އަސްކަރިއްޔާ ބަދުނާމު ކުރާތީ އިދިކޮޅުން ކަންބޮޑުވެއްޖެ

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އަށް ސެކިއުރިޓީ ދިނުމުގެ ތަފްސީލީ މައުލޫމާތުތަކެއް ހާމަވި މައްސަލާގައި މުޅި ދިފާއީ ބާރު ބަދުނާމު ކުރާތީ އިދިކޮޅުން މިއަދު މަޖިލީހުގައި ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އެ މައްސަލަ މިހާރު އަންނަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ބަލަމުންނެވެ.

ނަމަވެސް، އެކަމާ މެދު މަޖިލީހުގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތުމުން، ރިޔާސަތުން ވަނީ މަޖިލީހުން ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފަ އެވެ.

Advertisement

އެކަމާ ގުޅިގެން މަޖިލީހުގައި މިހާރު ކުރިއަށްދާ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ މައްސަލަ އެހެން މިސްރާބަކަށް އަނބުރާލަން ހިންގާ "ޕްރޮޕަގެންޑާ"އެއް ކަމަށް ވިދާޅުވެ، ދިފާއީ ބާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތަކާ ގުޅޭ އެފަދަ މައުލޫމާތެއް ހާމަވުމަކީ ކަންބޮޑުވާންޖެހޭ ކަމަށެވެ.

ނަމަވެސް، އެ މައުލޫމާތު ޝާއިއު އާޓިކަލުގެ ބައެއް އިބާރާތްތަކަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެ މައުލޫމާތު ނޫހަށް ދިނީ ސީދާ ދިފާއީ ބާރުގެ ތެރެއިންގެ ބަދަލުގައި އެ މައުލޫމާތުތައް ހިއްސާކުރާ ދެވަނަ ނޫނީ ތިންވަނަ ފަރާތަކުން ކަމަށް ދޭހަވާ ކަމަށެވެ.

"މިއީ އަސްކަރިއްޔާ އިން ހާމަކުރި މައުލޫމާތަކަށް ވުރެ ބޮޑަށް، އެ މައުލޫމާތު ރިޕޯޓުކުރާ ދެވަނަ ނޫނީ ތިންވަނަ ފަރާތަކުން ހާމަކުރި މައުލޫމާތެއްކަން ވަރަށް ބޮޑަށް ބެލެވޭ،" ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން، މިފަދަ މައުލޫމާތެއް ހާމަވެގެން ދިޔުމުން، މުޅި އަސްކަރިއްޔާ ބަދުނާމު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އަދި މި މައުލޫމާތު ހާމަކޮށްފައިވަނީ އަސްކަރިއްޔާގެ ތެރެއިން އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ކޮންމެވެސް ސިޔާސީ ބޭފުޅެއް ކަމަށް އޭނާ ތަކުރާރުކޮށް ތުހުމަތު ކުރެއްވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެ މައުލޫމާތު ހާމަވި ގޮތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިސްވެ ތަހުގީގު ކުރައްވައި، އެކަން ކުރި ބަޔަކަށް ފިޔަވަޅު އެޅެންޖެހޭ ކަމަށެވެ.

މީގެ އިތުރުން، މި ސަރުކާރުން ދިވެހި އަސްކަރިއްޔާ ސިޔާސީ ކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިހެން ކަންކަން ވެގެންދިޔައީމާ މުޅި އަސްކަރިއްޔާ ބަދުނާމު ކުރުމުގެ ބަދަލުގައި، އަޅުގަނޑު ދެކޭ ގޮތުގައި ޑިފެންސް މިނިސްޓަރު ޖެހޭނީ ޑިސިޕްލިނަރީ ފިޔަވަޅު އަޅުއްވަން. މައްސަލަ ތަހުގީގު ކުރައްވަން،" އެކަން ނުކުރާނަމަ މިފަދަ މައްސަލަތައް ހައްލުނުކުރެވޭނަކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމުގައި އެ ހަބަރުގެ މަސްދަރު ހާމަކުރަން ކޮމިޓީން މަސައްކަތްކޮށްފާނެތީ މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ނަމަވެސް، މަސްދަރު ހާމަކުރުވަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވެސް ދެއްވާފައިވާއިރު، މިއަދުގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެމްބަރުން ވެސް އެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.

"މިހާރު" ނޫހުގެ އެ ހަބަރުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި ހިލާފަށް ހަބަރާއި މައުލާމާތު ހިމަނާފައިވޭތޯ ބަލަން މީޑިޔާ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox