ދައުލަތުގެ ތެރޭގައި ތިބި ބޮޑު ހިޔާނާތުގެ ތުހުމަތުވާ މީހުން ވަކިކުރަން ސަބް ކޮމިޓީން ނިންމައިފި

ބޮޑު ހިޔާނާތުގެ ލިސްޓު ދިރާސާކުރަން މިރޭ ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުން: އެ ލިސްޓު އާއްމުކުރަން މިރޭ ނިންމި. -ފޮޓޯ: މަޖިލިސް

ބޮޑު ހިޔާނާތުގެ ލިސްޓު ދިރާސާކުރަން މިރޭ ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުން: އެ ލިސްޓު އާއްމުކުރަން މިރޭ ނިންމި. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނުކަމަށް އެ ހިޔާނާތް ބަލަމުންދާ ރިޔާސީ ކޮމިޝަނުން ތުހުމަތުކުރާ މީހުންގެ ނަންތައް އާއްމުކުރަން އެކަން ދިރާސާ ކުރަމުންދާ މަޖިލީހުގެ ސަބް ކޮމިޓީން މިރޭ ނިންމައިފި އެވެ.

އެ ހިޔާނާތާ ގުޅިގެން ތަހުގީގު ނުނިމި ދައުވާކުރުން ދިގުލާތީ، މަޖިލީހުން އިސްވެ ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރާއި އަދި ކުރީގައި ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި އަދި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓާއި ތަހުގީގު ގޮސްފައިވާ ހިސާބު ހިއްސާކޮށް ދިނުމަށެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފަ އެވެ.

ހިޔާނާތުން މަންފާ ވި ކަމަށް ފުލުހުން ކުރިން އާއްމުކުރި ލިސްޓު

  • މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ފަސް ފަނޑިޔާރުން
  • ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން

ކޮމިޝަނުން ފަހުން ފޮނުވި ލިސްޓު މަޖިލީހަށް ލިބުމާއެކު އޭގައި ހުރި ނަންތައް އާއްމުކުރުމަށް މަޖިލީހަށް ވަނީ އިންތިހާއަށް ޕްރެޝަރު ކުރިމަތިވެފަ އެވެ.

ނަމަވެސް، ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ބުނެ އޭގެ ސިއްރު ހިފަހައްޓައި ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެދުނު އެދުމަށް އެ ލިސްޓު ދިރާސާކުރެވެންދެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން އޮތީ ނިންމައިފަ އެވެ.

މިރޭ 9:00 އިން ފެށިގެން މަޝްވަރާކުރުމަށްފަހު އަށް ހުށަހެޅުމަކާއެކު ސަބް ކޮމިޓީން އެކުވާލި ރިޕޯޓު ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ.

އޭގެ ތެރެއިން، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެ ލިސްޓުގައި ތިބި ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން މަގާމުން ދުރުކުރެވޭ މީހުން މަގާމުން ދުރު ކުރުމަށް ރޭގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުމެވެ.

މީގެ އިތުރުން، ދައުލަތުގެ މަގާމުތަކުގައި އޭރާއި އަދި މިހާރު ވެސް ތިބި ފަރާތްތަކަށް ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެތީ އެ މީހުންގެ ތަހުގީގު އަވަސް ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުމަށް ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.

ދެން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައިވަނީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަން ފެންނަ ކަމަށާއި އަދި އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތައް މަޖިލީހުން ގާތުން ބެލުމަށެވެ.

ސަބް ކޮމިޓީގެ ހުށަހެޅުންތައް

  1. ދައުލަތުގެ މަގާމުތަކުގައި ކުރީގައި އަދި މިހާރު ވެސް ތިބި ފަރާތްތަކަށް ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެތީ އެ މީހުންގެ ތަހުގީގު އަވަސް ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުން.
  2. ރިޝްވަތާއި ކޮރަޕްޝަން ހުއްޓުވުމުގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން ގުޅިގެން ހިންގާ ތަހުގީގަށް މުވައްޒަފުންނާއި ފަންނީ އެހީތެރިކަން އެންމެ ފުރިހަމައަކަށް ފޯރުކޮށްދޭން އޭސީސީގައި ދެންނެވުން.
  3. ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަން ފެންނަ ކަމަށް އަދި އެ މަސައްކަތް މަޖިލީހުން ގާތުން ބެލުމަށް.
  4. ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މިވަގުތު ދައުލަތުގެ މަގާމު ތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މަގާމުން ވަކި ކުރެވޭ ފަރާތްތައް މަގާމުން ވަކި ކުރަން ފެންނަ ކަމަށް.
  5. އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކިކުރެވޭނީ އެފަދަ ފަރާތެއް އަމިއްލައަށް އިސްތިއުފާ ދިނުމުން ނުވަތަ ކޯޓު ހުކުމަކުން ކަމަށްވުމާއެކު އެ ފަރާތްތަކުގެ ތަހުގީގު އަވަސް ކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް ދެންނެވުން.
  6. ފައިނޭންޝަލް އިންވެސްޓިގޭޝަންތަކަށް ހަރުދަނާ އުސޫލެއް އެކުލަވާލަން ދެންނެވުން.
  7. ފައިނޭންޝަލް ކުށްތައް އިތުރުވާތީ އެކަން ތަހުގީގުކުުރުމުގެ ދާއިރާއިން މީހުން ބިނާކޮށް އިދާރާތައް ހަރުދަނާ ކުރަން ދެންނެވުން.
  8. ހިޔާނާތާ ގުޅޭ މައުލޫމާތުތައް ވީއެންމެ އަހަކަށް ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމަށް ދައުލަތުގެ އިދާރާތަކާއި ބޭންކުތަކުގައި ދެންނެވުން.

ނަމަވެސް، ސަބް ކޮމިޓީގެ ރިޕޯޓުގައި އެ ލިސްޓުގައިވާ ނަންތައް އާއްމުކުރާ ވާހަކަ އެއް ސީދާ ހިމަނާފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ.

ކޮމިޓީގެ ރިޕޯޓު ނިންމާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުކަމަށް ބުނެ ސޯޝަލް މީޑިޔާގައި ލިސްޓެއް ދައުރުވަމުން ދަނިކޮށެވެ.

ނަމަވެސް، "އަދަދު"އަށް އެނގިފައިވާ ގޮތުގައި މި ލިސްޓަކީ އެންމެ ފުރަތަމަ ތަހުގީގީ އިދާރާތަކުން އާއްމުކުރި ލިސްޓެވެ.

އަދި އެ ލިސްޓު ދައުރުކުރަމުންދަނީ އެއަށް ބައެއް އުނި އިތުރު ގެނެސްގެންކަން ވެސް އެނގިފައިވެ އެވެ.

ސަބް ކޮމިޓީގެ ރިޕޯޓު މިރޭ ނިންމާފައިވާއިރު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ހެނދުނު 11:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގައި ސަބް ކޮމިޓީގެ ރިޕޯޓު ހުށަހަޅާގޮތަށް ހިމަނާފައިވާއިރު، މާދަމާގެ ބައްދަވުމުގައި މައި ކޮމިޓީން ވެސް އެ ރިޕޯޓުގައި އޮތް ގޮތަށް ފާސްކުރަން ތާއީދު ލިބޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox