ވިއްސާރައިގައި ހޯރަފުށީ އެއާޕޯޓަށް ބޮޑު ގެއްލުމެއް، ދަތުރުތައް ފަށަން ދެތިން ދުވަސް ނަގާނެ

ހޯރަފުށި އެއާޕޯޓަށް އުދައަރައިފައިވާ މަންޒަރު: މި އެއާޕޯޓަކީ ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން އެޅި އެއާޕޯޓެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

ހޯރަފުށި އެއާޕޯޓަށް އުދައަރައިފައިވާ މަންޒަރު: މި އެއާޕޯޓަކީ ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން އެޅި އެއާޕޯޓެއް. -- ފޮޓޯ: ސޯޝަލް މީޑިއާ

ބޯ ވިއްސާރަ އާއި ވައިގަދަވެ، ހޯރަފުށީ އެއާޕޯޓަށް ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށަން ދެތިން ދުވަސް ނަގާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރުގެ އަތޮޅުތަކަށް މި ދުވަސްވަރު މޫސުން ގޯސްވެގެން އުޅެނީ އަރަބި ކަނޑުގައި އުފެދިގެން އުޅޭ ތޫފާނު "ޓައުޓޭ"ގެ ސަބަބުންނެވެ. މި ތޫފާނޫ މިހާރު ރާއްޖެއާ ދުރަށް މިސްރާބު ޖަހާފައިވާއިރު، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

ތޫފާނުގެ ސަަބަބުން އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ އިތުރުން ގިނަ ރަށްތަކަށް އުދަ އެރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އުދަ އެރި ރަށްތަކުގެ ތެރޭގައި ހޯރަފުށި ހިމެނެ އެވެ. ހޯރަފުށި އެއާޕޯޓަކީ އެ ރަށު ފަޅުތެރެއިން ބައެއް ހިއްކައިގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައި ހުރި ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ މުޅި އެއާޕޯޓުގެ ރަންވޭ ފެނުއަޑީގައި އޮތް މަންޒަރެވެ. އަދި އެއާޕޯޓުގެ ވެއިޓިން އޭރިއާ އަދި އެހެން ބައެއް ސްޓްރަކްޗާތަކަށް ގެއްލުން ލިބި، ބިއްލޫރިގަނޑު ވަނީ ވެއްޓިފަ އެވެ.

ގެއްލުމުގެ އަގު އިނގޭނީ އެސެސްމަންޓަށް ފަހު، ހިދުމަތް ފަށަން ދެތިން ދުވަހެއް ނަގާނެ

ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސްގެ ރިޒްވީ "އަދަދު" އަށް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. ނަމަވެސް ސީދާ ގެއްލުންވީ އަދަދެއް ބުނަން އަދި މާ އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު ގެއްލުމެއް އެއާޕޯޓަށް ލިބުނު. އެކަމަކު ލިބުނު ގެއްލުމުގެ އަގު އިނގޭނީ ޓެކްނިކަލް ޓީމެއް ގޮސް އެސެސްމަންޓް ހެދުމުން" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެއާޕޯޓުގެ ވަށައިގެން އޮންނަ ޝޯލައިންއަށެވެ. އަދި ބައެއް އިމާރާތްތަކަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން އަންނަނީ ވީހާވެސް އަވަހަކަށް އެއާޕޯޓަށް ލިބުނު ގެއްލުން ބަލަން ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މޫސުން ތަންދިންހާ އަވަހަކަށް އެ ޓީމު ހޯރަފުއްޓަށް ދާނެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓުން ހިދުމަތް ދިނުން އިއްޔެ އިން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ. އަދި އަލުން ދަތުރުތައް ފެށޭނެ ތާރީހެއް އިނގޭނީ ޓެކްނިކަލް ޓީމުން ހަދާ އެސެސެމަންޓަށް ފަހު ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"ދެތިން ދުވަހެއް ވަރު ނަގާނެ ކަމަށް ބެލެވެނީ" ރިޒްވީ ވިދާޅުވި އެވެ.

ހޯރަފުށި އެއާޕޯޓަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކުރި އެއާޕޯޓެވެ. ނަމަވެސް އެއާޕޯޓް ތަރައްގީކުރަން ފެށުމާ އެކު ތިމާވެށި ހިމާޔަތްކުރަން ގޮވާލާ ޖަމިއްޔާތަކާއި މީހުންގެ ނުރުހުން އަމާޒު ވި އެވެ.

އެއާޕޯޓަށް ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމާ ގުޅިގެން އެ ފަރާތްތަކުން އަންނަނީ އަނެއްކާވެސް އެ ކަންބޮޑުވުންތައް ފާޅުކުރަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox