އެފްއޭ ކަޕް: ކާމިޔާބީ އަށް ފަހު ލެސްޓާ ދެ ކުޅުންތެރިން ދައްކާލީ ފަލަސްތީނުގެ ދިދަ!

May 15, 2021, 7:11 PM
ފޮފާނާ (ކ) އާއި ޗޯދުރީ ފަލަސްތީނުގެ ދިދަ ހިފައިގެން.

ފޮފާނާ (ކ) އާއި ޗޯދުރީ ފަލަސްތީނުގެ ދިދަ ހިފައިގެން.

ލަންޑަން (މެއި 15) - އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މިރޭ ޗެލްސީ ބަލިކޮށް ލެސްޓާ ސިޓީން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި އެ ޓީމުގައި ހިމެނޭ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗޯދުރީ އާއި ވެސްލީ ފޮފާނާ ފަލަސްތީނުގެ ދިދައެއް ދައްކާލައިފި އެވެ.

ޗެލްސީ އަތުން 1-0 އިން ލެސްޓާ މޮޅުވިއިރު، މިއީ އެ ކްލަބްގެ ތާރީހުގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މެޗު ނިންމާލުމާ އެކު ލެސްޓާ ކުޅުންތެރިންގެ އުފާފާޅުކުރުންތައް ފެށިގެންދިޔަ އެވެ. އޭގެތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ބަންގްލަދޭޝްގެ ދަރިކޮޅަށް ނިސްބަތްވާ ހަމްޒާ އާއި ފްރާންސްގެ ފޮފާނާ ފަލަސްތީނުގެ ދިދައެއް ވިހުރުވާލި ދިމާލަށެވެ.

އުމުރުން 20 އަހަރުގެ ފޮފާނާ އުފަންވީ ފްރާންސްގެ މުސްލިމް އާއިލާ އަކަށެވެ. ބަންގްލަދޭޝްގެ ދަރިކޮޅަށް ނިސްބަތްވި ނަމަވެސް ހަމްޒާ ކުޅެނީ އިންގްލެންޑް ގައުމީ ޓީމަށެވެ.

އިޒްރޭލުން ފަލަސްތީނާ ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހައްގުގައި މަޝްހޫރު އެކި ފުޓްބޯޅަ ކުޅުންތެރިން ވެސް އަންނަނީ އަޑުއުފުލަމުންނެވެ. އެ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ރިޔާދު މާރޭޒް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަދި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު ހިމެނެ އެވެ.

މިރޭ އެފްއޭ ކަޕްގެ ފައިނަލަށް ފަހު ހަމްޒާ އާއި ފޮފާނާގެ ފަރާތުން މި ފެނުނު ކަންތައްތަކަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފުކުރަމުންނެވެ.

މީގެ 100 އަހަރު ކުރިން ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ ރެފިއުޖީ ބަޔަކު ޗިލީ އަށް ހިޖުރަކޮށް އެ ގައުމުގެ އުޒޯނޯ ސިޓީގައި އުފެއްދި ކްލަބް ޑިޕޯޓިވޯ ޕަލަސްޓީނޯ އަކީ އެންމެ ފުޅާކޮށް ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ފުޓްބޯޅަ ކްލަބް އެވެ. ދާދި ފަހުން ވެސް ޗިލީ ލީީގުގެ މެޗެއްގެ ތެރެއިން އެ ޓީމުން ވަނީ ފަލަސްތީނުގެ ހައްގުގައި ޝުއޫރުފާޅުކޮށްފަ އެވެ.

ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަކީ އިޒްރޭލުގެ ރަށްވެއްސެކެވެ. އަބްރަމޮވިޗްގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ 2018 ވަނަ އަހަރު ހަމަވުމުން ވިސާ އާ ނުކޮށްދޭން އިނގިރޭސި ސަރުކާރުން ނިންމުމުން އިންގްލެންޑަށް ދެވޭނެ ގޮތެއް ނެތި އަބްރަމޮވިޗް އެންމެ ފަހުން ދިރިއުޅުން ބަދަލުކުރީ އިޒްރޭލަށެވެ.

އަބްރަމޮވިޗަށް އިންވެސްޓްމަންޓް ވިސާ ނުދޭން އިނގިރޭސި ސަރުކާރުން ނިންމީ އިނގިރޭސި ވިލާތާއި ރަޝިޔާއާ ދެމެދު ބޮޑު ޑިޕްލޮމެޓިކް މައްސަލައެއް އުފެދިފައިވާތީ އެވެ. އެއީ ރަޝިޔާގެ ކުރީގެ ޖާސޫސަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox