ނުރައްކަލެއްގެ މައުލޫމާތު ލިބިގެން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މަޖިލިސް ބޭރުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ: ސެކިއުރިޓީ ވަނީ މަތިކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މަޖިލިސް ބޭރުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ: ސެކިއުރިޓީ ވަނީ މަތިކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތް ކަމަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އެމްއެންޑީއެފްއިން އެ ތަނުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށި ޖަލްސާ ކުރިއަށް ދިޔައިރު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނާ މަގު ބަންދުކޮށްގެން ހަރަކާތްތެރިވި އެވެ. މިއަދު ވެސް އެގޮތަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި މަޖިލީހަށް ތްރެޓެއް އޮތް ކަމަށް ރޭ ވަނީ މައުލޫމާތެއް ލިބިފަ އެވެ. އެހެންވެ، މަޖިލިސް އިމާރާތާއި ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ.

"މި ވަގުތު ހާލަތަށް ބަލާ ސެކިއުރިޓީގެ ކަންކަން ދަނީ ދަމަހައްޓަމުން،" މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތް ކަމަށް ރޭ މައުލޫމާތެއް ލިބިފައިމިވަނީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ބޮޑެތި ބަހުސްތައް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ. އަދި، ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ބެލުމަށް މަޖިލީހުން ތަހުގީގެއް ފެށުމަށް ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.

މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، އެ މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ފޭސްބުކްގައި މީހަކު ކޮމެންޓްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށްދަނިކޮށް ރާއްޖެޓީވީގެ ފޭސްބުކް ލައިވަށް ފިރިހަނަކު ކޮމެންޓް ކޮށްފައިވަނީ "ތި މަޖިލިސް ގޮއްވާލަންވީ،" ކަމަށް ބުނެ އެވެ.

އެކަން އެންމެ ފުރަތަމަ ސަމާލު ކަމަށް ގެންނެވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އޭނާ ވަނީ ޓްވިޓާގައި އެކަން ހިއްސާ ކުރައްވައި މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭގެފަހުން މިއަދު ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެ ކޮމެންޓްގެ މައްސަލަ މަޖިލީހުން ރަސްމީކޮށް ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން "އަދަދު"ން ފުލުހުންނާ ސުވާލު ކުރުމުން ބުނީ އެ ކޮމެންޓްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ސޯޝަލް މީޑިއާ އާއި އަދިވެސް އެހެނިހެން ގޮތް ގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox