ރައީސް ނަޝީދު އޭޑީކޭގައި އޮންނަވަނިކޮށް ހޮސްޕިޓަލުން ފިސްތޯލެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ

ނަޝީދަށް ދިން ހަމަލާއަށް ފަހު އޭޑީކޭގައި ސިފައިން ހަރަކާތްތެރިވަނީ:

ނަޝީދަށް ދިން ހަމަލާއަށް ފަހު އޭޑީކޭގައި ސިފައިން ހަރަކާތްތެރިވަނީ:

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަލާގައި ޒަހަމްވެވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށް އެތަނުގެ ތެރެއިން ބަޑިއެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"އަދަދު" އަށް ޔަގީންވެފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގެ ތެރެއިން ބަޑިއެއް ފެނުނީ ހޮސްޕިޓަލުގެ މުވައްޒަފަކަށް އެތަނުގެ ފާހަނައެއް ތެރެއިންނެވެ. އަދި ފެނުނީ ފިސްތޯލެއްކަން ވެސް އެނގިފައިވެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭއިން ފެނުނު ބަޑިއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އެ ވާހަކަ ދޮގެއް ނުކުރައްވަ އެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅޭ މައުލޫމާތު ބައްދަލުވުމަށް ނުގެންނެވޭ ކަމަށެވެ.

Advertisement

މި ނޫހުން އޭޑީކޭއަށް ގުޅުމުން މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް އަށް ގުޅުމަށެވެ. އެމްއެންޑީއެފް އަށް ގުޅުމުން އެ މައްސަލައިގައި މިހާތަނަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއްދީ އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން ސަލާމަތީބާރުތަކަށް ވަރަށް ބޮޑު ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

އެގޮތުން ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފަރާތުން ލިބިވަޑައިގެންނެވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވިދާޅުވުމުން، މައުލޫމާތު އެނގިހުރެމެ ހަމަލާ ނުހުއްޓުވުމުން އެކަމަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ.

މި ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ވެސް ކުރިން ލިބިފައިނުވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ. އިންޓެލިޖެންސް މައްސަލައިގައި މިހާރު ހާއްސަ އޮޑިޓެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox