ނަޝީދަށް ހަމަލާދޭން "ހައި އެކްސްޕްލޯސިވް" ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ: ތަޖުރިބާކާރެއް

ނަޝީދަށް ހަމަލާދޭން "ހައި އެކްސްޕްލޯސިވް" ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ: ތަޖުރިބާކާރެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުން ހަނިކަމުން އެމަނިކުފާނުގެ ކާރުކޮޅެއް ނުވެއްދެ އެވެ. އެހެންވެ އާއްމުކޮށް ކާރުކޮޅަށް އަރާވަޑައިގަންނަވަނީ ސެކިއުރިޓީންނާ އެކު އެ މަގުން ހިންގަވާފައި ވަޑައިގެން ނީލޯފަރުހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތިންނެވެ.

ކުރުނބާ މޯލްޑިވްސްގައި އޮތް ބައްދަލުވުމަކަށް ވަޑައިގަތުމަށް މިރޭ ގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވިތަނާ ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ގެއްލުންދީފަ އެވެ. ސީރިއަސް ޒަހަމެއް ނެތް ނަމަވެސް ބޭރުފުށުން ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ހޭނައްތައިގެން އަންނަނީ ސާޖަރީއެއް ކުރަމުންނެވެ. އެކުގައި ތިއްބެވި ތިން ބޮޑީގާޑުންނަށް ވެސް އަނިޔާވި އެވެ.

ފުލުހުން ބުނީ ބާރުގަދަ އެ ގޮއްވާލުމުގައި ޖުމްލަ ފަސް މީހަކަށް އަނިޔާވި ކަމަށެވެ. ސައިކަލުގެ މަޑި ވެސް ދުރަށް ވިއްސައިގެން ގޮސްފައިވާ އިރު ފިހާރަތަކުގެ ބިއްލޫރި ތެޅި، އެ ގޮވުމުގެ އަސަރުން މަގަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

Advertisement

ނީލޯފަރުހިނގުމާއި މަޖީދީ މަގު ކަންމަތީގައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލައި ނަޝީދުގެ ހަށިކޮޅަށް ގެއްލުންދިނުން ސިފައިންގެ ކުރީގެ އޮފިސަރަކު ސިފަކުރެއްވި ގޮތުގައި އެ "ހަމަލާ ދިނީ ދުރާލައި ވަރަށް ބޮޑަށް ޕްލޭންކޮށްގެން" ކަމަށް ބެލެވެ އެވެ. ސިފައިންގެ ހިދުމަތުގައި ހުންނެވިއިރު ކުރެއްވުނު އެފަދަ ތަޖުރިބާތަކާއި މިރޭގެ ހާދިސާ އޭނާ އަށް ފެނުނު ގޮތް އެކްސްޕާޓް "އަދަދު" އަށް ކިޔައިދެއްވަމުން ވިދާޅުވީ ނަޝީދު ނުކުމެވަޑައިގެން ކާރުކޮޅަށް އަރާ ހިސާބުގައި ސައިކަލެއް ބަހައްޓައިގެން ގޮއްވާލީ ވަރަށް ބޮޑަށް ލޮކޭޝަން ބަލައިގެން ކަމަށެވެ.

"ބޮޑަށް ލަފާކުރެވެނީ ރިމޯޓް އޮޕަރޭޓްކޮށް ނޫނީ މޮބައިލް ފޯނެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ދުރުގައި ހުރެގެން ސީދާ އެ ލޮކޭޝަން ހަމަލާ ދިން މީހާއަށް ފެންނަ ގޮތަށް ހުރެ ރައީސް ނަޝީދު އެ ހިސާބަށް އަރާ ހަމަވި ގަޑިއަށް އޭތި އޮޕަރޭޓް ކޮށްފައި އިން ކަމަށް،" އޭނާ ވިދާޅުވި އެވެ.

"އެކަން ކުރި މީހާއަށް ވަރަށް ރަނގަޅަށް ލޮކޭޝަން އާއި ހުރިހާ ތަނެއް އެނގޭ."

އޭނާ ވިދާޅުވި ގޮތުގައި ގޮއްވާލަން ތައްޔާރުކުރި ސައިކަލް ބަހައްޓާފައި ހުރީ އޭތި ގޮއްވާލުމުން ނަޝީދަށް އެންމެ ބޮޑަށް އަނިޔާވާނެ ދިމާ ބަލައިފަ އެވެ.

ޕްލާންޓްކޮށްފައި އިން އެއްޗާ ރައީސް ނަޝީދު އަރާ ހަމަވި ވަގުތު އެ އިނީ ގޮއްވާލާފައި. ވަަރަށް ކައިރިން ބަރާބަރަށް ހުރިހާ މަންޒަރުތަކެއް ފެންނަ ހިސާބުން ގޮއްވާލި ކަމަށް ބެލެވެނީ.

އޭނާ ލަފާކުރައްވާ ގޮތުގައި ގޮއްވާލީ ރިމޯޓުން އޮޕަރޭޓް ކުރާ ޑިވައިސް އެކެވެ. އެ ގޮވުމާއެކު އެ ސަރަހައްދަށް ކޮށްފައިވާ ގެއްލުންތަކަށް ބަލާއިރު އެއީ "ހައި އެކްސްޕްލޯސިވް" ކަހަލަ އެއްޗެއް ބޭނުންކޮށްގެން ކަމަށް ވިދާޅުވި އެވެ. އޭތި ގޮއްވާލަން ބޭނުންކުރަނީ ޑިޓޮނޭޓަރު ކަމަށް ވިދާޅުވި އެވެ. އޭގެތެރެއަށް، އިންޖަރީކުރަން މޮހޮރު ފަދަ އެއްޗެހި އަޅާފައި ހުރި ނަމަ އެ ސަރަހައްދުން ފެންނަން ހުރެދާނެ ކަަމަށް އޭނާ ލަފާކުރައްވަ އެވެ.

ބާރުގަދަ އެ ގޮވުމާ އެކު ފިހާރައިގެ ބިއްލޫރިތައް ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ.

އެކްސްޕާޓް ވިދާޅުވީ އެ ގެއްލުންތަކަށް ބަލާއިރު ބެލެވެނީ "މިލިޓަރީ އެކްސްޕްލޯސިވްއެއް" ބޭނުންކޮށްގެން ގޮއްވާލާފައިވާ ކަމަށެވެ.

އޭނާ މިގޮތަށް ލަފާކުރެއްވި ނަމަވެސް މިކަން ހިނގި ގޮތް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ތަހުގީގަށް ރާއްޖެ އިން ބޭރުގެ މާހިރުންގެ އެހީ ހޯދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox