުއެޅުމުގެ ކުރިން ޖެންޑާ މިނިސްޓްރީން އެއިން އެއްވެސް މީޑިއާއަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއް ނުދެ އެވެ. މިއީ ވެސް އިޖުރާއަތްތަކުގެ ބޭރުންކޮށްފައިވާ ކަމެއްގެ ގޮތުގައި މީޑިއާ ކައުންސިލުން ދެކެ އެވެ. އަދި، މިފަދަ މައްސަލަތަކުގައި ޖޫރިމަނާކޮށް އަދަބު ދިނުމަކީ ހައްލެއް ކަމުގައި ދެކިގެން އެގޮތަށް އަމަލުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

"މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް މި ކައުންސިލުން ނުދެކެމެވެ. އަދި މި ބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެ ކަމެކެވެ،" މީޑިއާ ކައުންސިލުން ބުންޏެވެ.

މަރާލި 13 އަހަރުގެ ކުއްޖާގެ ހަބަރު ރިޕޯޓް ކުރުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލާ ބައެއް މީޑިއާތަކުން ހިލާފުވެފައި ވެއެވެ. އަދި މިކަމާއި ގުޅިގެން މީޑިއާ ކައުންސިލުން ބޭއްވި ޖަލްސާއަަކަށް ފަހު ހަބަރުތަކުގައި ހުރި މައްސަލަތައް ދެނެގަތުމުގެ އެސެސްމަންޓެއް ހެދުމަށް އެ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި މި ވާހަކަތައް ކަމާބެހޭ ވުޒާރާތަކާއި ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

މީޑިއާ ކައުންސިލްގެ ބަޔާން ނިންމާލަމުން ބުނީ އެ ކައުންސިލުން މިކަމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު ގޮތެއް ނުނިންމަނީސް މީޑިއާތަަކަށް ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލަން ގޮވާލާފަ އެވެ. އަދި މައްސަލައެއް އޮވެއްޖެ ނަމަ މީޑިއާ ކައުންސިލަށް ހުށައަޅައިގެން ކުރިޔަށް ދާން އިލްތިމާސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox