އެނދި ފައިސާތަކަށް ބަދަލު ލިބޭނެ

ބިދޭސީ މީހާގެ ފައިސާތައް އެނދުމުން ހިތާމައިގައި: އެނދި ފައިސާތައް ބަދަލު ކޮށްދޭން އެމްއެމްއޭން ވަނީ ނިންމައިފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ބިދޭސީ މީހާގެ ފައިސާތައް އެނދުމުން ހިތާމައިގައި: އެނދި ފައިސާތައް ބަދަލު ކޮށްދޭން އެމްއެމްއޭން ވަނީ ނިންމައިފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ބޮލުގައި އަތް އަޅާލައިގެން، ގޮސް ހުސްވެ ސުހެއިލް އެ ހުރީ އޭނާގެ އެތައް ބުރަ މަސައްކަތަކުން ހޯދި ފައިސާކޮޅު އަނދައިގެން ދިޔުމުންނެވެ.

"އެއީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެއް، ގައުމުގައި ތިބި އޭނާގެ އާއިލާގެ މީހުން ދިރިއުޅުން ރަނގަޅު ކުރުމަށް އަބަދުވެސް ފައިސާ ހޯދައިގެން ފޮނުވޭތީ އޭނާ ބަލާނެ،" ހއ. ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހޯރަފުށީގައި އިއްޔެ ސުހައިލް ދިރިއުޅޭ ރޯށަނީއާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އޭނާ ފައިސާ ރައްކާކޮށްގެން ގެންގުޅޭ ފޮށީގައި އަލިފާނުގެ އަސަރުކުރިއިރު އޭގައި ބޮޑިއަކަށް ރައްކާކޮށްފައި ހުރި ފައިސާތަކުގެ ބައެއް ވަނީ އަނދައިގެން ގޮސްފަ އެވެ.

އެއީ، އޭނާ ރައްކާކޮށްގެން ގެންގުޅުނު 5،340 ރުފިޔާ އެވެ. ގިނައީ 100 އިގެ ނޫޓެވެ.

އޭނާ އެކަނި ދިރިއުޅެމުންދާ އެ ގޭގައި އަލިފާން ހިފި ގޮތެއް ސާފެއް ނުވެ އެވެ. އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ބަޔަކު ތުހުމަތު ކުރާއިރު، މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

"މައްސަލަ މިދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހް، "އަދަދު" އަށް ވިދާޅުވި ގޮތުގައި، އެ ހާދިސާގައި އެ ގޭގެ ހިފާ ގެންގުޅޭ ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

"ރޭޑިއޯ ވެސް ބާލީސް ވެސް އެނދުވެސް ފަންކާ ވެސް ވަނީ ވަރަށް ބޮޑަށް އަނދާފައި،" އޭނާ ވިދާޅުވި އެވެ.

ހާދިސާއިން ލިބުނު ފުން ހިތާމަ އާއި މާޔޫސްކަމުގައި ސުހެއިލް ހުއްޓައި އެކަން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލު ކަމަށް އަޔެވެ. އޭނާގެ ބުރަ މަސައްކަތުން ހޯދި ފައިސާތައް އަނދައި، އެކަމާ ހިތާމަކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެއާއެކު، އޭނާއަށް އެހީވުމަށާއި އެ ފައިސާތައް އަނބުރާ އޭނާއަށް ލިބޭނެ ގޮތެއް ހޯދައިދިނުމަށް ގިނަ ބަޔަކު އެދެމުން ދިޔަ އެވެ.

"އޭނާއަށް އެހީވާން ޖެހޭ، އެ ފައިސާތައް އަނބުރާ ލިބޭނެ ގޮތެއް ސަރުކާރުން ހަދައިދޭނެ ކަމަށް އުއްމީދު ކުރަން،" އާންމުވި ފޮޓޯތަކަށް މީހަކު ކޮމެންޓް ކޮށްފައިވެ އެވެ.

ހިތްދަތިކަމުގައި ހުރި ސުހެއިލަށް މިހާރު ވަނީ ހިތްހަމަޖެހުމެއް ލިބިފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ މެނޭޖާ މުހައްމަދު ނާސިހް ވިދާޅުވި ގޮތުގައި، ފައިސާ ބަދަލު ކުރަން ފޯމު ހުށަހެޅުމުން ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން އެ ފައިސާތައް ބަދަލު ކޮށްދޭނެ އެވެ. އެކަމަށް އިތުރު ފީއެއްވެސް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓާއި ފައިސާ ފޮއްޗަށް ބަދަލުދިނުމާބެހޭ ގަވައިދު ބުނާ ގޮތުން އަލިފާނުގެ ހާދިސާއަކުން ނުވަތަ ގުދުރަތީ ހާދިސާއަކުން ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ އުނިވެފައިވާ ބައި އެކީގައި ނެތިގެން ގޮސްފައިވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ވަރުގެ ހެކި ލިބިފައިވާ ނަމަ، އެ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ ސިއްކައިގެ އަގު ދެވޭނެ އެވެ.

ބިދޭސީ މީހާގެ ފައިސާތައް އަނދާފައި: ބަދަލުގައި އާ ފައިސާތަކެއް ދެނީ-- ފޮޓޯ: ސޯޝަލް މީޑިއާ
ބިދޭސީ މީހާގެ ފައިސާތައް އަނދާފައި: ބަދަލުގައި އާ ފައިސާތަކެއް ދެނީ-- ފޮޓޯ: ސޯޝަލް މީޑިއާ

ބިދޭސީ މީހާގެ ފައިސާތައް އަނދާފައި: ބަދަލުގައި އާ ފައިސާތަކެއް ދެނީ-- ފޮޓޯ: ސޯޝަލް މީޑިއާ

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox