މައުލޫމާތު ލިބުމުން ފިޔަވަޅުތައް ނޭޅުމަކީ ބޮޑު ފެއިލްވުމެއް: އާދަމް ޝަރީފް

ޑިފެންސް މިނިސްޓަރު މާރިޔާ އަދި އާދަމް ޝަރީފް: ފިޔަވަޅު ނޭޅުމަކީ ބޮޑު ފެއިލްވުމެއްގެ ގޮތުގައި ސިފަ ކުރެއްވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޑިފެންސް މިނިސްޓަރު މާރިޔާ އަދި އާދަމް ޝަރީފް: ފިޔަވަޅު ނޭޅުމަކީ ބޮޑު ފެއިލްވުމެއްގެ ގޮތުގައި ސިފަ ކުރެއްވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އުޅޭ ކަމުގެ މައުލޫމާތު ލިބި އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ ބޮޑު ފެއިލްވުމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ހަމަލާދިނުމަށް ބަޔަކަށް ތިން މިލިއަން ރުފިޔާ ދީގެން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އާންމު މީހަކަށް ލިބުމުން އެ މައުލޫމާތު އެމީހާ ވަނީ 241 ކޮމިޓީގައި ވެސް އިންނަވާ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާ ހިއްސާ ކުރައްވާފަ އެވެ.

އިލްޔާސްއަށް އެ މައުލޫމާތު ލިބުމުން ސީދާ ރައީސް ނަޝީދަށް މައުލޫމާތު އެރުވި އެވެ. އަދި، އޭގެފަހުން ރައީސް ނަޝީދުގެ އިރުޝާދާއެކު ޑިފެންސް މިނިސްޓަރަށް އެ މައުލޫމާތުގެ ތަފްސީލް އެރުވި އެވެ. އެ މައުލޫމާތު ލިބުނުކަން މިނިސްޓަރު މާރިޔާ ވެސް މިހާރު ވަނީ ހާމަ ކުރައްވާފަ އެވެ.

ނަމަވެސް، މިނިސްޓަރު މާރިޔާއަށް އެ މައުލޫމާތު ލިބުމުން އަމަލު ކުރެއްވި ގޮތެއް ސާފުކޮށް ނުދެއްވަ އެވެ. މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް "އަދަދު"އިން ތަކުރާރުކޮށް މާރިޔާއަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ، އިލްޔާސް އެ މައުލޫމާތު އޭނާއާ ހިއްސާކުރުމުން، އެކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހިއްސާކުރުމަށް ދެންނެވި ކަމަށެވެ. ނަމަވެސް އެކަމަށް ތަކުރާރުކޮށް އެދުމުން ވެސް އިލްޔާސް އެދިވަޑައިގެންނެވީ، މިނިސްޓަރު އެ މައުލޫމާތު ފުލުހަށް ދިނުމަށް ކަމަށް މާރިޔާ ވިދާޅުވެފައިވެ އެވެ. ނަމަވެސް، އިލްޔާސް ވިދާޅުވި ގޮތުގައި، މާރިޔާއާ އެ މައުލޫމާތު ހިއްސާކުރުމުން ފުލުހަށް ރިޕޯޓް ކުރުމަށް އަންގާފައެއް ނުވެ އެވެ.

މިއީ ތަސައްރަފު ނުފުދޭތީ ވާގޮތް: ކުރީގެ ޑިފެންސް މިނިސްޓަރު

މިކަން ހިނގާފައިވާ ގޮތުން، އެކަމާމެދު ދެކޭ ގޮތެއް އޮޅުންފިލުވުމަށް "އަދަދު"އިން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ސުވާލު ކުރެއްވުމުން އޭނާ އެންމެ ފުރަތަމަ ވެސް ހިއްސާ ކުރެއްވީ 2017 ވަނަ އަހަރު ހިނގައިދިޔަ ކަމެކެވެ.

އެގޮތުން، އެ އަހަރުގެ ތެރޭގައި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީއަށް މަރުގެ އިންޒާރު ލިބިގެން އެކަން މަޖިލީހަށް އޭނާ ރިޕޯޓްކުރި އެވެ. އެއާއެކު، މަޖިލީހުން އެކަން ޑިފެންސް މިނިސްޓްރީއަށް އެންގުމުން ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އާދަމް ޝަރީފް ވަނީ އިސްވެ ފިޔަވަޅުތައް އަޅުއްވާފަ އެވެ.

"އެއް ގަޑިއިރު ތެރޭ ފިޔަވަޅުތައް އަޅަން ފެށި، ރަސްމީކޮށް ފުލުހަށް ލިޔުނިން އެކަމުގައި، އިމްތިޔާޒުގެ ސެކިއުރިޓީ އިތުރަށް މޮނީޓާކޮށް އެކަމުގައި ފުލުހުން ވެސް ބައިވެރިކުރިން، އޭރުގެ ސީޕީއާއެކު ބައްދަލުވުންތައް ބާއްވައި ފްލޯއަޕް ހަދަމުން ދިޔައިން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ހުދު އަޅުގަނޑު އިމްތިޔާޒަށް ގުޅާފައި އެކަމުގައި ފިޔަވަޅުތައް އަޅަމުންދާކަން ވެސް އެންގިން، އިމްތިޔާޒަށް ސެކިއުރިޓީ ލިބޭތޯ ކަށަވަރު ކުރިން،"

އާދަމް ޝަރީފް: އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތެއް ލިބުމުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ
އާދަމް ޝަރީފް: އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތެއް ލިބުމުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ

އާދަމް ޝަރީފް: އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތެއް ލިބުމުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އެހެން ލިބޭ އިންޒާރުތަކާއި މައުލޫމާތުތަކަކީ ސީރިއަސް ކަމެއްގެ ގޮތުގައި ނަގަންޖެހޭ ކަންކަން ކަމަށެވެ. އަދި، ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ގުޅޭ ގޮތުން އެފަދަ މައުލޫމާތެއް ލިބިގެން މެންބަރަކު ގުޅުއްވުމުން އެކަމުގައި އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ.

"އިލްޔާސް އެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް ދިނުމާއެކު ފިޔަވަޅުތައް އަޅަން ޖެހޭނެ، މައުލޫމާތު ގެނެސްދިނީ އާދައިގެ ރައްޔިތެއް ވެސް ނޫން، މަޖިލިސް މެންބަރެއް، އެހެންވީއިރު މިއީ ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މައުލޫމާތު ލިބުމާއެކު މިނިސްޓަރު މާރިޔާ އެކަން ރަސްމީކޮށް ފުލުހުންނަށް އަންގައި، ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމަށެވެ. އެއަށްފަހު ކޮމިޝަނާ އޮފް ޕޮލިސް ހިމެނޭ ގޮތަށް ޖޮއިންޓް ބައްދަލުވުންތައް ބާއްވައި، ދެން ކުރިއަށް ދާނެ ގޮތެއް ރާވައި، ރައީސް ނަޝީދުގެ ކަންކަން ގާތުން މޮނީޓާކުރަން ޖެހޭނެ ކަމަށެވެ. އަދ، ރައީސްގެ ސަމާލު ކަމަށް ވެސް މިނިސްޓަރު އެކަން ގެންނަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހަށް ރަސްމީކޮށް އެންގުމާއެކު މުހިންމު ފިޔަވަޅުތައް އަޅައި އެކަމުގައި ތަހުގީގު ވަގުތުން ފެށެން ޖެހޭނެ، އެފަދަ މައުލޫމާތުތައް އެނގި ސިއްރުކޮށްގެން ނުތިބެވޭނެ، ތިން މިލިއަން ދީގެން އޮގަނައިޒް ކްރިމެއް ހިންގާ ކަމުގެ ކްރެޑިބަލް މައުލޫމާތެއް ލިބިފައި އެ އޮތީ، އެއީ ޔޯލަޔޯލަ ކޮށްލާފައި ދައްކާނެ ވާހަކަ ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އަޅަންވީ ފިޔަވަޅުތައް އެޅިފައެއް ނެތް، ބޮޑެތި ފެއިލިއާސްތައް މި ހުންނަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މިފަދަ ކަންކަމުން ފެނިގެން ދަނީ ތަސައްރަފު ނުފުދޭ ބަޔަކު ވެރިކަން ކުރަން ފެށުމުން ފެންނާނެ މަންޒަރުތައް ކަމަށެވެ.

"މިފަދަ ކަންކަމުގައި އަމަލު ކުރާނެ ކޮންމެ ވެސް ހަމަތަކެއް އޮންނަން ވާނެ، އެ މަންޒަރެއް ނުފެނޭ، މިއީ ހަމަ ތަސައްރަފު ނުފުދޭތީވާ ކަންކަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މާރިޔާއަށް "ކްރެޑިބަލް" މައުލޫމާތަކަށް ނުވި

"ރާއްޖެއެމްވީ"އަށް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާ ގޮތުގައި މެންބަރު އިލްޔާސް ދެއްކެވީ ސީދާ ނަޝީދަށް އަމާޒުވި ހަމަލާގެ ވާހަކަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް "ކްރިޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސް" މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، މެންބަރުގެ ފަރާތުން އެ މައުލޫމާތު ލިބުނުއިރު ވެސް ރައީސް ނަޝީދު ސެކިއުރިޓީ އޮތީ އެންމެ މަތީ ދަރަޖާގަ އެވެ. އެންމެ މަތީ ދަރަޖައަށް ސެކިއުރިޓީ ބަދަލުކުރީ ވެސް މީގެ ދެ މަސް ދުވަސް ކުރިން އޭނާ ފާހަގަ ކުރެއްވި އެވެ.

އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައުލޫމާތެއް ނުލިބޭ ކަމަށް ބުނި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައުލޫމާތެއް ނުލިބޭ ކަމަށް ބުނި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައުލޫމާތެއް ނުލިބޭ ކަމަށް ބުނި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހަމަލާއަށްފަހު، އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނީ ސީދާ ހަމަލާއާ ގުޅޭ މައުލޫމާތެއް ލިބިފައި ނެތް ނަމަވެސް، ނަޝީދަކީ އަބަދުވެސް ނުރައްކާ އޮންނަ ބޭފުޅެއް ކަމަށެވެ.

"ރައީސް ނަޝީދަކީ އެންމެ ސެކިޔުރިޓީ މަތީ ލެވެލްގައި ނުވަތަ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް، އަދި އެބޭފުޅާ އާ ގުޅޭ އިންޓެލިޖެންސް އިންޕުޓްއަކީ އަބަދުހެން އަންނަ އިންޕުޓެއް، އެބޭފުޅާއާ ގުޅުންހުރި ކަންތަކާ ގުޅުންހުރި މައުލޫމާތުތައް އަޅުގަނޑުމެންނަށް އަބަދުހެން ލިބޭ،" ޝަމާލް ވިދާޅުވެފައިވެ އެވެ.

ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު ނުލިބުނު ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޝަމާލު ވެސް ވިދާޅުވެފައިވާއިރު، އެ ސަބަބު އެނގިގެން ދާނީ ތަހުގީގަށްފަހު ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ސުވާލުތަކަށް އެ ބޭފުޅުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުންނަމަ، ނަޝީދަށް އަމާޒުވި ހަަމަލާއާ ގުޅޭ މައުލޫމާތެއް ފުލުހުންނާ ހިސާބަށް ގޮސްފައެއް ނުވެ އެވެ. ހަމީދު ވެސް ވިދާޅުވެފައިވާ ގޮތުގައި، ނަޝީދަށް އަބަދުވެސް ނުރައްކާ އޮންނަ ކަމަށާއި ނަމަވެސް ސީދާ ހަމަލާއާ ގުޅޭ މައުލޫމާތެއް ނުލިބޭ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދޭން އުޅޭ ހަމަލާއެއްގެ މައުލޫމާތު މިނިސްޓަރު މާރިޔާއަށާއި މެންބަރު އިލްޔާސް ލިބިހުރެމެ، އެކަން ފުލުހުންނާ ހަމައަށް ނުގޮސް އޮތް މައްސަލާގައި މިހާތަނަށް ފުލުހުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބި އެކަން ފުލުހުންނަށް ނޭންގުމަކީ ކުށެކެވެ.

އިލްޔާސް ލަބީބު ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދަނީ ދެމުންނެވެ. އިލްޔާސް ވިދާޅުވި ގޮތުގައި، ތަހުގީގު ކުރިއަށް ދަނިކޮށް ދައުލަތުގެ އިދާރާއަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެ މައުލޫމާތު މީޑިއާގައި ބަހުސް ކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއް ނޫނެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި ދިން ވަރުގަދަ ހަމަލާގައި އެމަނިކުފާނު ކިރިޔާ ސަލާމަތްވިއިރު، ހަށިކޮޅުގެ އެތައް ތަނެއް ވަނީ ޒަހަމްވެފަ އެވެ. މިހާރު އެމަނިކުފާނަށް ޖަރުމަންގެ މިލިޓަރީ ހޮސްޕިޓަލެއްގައި ގެންދަނީ ފަރުވާދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox