ފައިސާގެ މައްސަލައެއްގައި ވަޅި ހަރައި މީހަކު މަރާލުމުން ދައުވާކޮށްފި

May 19, 2021, 8:01 AM
ކުރިމިނަލް ކޯޓު: ބިދޭސީއެއްގެ މައްޗަށް ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ވަނީ ފޮނުވާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކުރިމިނަލް ކޯޓު: ބިދޭސީއެއްގެ މައްޗަށް ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ވަނީ ފޮނުވާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ދ. މީދޫގެ "ޖިހާދު" ނަމަކަށް ކިޔާ ދޯންޏެއްގައި މަސައްކަތްކުރަމުން ދިޔަ ބަނގްލަދޭޝް ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި މީހަކަށް މަރުގެ ދައުވާ އުފުލައިފި އެވެ.

މާޗް މަހުގެ ހަތް ވަނަ ދުވަހު ހިނގި މި މާރާމާރީގައި ބަންގްލަދޭޝް މީހާ މަރުވަނީ ލިބުނު ޒަހަމްތަކަށް ތ. ވޭމަންޑޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

މި މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ބިދޭސީންގެ ދެމެދު ހަމަނުޖެހުން ހިނގީ ފައިސާގެ މައްސަލައެއްގަ އެވެ.

ބިދޭސީންގެ މެދުގައި މިފަދަ ކަންކަމުގައި މާރާމާރީތައް ހިންގާ މިންވަރު ގިނަ އެވެ. މީގެކުރިން ތ. ގުރައިދޫގައި ވެސް ބިދޭސީންތަކެއްގެ މެދުގައި މަރާމާރީ ހިނގައި، އެކަމަކު މަރާލާފައިވެ އެވެ.

ކުރިމިނަލް ކޯޓުގައި މިހާރު ހުރި މައްސަލަތަކަށް ބަލާއިރު ވެސް މަރުގެ ދައުވާ ލިބޭ ބަންގްލަދޭޝްގެ މީހުން ގިނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox