ރާއްޖޭން އިޒްރޭލާ ވައިގެ ދަތުރުފަތުރު ގާއިމުކުރާ ވާހަކަ ދޮގުކޮށްފި

މިދިޔަ މެއި މަހު ފަލަސްތީނަށް އިޒްރޭލުން ލާއިންސާނީ ހަމަލާތައް ދެމުންދިޔަ އިރު، އިޒްރޭލު ބޯއިކޮޓް ކުރުމަށް ގޮވާލައި މާލޭގައި ދަމާފައިވާ ބެނާއެއް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ މެއި މަހު ފަލަސްތީނަށް އިޒްރޭލުން ލާއިންސާނީ ހަމަލާތައް ދެމުންދިޔަ އިރު، އިޒްރޭލު ބޯއިކޮޓް ކުރުމަށް ގޮވާލައި މާލޭގައި ދަމާފައިވާ ބެނާއެއް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖެ އާއި އިޒްރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކަމީނޯސް ނަމަކަށް ކިޔާ އިޒްރޭލުގެ ޓްރެވަލް ކުންފުންޏަކާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެެވެ.

އިޒްރޭލުން ރާއްޖެއަށް އަންނަން ޖެހެނީ ސީޝެލްސް ނޫނީ ދުބާއީ މަގުން ކަމަށްވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ހަތަރަކާ ދެމެދު ފަސް ފްލައިޓު ބާއްވާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލު ބުނެފައިވެ އެވެ.

ރިސޯޓް ޕެކޭޖުތަކާއެކު ދެކޮޅު ޓިކެޓުގެ އަގުތައް ކަނޑައަޅާފައިވާއިރު، އެ ދަތުރުތަކަށް ބޭނުންކުރަނީ ސީޝެލްސްގެ ގައުމީ އެއާލައިން، އެއާ ސީޝެލްސްގެ މަތިންދާ ބޯޓެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ހަގީގަތާ ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އަދި ރާއްޖެ އާއި އިޒްރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާކުރެވި، އެއްވެސް އެއާލައިނަކަށް ހުއްދަ ދެވިފައިވާ ނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާ ކަމަށާއި، އަދި އިޒްރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިނުވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ރާއްޖެ އާއި އިޒްރޭލުން 1965 ގައި އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި ސިޔާސީ ގުޅުން ގާއިމްކުރި އެވެ. އެކަމަކު ޕްރެޝަރު ބޮޑުވެ 1974 ވަނަ އަހަރުން ފެށިގެން އެ ގުޅުން އޮތީ ސަސްޕެންޑްކޮށްފަ އެވެ. ރާއްޖޭން ވަނީ 2014 ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފަ އެވެ.

ނަމަވެސް، އިޒްރޭލު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހުރަހެއް ނެތް އިރު، މިދިޔަ އޭޕްރީލް މަހާ ހަމައަށް މިއަހަރު 1،400 އެއްހާ އިޒްރޭލު ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އިރުމަތީ ގުދުސްގެ މައްސަލަ އަނެއްކާވެސް ހޫނުވެ، އިޒްރޭލުން ގާޒާއަށް ބޮން އަޅައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ވަނީ މަރުވެފަ އެވެ. އެ އުދުވާނު ހުއްޓާލުމަށް ގޮވާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ނުކުމެ ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox