އެމްއެންޔޫގެ ނަރުސްކަން ދަސްކުރާ ދަރިވަރުން ކޮވިޑް ފެސިލިޓީތަކަށް ނުކުމެއްޖެ

އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ސީރޯޕްރިވޭލަންސް ސްޓަޑީއަށް މީހެއްގެ ސާމްޕަލް ނަގަނީ: އެ ޔުނިވާސިޓީން އަންނަނީ ކޮވިޑް ރެސްޕޮންސްގެ އިސްސަފުގައި ހަރަކާތްތެރިވަމުން -- ފޮޓޯ: އެމްއެންޔޫ

އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ސީރޯޕްރިވޭލަންސް ސްޓަޑީއަށް މީހެއްގެ ސާމްޕަލް ނަގަނީ: އެ ޔުނިވާސިޓީން އަންނަނީ ކޮވިޑް ރެސްޕޮންސްގެ އިސްސަފުގައި ހަރަކާތްތެރިވަމުން -- ފޮޓޯ: އެމްއެންޔޫ

ކޮވިޑް ހާލަތު އިންތިހާއަށް ގޯސްވެ ސިއްހީ ހިދުމަތްތެރިންނަށް ޖެހިފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ނަރުސްކަން ދަސްކުރާ ދަރިވަރުން ހިލޭސާބަހަށް ހިދުމަތަށް ނުކުމެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑުގެ ތިންވަނަ ރާޅެއް އައިސް ރެކޯޑް އަދަދަކަށް ބަލި ފެތުރޭތީ ސިއްހީ ދާއިރާއިން ހިދުމަތްތެރިން ނުކުތުމަށް ސަރުކާރުން ގޮވާލީ މި މަހުގެ ކުރީކޮޅު އެވެ. އެ ގޮވާލުމަށް އިޖާބަދީ އެމްއެންޔޫގައި ކިޔަވާ 136 ނަރުހަކު އަންނަނީ ކޮވިޑް ފެސިލިޓީތަކުގައި ހިދުމަތް ދެމުންނެވެ.

އެމްއެންޔޫގެ ދަރިވަރުންނާއި ސްޓާފުން އަންނަނީ މި ބަލިމަޑުކަން ރާއްޖެއިން ފެނުނު ދުވަހުން ފެށިގެން އިމާޖެންސީ ރެސްޕޮންސްގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ.

އެ ޔުނިވާސިޓީން ބުނީ މާޗު 2020 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމްއެންޔޫގެ 1026 ދަރިވަރުންނާއި 323 މުވައްޒަފުން ހިމެނޭ ގޮތަށް 1349 މީހުން ވޮލިންޓިއާ ކުރި ކަމަށެވެ. އަދި މާލެ އާއި އަތޮޅުތަކުގެ އިމާޖެންސީ ސެންޓަރުތަކާއި ޓާސްފޯސްތަކުގައި ފްރަންޓްލައިން އެހީތެރިންގެ ގޮތުގައި ބައިވެރިވި އެވެ.

އެމްއެންޔޫގެ ވޮލިންޓިއަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ދަރިވަރުންނާއި މުވައްޒަފުން ހަރަކާތްތެރިވީ ކާބޯ ތަކެތި ފޯރުކޮށް ދިނުމުގަ އާއި އެހެނިހެން ގޮތްގޮތުން ހިލޭ ސާބަހަށް މަސައްކަތްކޮށް ދިނުމުގަ އެވެ. އެ މަސައްކަތުގައި ޔުނިވާސިޓީގެ 402 ދަރިވަރަކާއި 52 މުވައްޒަފަކު ހަރަކާތްތެރިވި އެވެ.

ދެން އެންމެ ގިނަ ވޮލިންޓިއަރުން ހަރަކާތްތެރިވީ މާލެ އާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ނަރުހުންނާއި މުވައްޒަފުންނާއި ކްލިނިކްތަކާއި އަދި މެޑިކަލް ޓީމްތައް ކޮވިޑް-19 ތައްޔާރުވުމަށް ތަމްރީން ދިނުމުގަ އެވެ. އެ މަސައްކަތުގައި 370 ދަރިވަރުންނާއި 12 މުވައްޒަފުން ހަރަކާތްތެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox