ނަޝީދުގެ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ތަހުގީގެއް މަޖިލީހުން ކުރަނީ

ފަރުވާއަށް ނަޝީދު އޮންނެވި އޭޑީކޭ ސަރަހައްދުގައި މިރޭ ސިފައިން ސެކިއުރިޓީ ބަލަހައްޓަނީ - ފޮޓޯ: ސިމޮން ޔޫސުފް \ ޓްވިޓާ

ފަރުވާއަށް ނަޝީދު އޮންނެވި އޭޑީކޭ ސަރަހައްދުގައި މިރޭ ސިފައިން ސެކިއުރިޓީ ބަލަހައްޓަނީ - ފޮޓޯ: ސިމޮން ޔޫސުފް \ ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހެދުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީން އެ ތަހުގީގު ހިންގަން ނިންމީ މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ކޮމިޓީގެ ނިންމުމާ ގުޅޭ ގޮތުން މަޖިލީހުން މިރޭ ނެރުނު ބަޔާނުގައި ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިޔުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ދުސްތޫރީ ޒިންމާއެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗުވި މައްސަލަ އެ ކޮމިޓީން ބަލަން ނިންމީ އެ ޒިންމާގެ ދަށުންނެވެ.

ހާދިސާ ހިނގި ރޭ ވެސް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ޓެރަރިޒަމްގެ މައްސލަަތަކުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށާއި ހެކި ނައްތާލުމުގެ ކުރިން އެ ހޯދުމަށް ފުލުހުންނަށް ދަންނަވަން ނިންމި އެވެ.

އޭގެއިތުރުން، ތަހުގީގު ކުރިއަށްދާއިރު ބޭރުގެ ފަންނީ ގާބިލް ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ފުލުހުންނަށް ދެންނެވުމަށް ވެސް ކޮމިޓީން ނިންމި އެވެ. ކޮމިޓީން އެގޮތަށް ނިންމިއިރު ވެސް، އިނގިރޭސިވިލާތުގެ އެކްސްޕާޓުން ގެންދިޔައީ ތަހުގީގުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެފަހުން އޮސްޓްރޭލިއާގެ ދެ ފުލުހަކު ވެސް ރާއްޖެ ވަނީ އައިސްފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލީ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ސައިކަލުގެ މަޑިދަށުގައި ބާއްވައިގެންނެވެ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން އެމަނިކުފާނު ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް 8:27 ގައި ފޯރުމާ އެކު އައިއީޑީ ގޮއްވާލުމުން ލިބުނު ޒަހަމްތަކާ އެކު ބިންމައްޗަށް ވެއްޓިވަޑައިގަތީ އެވެ. އެކުގައި ތިއްބެވި ސެކިއުރިޓީންނަށް ވެސް އަނިޔާވި އެވެ.

ބާރުގަދަ މި ހަމަލާގެ އެއްވެސް މައުލޫމާތެއް އިންޓެލްއަށް ލިބިފައިނެތްކަން ސިފައިންނާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

"އެ މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ ބަލަން ޖެހޭ މީހުން ބަލާނެ. އަޅުގަނޑުމެންނަށް މިހާރު އޮތް ކަމަކީ، މި ހަމަލާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މި ހަމަލާގައި ބައިވެރިވި މީހުން ހިފާ ހައްޔަރުކުރުން،" ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވެސް ވަނީ އިންޓެލްއަށް ސީދާ އެ ހަމަލާގެ މައުލޫމާތު ލިބިފައިނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ރައީސް ނަޝީދަކީ އަބަދުވެސް ރިސްކް ހައި ބޭފުޅެއް ކަމާއި ރާއްޖޭގައި އެންމެ ހައިރިސްކް ބޭފުޅެއްގެ ގޮތުގައި ސެކިއުރިޓީ ދެމުން އަންނަނީ ވެސް އެމަނިކުފާނަށް ކަމަށެވެ.

ނަމަވެސް، ރައީސް ނަޝީދަށް އަމާޒުކޮށް އެހާ ފަސޭހައިން ސެކިއުރިޓީ ވަރުގަދަކޮށްފައިވަނިކޮށް ހަމަލާއެއް ދެވިފައިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެއަކީ ހަނި ގޯޅިއެއްގައި ހުންނަ ގެއެއް ކަމުން ސެކިއުރިޓީ ބަލައްޓަން އުނދަގޫވެ، އަދި ރައްކާތެރިކަމަށްޓަކައި ސިފައިން ވަނީ އެ ގޯޅީގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށް ސިޓީ ކައުންސިލްގައި ވެސް އެދިފައިވެ އެވެ. ނަމަވެސް، އެކަން ކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ވެސް ސަރުކާރުން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެ ގޯޅިއަކީ ހަނި ގޯޅިއެއް ކަމުން، ކާރު ނުވެއްދޭއިރު، ރައީސް ނަޝީދު ގެއިން ކާރާ ހަމައަށް ވަޑައިގަންނަވަނީ ހިންގަވާފަ އެވެ. ހަމަލާ ރައީސް ނަޝީދަށް އަމާޒުވީ ވެސް އެގޮތަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.

ހަމަލާއަށްފަހު ސިފައިންނާއި ފުލުހުންގެ އެލާޓް ލެވެލް ވަނީ އެންމެ މަތިކޮށްފަ އެވެ.

ޝަމާލު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ނަޝީދަށް ހަމަލާދިނީ ކޮމާންޑް ޑިޓޮނޭޝަނަކުންނެވެ. އެއީ، މީހެއްގެ މޫވްމަންޓް ބަލާފައި ރިމޯޓް ކޮންޓްރޯލް ޑިވައިސަކުން ގޮއްވާލުމެވެ.

"މިއީ ޓައިމްކޮށްފައި އޮތް އައިއީޑީއެއް ނޫން. ފޯނަކަށް ވުރެން ބޮޑަށް ލަފާކުރެވެނީ ގޭމްކުޅޭށާއި އެކި ކަހަލަ ކަންކަމަށް ބޭނުންކުރާ ޑިވައިސަކުން ގޮއްވާލީ ކަމަށް." އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން އައިއީޑީގެ ތެރެއަށް އަޅާފައި ހުރީ ރޭޒަ ފުއްތަކެކެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް އޭގެއިން ވެ ސީރިއަސް ސާޖަރީތަކެއް ކުރަން ޖެހުނެވެ.

މި އައިއީޑީ، ޝަމާލް ވިދާޅުވި ގޮތުގައި، 2007 ގައި ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ އެތައް ގުނައެއް ބާރުގަދަ އެވެ.

ނުރައްކާތެރި ހަމަލާގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދިވެސް ބޮޑު ތަހުގީގު ކުރިއަށްދާއިރު އެންމެ މުހިންމު ސަސްޕެކްޓް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox