އެމްއެންޕީ އުފެއްދީ ރިޔާސީ އިންތިހާބަށް، ރައީސް ކަމުގެ ހުވާކުރާނަން: ނާޒިމް

އެމްއެންޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕާޓީގެ ހަރަކާތްތަކަށް ފަސޭހަ ކުރުމަށް މާލޭގައި ޖަގަހައެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި-- ފޮޓޯ: އަދަދު

އެމްއެންޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕާޓީގެ ހަރަކާތްތަކަށް ފަސޭހަ ކުރުމަށް މާލޭގައި ޖަގަހައެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި-- ފޮޓޯ: އަދަދު

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަށް ކަމަށް އެ ޕާޓީގެ ފައުންޑާ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ މިޝަންއަކީ ގާނޫނީ އިމުގެ ތެރެއިން އަދި ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މަސައްކަތް ކޮށްގެން ދިވެހިން އެދޭ ކަންކަން ހާސިލްކޮށްދިނުމެވެ.

ނާޒިމާއެކު އެ ޕާޓީގައި އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދެވެ.

Advertisement

ޕާޓީ އުފެއްދުމަށް ފަހު މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނީ ރާއްޖޭގައި މިވަގުތު އޮތް އެއްވެސް ސިޔާސީ ޕާޓީއަކުން ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ނުކުރާތީ ކަމަށާއި އެ ޕާޓީން މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ބަލައިގެން ކުރިއަށް ދިއުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް 2023 ވަނަ އަހަރާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. އަޅުގަނޑަށް އެބަ ފެނޭ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓެއް ހުވާކުރައްވާ މަންޒަރު." ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީއިން އިސްކަންދޭ މައިގަނޑު 10 އަސާސް

އިސްލާމީ ރިވެތި އަގީދާގައި ސާބިތުވެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ދެމެހެއްޓުން.

  • މުޖުތަމައުގައި ވަކި ފަރާތަކަށް ބުރަވެފައި ނުވާ މިނިވަން އަމިއްލަ ގައުމަކަށް ރާއްޖެ ހެދުން.
  • ކޮރަޕްޝަނުން އެއްކިބާވެފައިވާ ދައުލަތަކާއި ހިންގުމުގެ ނިޒާމެއް އަދި ރައްޔިތެއް ބިނާކުރުން.
  • ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމުކޮށް އިންސާފުވެރި ވެއްޓެއް ގާއިމް ކުރުން.
  • ކޮންމެ ދިވެހި ފަރުދަކަށް ހަމަހަމަ ފުރުސަތު ހޯދައިދީ ހައްގުތައް ކަށަވަރުކުރުން.
  • ދިރިއުޅުމަށް ހިތްފަސޭހަ ގެއެއް ކަށަވަރުކޮށްދީ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ ގައުމަކަށް ރާއްޖެ ހެދުން.
  • ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން މިނިވަންކަމާއެކު ވިޔަފާރިކުރެވޭނެ ސިނާއަތްތައް ފުޅާކޮށް ފަހިކޮށްދިނުން.
  • މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށް ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރުކޮށް، ގާނޫނު ތަންފީޒު ކުރާ އިދާރާތައް ބާރުވެރިކުރުވުން.
  • ރާއްޖޭގެ ވެށިގެ މުއްސަނދި ކަމަކީ އަމާނާތެއް ކަމަށް ދެކި އުމުރާނީ އަދި އިގްތިސޯދީ ތަރައްގީއަށް އިސްކަން ދިނުން.
  • ގައުމު ބިނާކުރުމުގައި އެންމެން ބައިވެރިކުރުވުމަށްޓަކައި ހުނަރުވެރި އަދި ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުން.

އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ނާޒިމްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އިންތިހާބަށް ޕާޓީން ވާދަކުރާނެ މީހަކު ނިންމާނީ ޕާޓީގެ މެމްބަރުން ކަމަށެވެ. އެގޮތުން، އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި ޕާޓީގެ ޓިކެޓް ހޯދުމަށް އެތެރޭގެ ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެ ޕްރައިމަރީގައި އޭނާ ވެސް ވާދަ ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެ ޕާޓީން 2023އަށް ކުރަމުން ގެންދާ ކަންތައްތަކުގެ ތެރޭގައި ނާޒިމް ފާހަގަ ކުރެއްވީ މެންބަޝިޕް އިތުރުކުރުމުގެ މަސައްކަތާއި ޕާޓީގެ ހަރަކާތްތަކަށް ފަސޭހަ ކުރުމަށް މާލޭގައި ޖަގަހައެއް ވަރަށް އަވަހަށް ހުޅުވަން ނިންމާފައިވާ ކަމެވެ. އަދި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޖަގަހަ ހަދާ، ގޮފިތައް ހަދާ އެކިއެކި މަގާމުތަކަށް މީހުން އިންތިހާބު ކުރުން ހިމެނޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ ފަލްސަފާއެއްގެ މައްޗަށް އޮންނަ ޕާޓީއެއް ކަމަށެވެ. އެ ފަލްސަފާއަކީ، ހުޅުވާލެވައިފާ އިގުތިސޯދީ ފަލްސަފާ އާއި، ދީނުގެ މެދުމިންވަރު ގަބޫލު ކުރުމާއި ސެންޓާ ރައިޓް ވިސްނުމެއް ގެންގުޅުން ކަމަށެެވެ.

އެގޮތުން އެ ޕާޓީ ވެގެންދާނީ ސިޔާސީ މައިދާނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް އޮތުން ހޯދައިދޭ ޕާޓީ އަކަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެ ޕާޓީއަށް ގުޅެން ޖެހޭ ސަބަބެއް ކަމަށް ނާޒިމު ވިދާޅުވީ އެ ޕާޓީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީއަކަށް ނުވާނެތީ ކަމަށެވެ. އަދި އެމްއެންޕީ އަކީ ދިވެހި ރައްޔިތުންނަށްޓަކައި އުފައްދާ ޕާޓީއަކަށް ވާތީވެ، ހުރިހާ ރައްޔިތުން އެ ޕާޓީއާ ގުޅުމަށްވެސް ނާޒިމް ވަނީ ދައުވަތު ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox