ފާހާނާގައި ފިސްތޯލަ ބޭއްވި ސިފައިންގެ މީހާ ޑިއުޓީން އެކަހެރިކޮށް މައްސަލަ ޕޮލިހަށް

އެމްއެންޑީފުން މާލޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދެ އޮފިސަރަކު ޑިއުޓީގައި: އޭޑީކޭ ފާހާނާ ތެރޭގައި ފިސްތޯލައެއް ބޭއްވީ ސިފައިންގެ މީހެއް. -- ފޮޓޯ/ އަދަދު

އެމްއެންޑީފުން މާލޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދެ އޮފިސަރަކު ޑިއުޓީގައި: އޭޑީކޭ ފާހާނާ ތެރޭގައި ފިސްތޯލައެއް ބޭއްވީ ސިފައިންގެ މީހެއް. -- ފޮޓޯ/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލުމުން ލިބިވަޑައިގަތް ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަނިކޮށް، އެ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރޭގައި ސިފައިންގެ މީހަކު ފިސްތޯލައެއް ބޭއްވި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޕޯކްސްޕާސަން، މޭޖަ ޖެނެރަލް އިބްރާހިމް އާޒިމް މިރޭ "އަދަދު"އަށް ވިދާޅުވީ ފާހާނާގައި ފިސްތޯލައެއް ބޭއްވިފައި ވަނީ ސިފައިންގެ މީހެއްގެ އަތުން ކަަމަށެވެ.

"މިކަމާ ގުޅިގެން އޭނާ ވަނީ ޑިއުޓީތަކުން އެއްފަރާތް ކުރެވިފައި،" އާޒިމް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވި ގޮތުގައި މިލިޓަރީ ޕޮލިހުން އެ މައްސަލަ ބެލި އެވެ. އެއަށް ފަހު އިތުރަށް ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަދަދު" އަށް ޔަގީންވެފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގެ ތެރެއިން އެ ފިސްތޯލަ ފެނުނީ އެތަނުގެ މުވައްޒަފަކަށެވެ.

ނަޝީދަށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހަމަލާދިނީ ދިރިއުޅުއްވާ ކެނެރީގެއިން ބޮޑީގާޑުންނާ އެކު ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. ރޭޒާ ފުއްތަކެއް އަޅާފައިވާ އައިއީޑީއެއް ގޮއްވާލުމުން ނަޝީދުގެ ހަށިކޮޅަށް ފުން ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ފުރާނަ ސަލާމަތްކުރެއްވުމަށް އޭޑީކޭގައި ގިނަ ސާޖަރީތަކެއް ކުރެއްވުމަށް ފަހު އިތުރު ފަރުވާ އަށް މިހާރު ހުންނެވީ ޖަރުމަނުގަ އެވެ.

އެމަނިކުފާނު އޭޑީކޭގައި ފަރުވާ ހޯއްދެވި އިރު ހޮސްޕިޓަލާއި މުޅި އެ ސަރަހައްދު އަދި މާލޭގެ ސެކިއުރިޓީ ލެވެލް އޮތީ އެންމެ މަތިކޮށްފަ އެވެ. އެއީ، އެންމެ ހައި ރިސްކު ބޭފުޅާގެ ސަލާމަތީ ކަންކަން ވަރުގަދައަށް ބަލަހައްޓަނިކޮށް ޓެރަރިސްޓް ހަމަލާއެއް އަމާޒުވުމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރެއިން ފިސްތޯލައެއް މި ފެނުނީ، ބޮމުގެ ހަމަލާއަކުން ނަޝީދު ޒަހަމްކޮށްލުމާ ގުޅިގެން ސަލާމަތީބާރުތަކަށް ވަރަށް ބޮޑު ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އެމަނިކުފާނަށް ހަމަލައެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގަތް ކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް އެންގެވި ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައިވެ އެވެ.

އެކަމަކު މިނިސްޓަރު މާރިޔާ މި ތުހުމަތަށް މާގިނަ ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.

ފައިސާ ހުށަހަޅައި ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމަށް އިލްޔާސަށް ލިބިވަޑައިގަތް މައުލޫމާތާ ގުޅިގެން ތަހުގީގަށް ފުލުހުން ވަނީ އޭނާގެ ބަޔާނެއް ނަގައިފަ އެވެ.

ފުލުހުންނާއި ސިފައިން ބުނެފައި ވަނީ ހަމަލާގެ އިންޓެލިޖެންސް ލިބިފައި ނުވާ ކަމަށެވެ. އިންޓެލިޖެންސް މައްސަލައިގައި މިހާރު ހާއްސަ އޮޑިޓެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox