ޓެރަރިސްޓު ހަމަލާ އަމާޒުކުރީ ނަޝީދަށް، ތަހުގީގުގައި ހުރިހާ ވަސީލަތެއް އެބަ ބޭނުންކުރަން: ޕޮލިސް

ޓެރަރިސްޓު ހަމަލާ އަމާޒުކުރީ ނަޝީދަށް، ތަހުގީގުގައި ހުރިހާ ވަސީލަތެއް އެބަ ބޭނުންކުރަން: ޕޮލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން އެއްޗެއް ގޮއްވާލައި ދިން ހަމަލާ މިހާތަނަށް ލިބުނު މައުލޫމާތާއި ހޯދުންތަކަށް ބަލައި ތަހުގީގު ކުރަމުން އަންނަނީ އެމަނިކުފާނަށް އަމާޒުކުރި ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ކަަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ނަޝީދަށް ހަމަލާދިނީ މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނެވުމަށް ކެނެރީގެއިން ނުކުމެވަޑައިގެންނެވި ތަނުން ސައިކަލެއް ގޮއްވާލައިގެންނެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގަތް އަނިޔާތަކަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ގިނަ ސާޖަރީތަކެއް ކޮށްފައިވާ އިރު އަދިވެސް މުހިއްމު ސާޖަރީއެއް ކުރިއަށް އެބައޮތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

Advertisement

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ދެންމެ ނެރުނު ބަޔާނުގައި ބުނީ ތަހުގީގު ކުރަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި، އިސްކަންދީގެން ކަމަށެވެ. ތަހުގީގު ދާއިރާ އިން ފޮރެންސިކްސްގެ ތެރެއިން އެ ސާވިސްގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަޝީދު: އެމަނިކުފާނަށް ދިން ހަމަލާގައި އަނިޔާވެވަޑައިގެން އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން. -- ފޮޓޯ/ މަޖިލިސް

މި ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ދެ ބޭފުޅަކު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސި ފަންނީ 2 ބޭފުޅެއްގެ އެހީތެރިކަން ތަހުގީގަށް ފޯރޮކޮށްދެމުން އެބަދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ފާހަގަކުރެވިފައިވާ ނަމަ މައުލޫމާތު، 9704000 އަށް ހިއްސާކޮށްދޭން ފުލުހުން އެދެ އެވެ. މިގޮތަށް ފޯރުކޮށްދޭ މައުލޫމާތުގެ ރައްކާތެރިކަން ހިފަހައްޓައިދޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދިނެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން މާލެތެރެ ބެލެހެއްޓުން ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ވަރުގަދަކޮށްފަ އެވެ. އެ ހަމަލާގައި ނަޝީދުގެ އިތުރުން ފަސް މީހަކަށް އަނިޔާވި އެވެ. އެކަމަކު އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox