އަސްލަމް ދެއްވި ޔަގީންކަން: "ހަމަލާގެ ހަގީގަތް ރަނގަޅަށް ހޯދުމުގައި ދުލެއް ނުދޭނަން"

241 ކޮމިޓީގެ ނިއުސް ކޮންފަރެންސެއްގައި އަސްލަމް ވާހަކަ ދައްކަވަނީ: ހަމަލާގެ ހުރިހާ  އިންކުއަރީގައި ބަލާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ/އަދަދު

241 ކޮމިޓީގެ ނިއުސް ކޮންފަރެންސެއްގައި އަސްލަމް ވާހަކަ ދައްކަވަނީ: ހަމަލާގެ ހުރިހާ އިންކުއަރީގައި ބަލާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6 ގައި އަމާޒުކުރި ހަމަލާގެ ހަގީގަތް ރަނގަޅަށް ހޯދުމުގައި 241 ކޮމިޓީން ދުލެއް ނުދޭނެ ކަމުގެ ޔަގީންކަން އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ރޭ ދެއްވައިފި އެވެ.

ނަޝީދަށް ދިން ހަމަލާއަށް މަހެއްވި އިރު އެކަމުގެ އަޑީގައި ތިބި މީހުންނާއި ފަންޑްކުރި މީހުން ނުހޯދުމުގެ ކަންބޮޑުވުންތަކާ އެކު އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ރޭ އެއްތަންވެ ވަނީ ތަހުގީގަށް ފާރަވެރިވާން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. މި ކޮމިޓީ އެކުލަވާލަން ހުށަހެޅި ގަރާރަށް ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ ކަންބޮޑުވުމަކަށް ވީ ތަހުގީގު ދިގުލައިގެން ދިއުމެވެ. އެކަމުގައި ދައުލަތުން ސީރިއަސްތޯ ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގު 241 ކޮމިޓީން އަންނަނީ ގާތުން ބަލަމުން ކަަމަށެވެ. އެ ތަހުގީގާއި ކޮމިޓީގެ އިންކުއަރީން ބަލަން ޖެހޭ ކަންކަން ހިމަނައިގެން ތަފްސީލް މައުލޫމާތު ހިމެނޭ ރިޕޯޓެއް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުން ވަނީ މި މައްސަލަ ބަލަމުންދާނެ ކަމުގެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާގެ މައުލޫމާތަށް އެމްޑީޕީގެ މެމްބަރުން އެދިވަޑައިގަތަސް އެ މައުލޫމާތު ދެވެން އޮންނަނީ ކޮމިޓީން ނިންމާ އުސޫލެއްގެ ތެރެއިންނެވެ. މިހާތަނަށް 241 ކޮމިޓީން ދެ ނިއުސް ކޮންފަރެންސް ބާއްވާފައިވާ ކަމަށާއި ހިނގަމުންދާ ތަހުގީގެއްގެ މައުލޫމާތު ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުގެ މައުލޫމާތު އާއްމުކުރެވެން އޮންނަ މިންވަރަށް ފުލުހުން އާއްމުކުރަމުން އެބަދެ އެވެ. އާއްމުކުރެވެން ނެތް މައުލޫމާތު 241 ކޮމިޓީގެ މެމްބަރުންނާ ހިއްސާ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ނީލޯފަރު މަގުން ހިންގަވާފައި، މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ނަޝީދަށް ދިން ހަމަލާއަކީ ހައްސާސީ، ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ކަމަށެވެ. އެކަން ތަކުރާރުވިޔަ ނުދޭން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އިތުރަށް ދަންނަވާލަން ބޭނުންވޭ، އަޅުގަނޑަށް ސީދާ އަމާޒުވެގެން ވެސް، ގައުމީ މަޖިލީހުގައި ނޫން ނަމަވެސް ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް ދަންނަވަން ބޭނުންވޭ 241 ކޮމިޓީން އަޅުގަނޑު އިސްނަގައިގެން މި މައްސަލަ ބަލަން ފެށީ."

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މި މައްސަލަ ކުރިއަށް ގެންދެވުމުގައި އެ އަޒުމުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ. އަސްލަމް އެދިވަޑައިގަތީ ތަހުގީގީ އިދާރާތަކާއި 241 ކޮމިޓީއަށް އެއްބާރުލުން ދިނުމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ އިގުރާރުވީ، މޭ ހައެއް ކޮމިޓީން، ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ތަހުގީގުތަކާ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންކަން ގާތުން ބަލައި ފާރަވެރިވުމަށެވެ.

އެ ގަރާރު ފާސްކުރީ ޖަލްސާގައި އެވަގުތު ތިއްބެވި 109 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާއިރު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ އަށް މެމްބަރުން ތިއްބެވި އެވެ.

އެ ކޮމެޓީގެ މަސައްކަތްތައް ހާމަ ކުރުމަށް ކޮންމެ ހަފްތާއަކު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox