ބްލެއިކްމެއިލްކުރާތީ ކުއްޖަކު ޑިޕްރެޝަނަށް، ފިޔަވަޅު ނޭޅި ނުވަ މަސް!

އަންހެން ކުއްޖަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގު ކުރަމުން އަޔަސް އެކަން ވަނީ ދިގުލައިގެން ގޮސްފައި. - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އަންހެން ކުއްޖަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގު ކުރަމުން އަޔަސް އެކަން ވަނީ ދިގުލައިގެން ގޮސްފައި. - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާގެ ފޮޓޯތައް ލީކުކުރާނެ ކަމަށާއި ގްރޫޕެއް ފޮނުވައި ރޭޕްކުރާނެ ކަމުގެ އިންޒާރުތައް ދެމުންދާތާ ނުވަ މަސްވެ، 17 އަހަރުގެ ކުއްޖަކު ނަފްސާނީ ބައްޔަށް ހުށަހެޅިފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.

ފުލުހުންނަށް މި މައްސަލަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވިޔަސް އެކަށީގެންވާ ފިޔަވަޅެއް ނޭޅި އަންހެން ކުއްޖާއަށް ތަކުރާރުކޮށް އިންޒާރު ދެމުންދާ ކަމުގެ ކަންބޮޑުވުން އާއިލާ އިން ވަނީ ސޯޝަލްމީޑިއާގައި ފާޅުކޮށްފަ އެވެ. މިއާއެކު ގިނަ ބައެއްގެ ނުރުހުން މި މައްސަލައިގައި އަމާޒުވުމުން ފުލުހުން މިއަދު ބުނީ މައްސަލައިގެ ތަހުގީގަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ފުލުހުން އާއްމުކުރި މައުލޫމާތުން އެނގެނީ ސެޕްޓެމްބަރު މަހު ހުށަހެޅި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމެވެ.

"މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ދައުވާކުރުމަށް ފޮނުވުމަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާތަކަށް ފުލުހުން މި މެސެޖް ފޮނުވީ، އަންހެން ކުއްޖާއަށް ތަކުރާރުކޮށް ބްލެކްމެއިލްކުރަމުންދާ މައްސަލަ ހައްލު ނުވެގެން ސޯޝަލްމީޑިއާގައި އެ ވާހަކަ ލިޔެ ކަންބޮޑުވުންފާޅުކުރަމުން ދާތީ ނޫސްވެެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އަންހެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.

ސޯޝަލްމީޑިއާގައި އެ ކުއްޖާގެ ދައްތައަކު ވަނީ މި މައްސަލަ ދިގުލައިގެންދާތީ ނުރުހުންފާޅުކޮށްފަ އެވެ. އޭނާ ޓްވިޓާގައި ހިއްސާކޮށްފައިވާ ފޯނު ކޯލް ރިކޯޑިންތަކާއި ޗެޓްގެ ސްކްރީން ޝޮޓުތަކުން އެނގޭ ގޮތުގައި ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް ވެސް އަންހެން ކުއްޖާއަށް ވަނީ އިންޒާރުދީފަ އެވެ.

ބްލެކްމެއިލް ކުރަމުންދާ އުމުރުން 24 އަހަރުގެ މީހާއާ، އަންހެން ކުއްޖާ ރުޅިވި ހިސާބުން އިންޒާރުތައް ދޭން ފެށި ކަމަށާއި، ބައެއް ފޮޓޯތައް ވެސް ލީކްކޮށްލާފައިވާ ކަމަށް ދައްތަ ބުނެފައިވެ އެވެ. އަދި އެ ކުއްޖާ މާލެ އަތުވެއްޖެ ނަމަ ގްރޫޕެއް ލައްވައި ރޭޕްކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މި އިންޒާރުތައް ކެނޑިނޭޅި ލިބެމުންދާތީ ނަފްސާނީ ގޮތުން ވެސް އެ ކުއްޖާއަށް އެތައް އަސަރެއްކޮށްފައިވާ ކަމަށް ދައްތަ ބުނެފައިވެ އެވެ.

"ކުއްޖާގެ އަބުރު ވަނީ ނަގާލާފައި، އޭނާ ވަނީ ޑިޕްރެޝަންއަށް ގޮސްފައި،" ދައްތަ ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި، އެ ކުއްޖާގެ ފޭކް ސޯޝަލް މީޑިއާ އެކައުންޓްތައް ހަދައިގެން ވެސް ބަދުނާމު ކުރުމަށް އެ މީހާ ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެކި ނަންބަރުތަކުން ގުޅައި، ހަޑިހުތުރު ބަހުން އިންޒާރު ދެމުންދާ ކަމަށެވެ.

"ކައިވެނި ކުރިޔަސް، އުފަލުގައި ދުވަހަކު ވެސް ނޫޅެވޭނެ ކަމުގެ އިންޒާރު ވަނީ ދީފައި،" ދައްތަ އާންމުކުރި ސްކްރީން ޝޮޓުތަކުން އެނގެ އެވެ.

މި މައްސަލަ ތަހުގީގު ނުނިމި، ނުވަ މަސް ވެގެން ގޮސްފައިވާއިރު، މިހާތަނަށް ފިޔަވަޅެއް އެޅިފައިނުވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox