ޖަލުގައި މައުމޫން ސިއްހީ ފަރުވާއިން މަހްރޫމްކުރި ކަމަށް 3 އަހަރު ފަހުން ނިންމައިފި

ކުރީގެ ރައީސް މައުމޫން: އެމަނިކުފާނު ސިއްހީ ފަރުވާ އިން މަހްރޫމްކުރި މައްސަލަ ތިން އަހަރު ފަހުން އެޗްއާރުސީއެމުން ވަނީ ނިންމާފައި.

ކުރީގެ ރައީސް މައުމޫން: އެމަނިކުފާނު ސިއްހީ ފަރުވާ އިން މަހްރޫމްކުރި މައްސަލަ ތިން އަހަރު ފަހުން އެޗްއާރުސީއެމުން ވަނީ ނިންމާފައި.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރިއިރު އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު ގެއްލުނު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ތިން އަހަރު ފަހުން ނިންމައިފި އެވެ.

ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މައުމޫން ހައްޔަރުކޮށް ޖަލަށް ލީ އިދިކޮޅު ފަރާތްތަކާ އެކު ވެރިކަން ވައްޓާލަން ރޭވި ކަމުގެ ތުހުމަތަށެވެ.

ޖަލު ބަލަހައްޓާ ކަރެކްޝަންސްއާ ދެކޮޅަށް މައުމޫންގެ ފަރާތްޕުޅުން ޖޫން 26، 2018 ގައި ހުށަހެޅި މައްސަލަ ބަލައި ސާބިތުވާ ކަމަށް ނިންމީ މިދިޔަ މަހުގެ 23ގަ އެވެ. މިކަން މައުމޫންގެ ވަކީލުންނަށް އެޗްއާރުސީއެމުން ވަނީ އަންގައިފަ އެވެ.

Advertisement

ޖަލުގައި ބަންދުކޮށް ބޭސްފަރުވާގެ ހައްގުން މަައުމޫން މަހްރޫމްކުރި ކަން ކަރެކްޝަންގެ މައްޗަށް ސާބިތުވިޔަސް އެ މައްސަލައިގައި އެޗްއާރުސީއެމުން އަމަލުކުރާނެ ގޮތެއް އަންގައިފައެއް ނުވެ އެވެ.

އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅީ މައުމޫންގެ އުމުރުފުޅާއި ސިއްހީ ހާލަތަށް ރިއާޔަތްކޮށް އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ހާލަތެއް ކުރިިމަތިވުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި ކަމާގުޅުން ހުރި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކޮށް ދޫނިދޫ ކަސްޓޯޑިއަލުން މާފުށީ ޖަލަށް ބަދަލުކުރުމުންނެވެ.

މި މައްސަލަ އެޗްއާރުސީއެމުން ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ މައުމޫނަށް އޭރު ކުރިމަތިވެވަޑައިގަތް ސިއްހީ ހާލަތަކީ ރިސްކު ހިމެނިގެންވާ ހާލަތެއް ކަަމަށެވެ. ވީހާވެސް ގާތުން މޮނިޓަކުރަން އެކި ފަހަރުމަތިން ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ވެސް ރިޕޯޓުގައި އޮތެވެ.

މައުމޫނަށް ކުރިމަތިވެފައިވާ ހާލަތަކީ ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ ފަދަ އަދި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބެންޖެހޭ ފަދަ ހާލަތެއް ކަމަށާއި އެ ހާލަތުގައި ކަނޑުދަތުރުކުރުމަކީ ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަން ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައިވެ އެވެ.

ކޮމިޝަނުން ބުނީ ޖަލުގައި ފަރުވާ ނުދެވޭނެ މީހުންނަށް ޖަލުން ބޭރުގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ގާނޫނުތަކާއި ގާނޫނުއަސާސީ އާއި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް މައުމޫނަށް ސިއްހީ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަން މައްސަލައިގައި ހުށަހެޅި ލިއުންތަކުންސާބިތުވާ ކަނޑައަޅައި މައްސަލަ ނިންމީ ކަމަށެވެ.

މައުމޫން ޖަލަށް ލީ ސިޔާސީ ކަންކަން ހަލަބޮލިވެ އޭރުގެ އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގެން މައުމޫން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. ކޮއްކޯފުޅު ޔާމީންގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ގެންދިޔަ ބައެއް ކަންކަމާ ފާޅުގައި ދެކޮޅަށް މައުމޫން އަޑު އުފުއްލެވި އެވެ. މި މައްސަލައިގައި އެމަނިކުފާނު ޕީޕީއެމްގެ ރައީސްގެ މަގާމުން ވެސް ވަކިކުރީ އެވެ.

މައުމޫން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ޖަލަށް ލީ ނުހައްގުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox