ނަޝީދު އަދިވެސް އޮޕަރޭޝަން ތިއޭޓަރުގައި

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި ނަޝީދު: އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުން. -- ފޮޓޯ / މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި ނަޝީދު: އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުން. -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ 8:30 ހާއިރު ދިން ބޮމުގެ ހަމަލާއާ ގުޅިގެން އޭޑީކޭގައި ފަރުވާދެމުން އަންނައިރު އެމަނިކުފާނު އޮޕަރޭޝަން ތިއޭޓަރުން އަދިވެސް ނުނެރޭ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އާއިލާ އިން "އަދަދު"އަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ނަޝީދު ހަށިކޮޅަށް ލިބިފައިވާ އަނިޔާގެ ފުރިހަމަ ތަފްސީލެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ސާޖަރީތަކަށް ރޭ ތިއޭޓަރަށް ވެއްދި ގޮތަށް އަދި ނުނެރޭ ކަމަށް ވިދާޅުވި އެވެ.

ސޯޝަލްމީޑިއާގައި ނަޝީދުގެ ގާތް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ސައިކަލުގައި ގޮއްވާލުމުން ބުރައިގެންދިޔަ އެތިކޮޅުތަކުން ލިބިވަޑައިގަތް އަނިޔާތައް ސީރިއަސް ކަމަށެވެ. އެމަނިކުފާނުގެ ފުއްމާޕެއަށް ވެސް ގެއްލުން ލިބުނު ކަމަަށް ބުނަމުން އައި ނަމަވެސް އާއިލާ އަދި ރަސްމީ އެއްވެސް އިދާރާއަކުން އަދި އެމަނިކުފާނުގެ ހާލުކޮޅާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

Advertisement

"ތިއޭޓަރުން އަދި ނުނެރޭ. ގެއްލުންތަކުގެ ތަފްސީލް އެނގޭނީ ޑޮކްޓަރުންނަށް، އެއްޗެއް ބުނާކަށް އަދި ނޭނގެ،" އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން އޭޑީކޭ އިން ކުރި ޓުވީޓެއްގައި ބުނީ މިހާތަނަށް ގިނަ ސާޖަރީތަކެއް ކޮށްފައިވާ ކަމަށާއި މުހިއްމު ޕްރޮސީޖާއެއް އަދިވެސް ކުރިއަށް އެބައޮތް ކަމަށެވެ. ސާޖަރީތައް ކުރަނީ ސްޕެޝަލިސްޓް ޓީމަކުންނެވެ.

ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން "އަދަދު"އަށް ރޭ ވާހަކަ ދެއްކެވި މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވެފައި ވަނީ ބޭރުފުށުން ލިބިވަޑައިގެންނެވި ޒަހަމްތައް ގިނަ ކަމަށާއި ފަރުވާ ދެމުން އަންނަނީ ހޭނައްތައިގެންނެވެ. އެމަނިކުފާނުގެ އެއް އަތަށް ފުން ޒަހަމެއް ލިބިފައިވާ ކަމަށް ވެ އެވެ.

ސާޖަރީތަކަށް ހޭނެއްތުމުގެ ކުރިން އެމަނިކުފާނު ހަރަކާތް ކުރައްވައި ވާހަކަދެއްކެވި ކަމަށް ވެ އެވެ.

ނަޝީދަށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށް ނީލޯފަރުމަގުގައި، ސައިކަލްގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ސައިކަލް ހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީ މަގާ ވީ ކަންމަތީގަ އެވެ.

ބާރު ގަދަ އެ ގޮއްވާލުމުގައި ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ތިން ސިފައިންނާއި އާއްމު މީހެއްގެ އިތުރުން ބިދޭސީއަކަށެވެ.

މި ހަމަލާ ސީރިއަސްކޮށް ތަހުގީގު ކުރަން ފަށައި، މާލެ ތެރޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox