އިލެކްޝަން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ހަސަން ޒަކަރިއްޔާ ހަމަޖައްސައިފި އެވެ.
ހަސަން ޒަކަރިއްޔާ މީގެ ކުރިން ހުންނެވީ އެކްޓިން އެސްޖީގެ މަގާމުގަ އެވެ.
އިލެކްޝަން ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.
އިލެކްޝަންސްގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައި މިވަނީ އެ މަގާމު ހުސްވެފައި އޮންނަތާ ތިން އަހަރު ފަހުންނެވެ.
އެންމެ ފަހުން ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވީ އެޑިޔުކޭޝަންގެ މިހާރުގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ.

އެސްޖީގެ މަގާމަށް ހަސަން އައްޔަންކުރިއިރު އޭނާ ވަނީ މި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވެފަ އެވެ.













