ވުލްވްސް ބަލިކޮށް ލިވަޕޫލް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް

Mar 7, 2026, 12:27 AM
ވުލްވްސް ބަލިކޮށް ލިވަޕޫލް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް

ބާމިންހަމް (މާޗް 7) - އިނގިރޭސި އެފްއޭ ކަޕްގެ ގަދަ 16 ބުރުގައި ވުލްވްސް އަތުން 3-1 އިން މޮޅުވެ، ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވުލްވްސް ދަނޑުގައި މިދިޔަ އަންގާރަ ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ 2-1 އިން ވުލްވްސް އަތުން ބަލިވެފަ އެވެ. އެކަމަކު، ރޭގެ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ވުލްވްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ޕްރިމިއާ ލީގުގެ މެޗެކޭ އެއްގޮތަށް އެފްއޭ ކަޕްގައި ވެސް ލިވަޕޫލާއި ވުލްވްސް، ފުރަތަމަ ހާފު ނިންމާލީ ލަނޑެއް ނުޖެހި އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއް ނުވެ، ލިވަޕޫލުން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ.

އެ ގޮތުން، 51 ވަނަ މިނިޓްގައި އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އެންޑީ ރޮބަޓްސަން ވަނީ ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. އަދި، އޭގެ މިނިޓެއް ފަހުން، ރޮބަޓްސަން ނެގި ހުރަހަކުން ސަލާހު، ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ކަނޑައެޅި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައިފައި އޮފްސައިޑް ނޫން ކަމަށް ނިންމައި، ގޯލު ބަލައިގަތެވެ.

މެޗުގެ 74 ވަނަ މިނިޓްގައި އޭރިއާބޭރުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން ކާޓިން ޖޯންސް ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައިދިނެވެ. ބަދަލަކަށް ކުޅެން އެރި ދެކުނު ކޮރެއާގެ ފޯވާޑް، ހްވާން ހީޗާން ވަނީ ވުލްވްސްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިފަ އެވެ.

ލިވަޕޫލުން ދެން ކުޅޭ މެޗުގައި އަންގާރަ ދުވަހުގެރޭ ބައްދަލުކުރާނީ، ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ގަލަސަތަރާއިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox