އިންކުއަރީއާ ގުޅުވައި ޒަމީލްގެ މައްސަލަ ބެލުމުން 241 ކޮމިޓީގެ މުގައްރިރު ކަންބޮޑުވެއްޖެ

މީގެ ކުރިން 241 ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީގެ ކުރިން 241 ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ ގޮތުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް މައުލޫމާތު ނުދިންކަމަށް ބުނެ ސުލޫކީ މައްސަލައެއް ބެލުމުން، އެ އިންކުއަރީ ކުރިއަށް ގެންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ރޭގެ ވަގުތެއްގައި ހުށަހެޅުނީ ސީދާ ނަޝީދު އަންގަވައިގެންނެވެ.

ނަމަވެސް، އެ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ބައެެއް މެމްބަރުންގެ ވެސް ތާއީދާ އެކު އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ ތެރޭގައި ކޯޅުން ވަނީ ވަރަށް ބޮޑުވެފަ އެވެ.

އިންކުއަރީއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް 241 ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީލްގެ މައްސަލައާ ގުޅުވައި "އަދަދު"ގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކޮމިތީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެކަން ކުރިއަށް ގެންދިޔަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން، އަސްލަމް ވިދާޅުވީ ސުލޫކީ މައްސަލައާ ބެހޭ މާ ތަފްސީލީ މައުލޫމާތެއް މެމްބަރުންނަށް ނުދީ، ރޭގެ ވަގުތެއްގަ އިމްތިޔާޒް ކޮމިޓީއަށް ސުލޫކީ މައްސަލައެއް ހުށަހެޅިގެން ދިޔުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށެވެ.

ހާއްސަކޮށް 241 ކޮމިޓީއަށް ވަކި ވުޒާރާއަކުން މައުލޫމާތު ނުދިންކަމަށް ބުނެ އެ މައްސަލަ ހުށަހެޅިގެން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގަ މިފަދަ ކަންކަން މިހެން ހިނގާކަމަށް ވަނީ ނަމަ އޭގެ އަސަރު އިންކުއަރީއަށް ކުރާނެ ކަމަށް ގަބޫލުކުރެވެނީ. އަޅުގަނޑު އެދެނީ މި އިންކުއަރީއަށް ފަހިވާ ގޮތަށް ހުރިހާ ކަންކަމެއް ހުރިހާ ބޭފުޅުން ވެސް ކުރެއްވުން،" އަސްލަމް ވިދާޅުވި އެވެ.

ރޭ ހިނގާދިޔަ ކަންކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސްގެ އިތުރުން 241 ކޮމިޓީގައި ވެސް އިންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވެސް މަޝްވަރާ ކުރެއްވި ކަމަށް އަސްލަމް އިތުރަށް ވިދާޅުވި އެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޓީން ބެލުމަށް ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރަކު ހުށަހެޅި ނަމަވެސް، އެ ހުށަހެޅުން ފާހެއް ނުވި އެވެ. އޭގެ ބަދަލުގައި ފާސްވީ، މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

އެ މެންބަރުގެ ހުށަހެޅުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވީ، އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ.

މމމ
މމމ

މީގެ ކުރިން 241 ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޒަމީރުގެ މައްސަލަ ސުލޫކީ ކޮމިޓީން ބޭރުކޮށްލީ، އަލިފުށީ ދާއިރާ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްކޮށް ހުންނަވައިގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އަދި އެ މައްސަލަ ބޭރުކޮށްލުމުން ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައި، މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރަށް ވެސް އީވާ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ފާޑުވިދާޅުވެފަ އެވެ.

ސިފައިން އެއްބާރުލުން ދޭ، ސަރުކާރުން ނުފޫޒު ނުފޯރުވާ

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހްމަތުކޮށް، ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އޭނާ ކަމަށް ވާތީ އެވެ.

ނަމަވެސް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީއަށް ސިފައިންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށާއި، މައުލޫމާތު ނުދީގެން އެފަދަ ސުލޫކީ މައްސަލައެއް އަދި ފާހަގަވެފައިނުވާ ކަމަށެވެ.

"ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް ވެސް ކޮމިޓީއަށް މައުލޫމާތު ދެއްވުމަށްފަހު ސިފައިންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި،" އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީން 40 އެއްހާ ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ކުރިން އަޑުފެތުރުނު ނަމަވެސް، އަސްލަމް މިއަދު ވިދާޅުވީ ކޮމިޓީން ފުރަތަމަ އެކުލަވާލި ލިސްޓުގައި އޮތީ 29 ބޭފުޅެއް ކަމަށެވެ.

އެކަމަކު ކޮމިޓީއަށް ހާޒިރުކޮށް ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެ ލިސްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި ކޮމިޓީން ހާޒިރުވާން އެންގި އެއްވެސް ބޭފުޅަކު މިހާތަނަށް ކޮމިޓީއަށް ހާޒިރުވާން ދެކޮޅު ހަދާފައިނުވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ސިފައިންގެ ތެރެއިން ވިޔަސް އަދި އެހެން އިދާރާއަކުން ވެސް އިންކުޔަރީއަށް މައުލޫމާތު ދޭން ދެކޮޅު ހަދައިފި ނަމަ އެކަމާ މެދު ކޮމިޓީން މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

ނަމަވެސް، އެފަދަ ހާލަތެއް އަދި ކުރިމަތިވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންކުއަރީއަށް ސަރުކާރުގެ ތެރެއިން ހުރަސްއަޅަން މަސައްކަތް ކުރާކަމަށް އެމްޑީޕީގެ ތެރޭގައި ތުހުމަތުތައް ބަދަލުކުރެވެމުންދާ ދިޔުމަށް ވެސް އަސްލަމް މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.

އެގޮތުން، މިހާތަނަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް އެއްބާރުލުން ލިބެމުންދާ ކަމަށާއި، އިންކުއަރީއަށް ހުރަސް އަޅައި ނުފޫޒު ފޯރުވަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާކަމަށް އަސްލަމް ވިދާޅުވި އެވެ.

"ސީދާ ރައީސް ސޯލިހު ވެސް އެންކުޔަރީ ރަނގަޅަށް ކުރިއަށް ގެންދަން އެދިވަޑައިގެންފައިވަނީ. ސަރުކާރުގެ އެއްވެސް އިދާރާއަކުން މި މަސައްކަތަށް ހުރަސް އަޅަން މަސައްކަތެއް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނެތް،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox