ރާއްޖޭން ވެކްސިން ޓޫރިޒަމް ތައާރަފު ކުރާތީ ސުވާލު އުފައްދަނީ

މާލޭގައި މީހަކަށް ކޮވިޑް ވެކްސިން ޖަހަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގައި މީހަކަށް ކޮވިޑް ވެކްސިން ޖަހަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭން ވަރަށް އަވަހަށް ވެކްސިން ޓޫރިޒަމް ތައާރަފް ކުރާނެކަމަށް ސަރުކާރުން ދާދި ފަހުން އިއުލާނުކޮށްފައިވާއިރު، އެފަދަ ކެމްޕޭނަކަށް ބޭނުންވާ މިންވަރަށް ވެކްސިން ސަޕްލައި ކަށަވަރުކުރާނެ ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

"ވިސިޓް، ވެކްސިނޭޓް، ވެކޭޝަން" (ތްރީ ވީ) ޝިއާރުގެ ދަށުން ހުޅުވާލަނީ، ރާއްޖެ އައިސް ވެކްސިން ޖަހައިގެން ޗުއްޓީ ހޭދަކުރަން މަޑުކުރުމެވެ.

އަދި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މިހާރަށް ވުރެ ބޮޑަށް އިޝްތިހާރުކުރުމެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސީއެންބީސީ އިންޓަނޭޝަނަލް އަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދާދި ފަހުން ވިދާޅުވީ ކައިރި މުސްތަގުބަލުގައި ރާއްޖެ ވެކްސިން ޓޫރިޒަމަށް ހުޅުވާލާނެ ކަމަށެވެ.

"ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގައި ދިރިއުޅޭ އާބާދީއަށް ރައްކާތެރިކަން ފޯރުކޮށްދޭން. ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް އެންމެނަށް ވެކްސިން ޖަހަމުން ދަނީ. އެކަން ނިމުމުން ފަށާނެ،" އެ ކެމްޕޭނު ފަށާނެ ތާރީހަކާ ގުޅޭގޮތުން ޑރ. މައުސޫމް ވިދާޅުވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ބައެއް ބޭރު މީޑިއާތަކުން އަންނަނީ އެ ކެމްޕޭނާ މެދު ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީއަށް ސުވާލުތައް އަމާޒުކުރަމުންނެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ވެކްސިން އިންޑިއާ އިން ހިލޭ ފޯރުކޮށްދީފައިވާއިރު، އެ ގައުމުގެ މީޑިއާތަކުން އެ ކެމްޕޭނަށް ރާއްޖޭން ވެކްސިން ހޯދާނެ ގޮތަކާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރާއްޖެއަށް މިހާތަނަށް ކަށަވަރުވެފައިވާ ވެކްސިން ސަޕްލައިއަށް ބަލާއިރު ތިން ވައްތަރެއްގެ ވެކްސިންގެ ޖުމްލަ 427،840 ޑޯޒް ރާއްޖެއަށް ލިބިފައި ވެއެވެ. މީގެ ތެރެއިން ސީރަމް އިންސްޓިޓިއުޓުން ގަތް އެއް ލައްކަ ޑޯޒް ފިޔަވައި ބާކީ އެއީ ރާއްޖެއަށް އެކި ގޮތްގޮތުން ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ވެކްސިނެވެ.

މީގެ އިތުރުން ރާއްޖެއިން ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ތިން ލައްކަ ޑޯޒް ގަތުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި ސަޕްލައި ލިބުމުން ރާއްޖޭގެ ޖުމްލަ ވެކްސިން ޑޯޒްތަކުގެ އަދަދު ގާތްގަނޑަކަށް 1.5 މިލިއަނަށް އަރާނެ އެވެ.

ނަމަވެސް، ގިނަ ގައުމުތަކުގައި ވެކްސިން ލިބުމުގެ ދަތިކަން ދަނީ ފޯރަމުންނެވެ. ޔޫރަޕުގެ މުޅި އާބާދީއަށް ބަލާއިރު، އަދި ފުރަތަމަ ޑޯޒް ދެވިފައިވަނީ އެންމެ 10 ޕަސަންޓަށެވެ. ފަގީރު ބައެއް ގައުމުތަކުގައި ވެކްސިން އެއްވެސް ވަރަކަށް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

މުޅި ދުނިޔޭގައި ވެސް ވެކްސިން އުފެއްދުމުގެ ގާބިލުކަން އެންމެ ބޮޑު އިންޑިއާގައި ވެސް ކޮވިޑު ވެކްސިންގެ ދަތިކަން ވަނީ ފޯރައިފަ އެވެ. ކޮވިޑުގެ ދެވަނަ ރާޅަކާއެކު އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، ވެކްސިން އުފައްދާ މިންވަރަށް ދަނީ އޭގެ ނޭދެވޭ އަސަރުތައް ކުރަމުންނެވެ.

އެގޮތުން، މިހާރު ވެސް އިންޑިއާގެ ފަސް ސްޓޭޓަކުން ވެކްސިން ހުސްވެގެން، މައި ސަރުކާރުގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.

ff
ff

ކ. ތުލުސްދޫގައި ފަތުރުވެރިންތަކެއް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވެކްސިން ޓޫރިޒަމް ކެމްޕޭނާ ގުޅޭގޮތުން ހާއްސަކޮށް އިންޑިއާގެ ނޫސްވެރިންގެ ކަންބޮޑުވުން ގުޅެނީ ވެކްސިންގެ ދަތިކަމާ އެވެ.

އިންޑިއާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ރާއްޖެއަށް ހިލޭ ވެކްސިން ފޯރުކޮށްދީފައިވަނީ ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް ކަމެވެ.

ނަމަވެސް، ވިޔަފާރި އުސޫލުން ބޭރު މީހުންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށަން ތައްޔާރުވުމަކީ ކަންބޮޑުވުމެކެވެ.

ރާއްޖޭގެ ވެކްސިން ސަޕްލައި ޔަގީން

ނަމަވެސް، ޑރ. މައުސޫމްގެ ވިސްނުން ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި، ވެކްސިން ޓޫރިޒަމް ފަށާނީ ވެސް ރާއްޖޭގެ އާބާދީއަށް ވެކްސިން ދީ ނިންމައިފަ އެވެ. އަދި ވެކްސިން ޓޫރިޒަމުގައި ހިލޭ ލިބިފައިވާ ވެކްސިން ބޭނުން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ސަޕްލައި މިހާރުވެސް ކަށަވަރު ކުރެވިފައިވާއިރު، އާބާދީގެ ސައިޒަށް ބަލާއިރު ސަޕްލައި މައްސަލަ ނުކުމެދާނެކަމަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ސަޕްލައިއަކީ މައްސަލައަކަށް ވެދާނެ ކަމަކަށް ނުދެކެން. އެކުވެރި ގައުމުތަކާ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީއާ އެކު ސަޕްލައިގެ މައްސަލަ ދިމައެއް ނުވާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox