ލާމަރުކަޒީ ނިޒާމާ މެދު އިތުބާރު އުފައްދާނަން: އަފްޝަން

ލާމަރުކަޒީ ނިޒާމާއި ގުޅޭ 101 ސުވާލާއި ޖަވާބު ފޮތް މެމްބަރު އަލީ ނިޔާޒާއި އަފްޝަން މިއަދު ނެރެދެއްވަނީ.  -- ފޮޓޯ : އެލްޖީއޭ

ލާމަރުކަޒީ ނިޒާމާއި ގުޅޭ 101 ސުވާލާއި ޖަވާބު ފޮތް މެމްބަރު އަލީ ނިޔާޒާއި އަފްޝަން މިއަދު ނެރެދެއްވަނީ. -- ފޮޓޯ : އެލްޖީއޭ

ލާމަރުކަޒީ ނިޒާމާ މެދު ހޭލުންތެރިކޮށް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އުފައްދަން ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ، އެލްޖީއޭ އިން ލާމަރުކަޒީ ނިޒާމާ ގުޅޭ 101 ސުވާލާއި ޖަވާބު ހިމެނޭ ފޮތެއް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ޔަގީންކަން ދެއްވީ އަލަށް އިންތިހާބުވި ހުރިހާ ކައުންސިލްތަކަކަށް ވެސް އެލްޖީއޭއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އޭނާ އެދިވަޑައިގަތީ ގާނޫނުން ބޮޑެތި ބާރުތަކެއް ކައުންސިލްތަށް މިފަހަރު ދީފައިވާތީއާ އެކު ކައުންސިލަރުން ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށްދެއްވުމަށެވެ.

އަފްޝަން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެ ތައާރަފްކުރި ފަހުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެތައް ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށެވެ. އުއްމީދުތަކަކާ އެކު މަސައްކަތް ފެށި ނަމަވެސް އެކި ގޮންޖެހުންތައް ކުރިމަތިވެ ލާމަރުކަޒީ ނިޒާމް ހީނަރުވި ކަމަށް ވިދާޅުވި އެވެ.

އެކަމަކު މި ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ލާމަރުކަޒީ ނިޒާމުން އަނެއްކާވެސް އުއްމީދީ މަންޒަރެއް ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމް ހަރުދަނާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮށްދެއްވާ މަސައްކަތަށް އަފްޝަން ޝުކުރު އަދާކުރެއްވި އެވެ.

"އެލްޖީއޭ އިން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މި ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން އިތުރުކުރުން. މި ނިޒާމާ މެދު ހޭލުންތެރިކަން އިތުރުކުރަން އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ރޭވިފައި ހުރިކަން އުފަލާ އެކު ފާހަގަކުރަން،" އަފްޝަން ވިދާޅުވި އެވެ.

ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާ އެކު މިފަހަރު ކައުންސިލްތަކުގައި އަންހެނުންގެ ހިއްސާ ބޮޑު ކަން އަފްޝަން ފާހަގަކުރެއްވި އެވެ.

އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުވާ އިލްމީގޮތުންނާއި، ފަންނީގޮތުން އަދި ސިޔާސީގޮތުން ގާބިލް ބަޔަކަށް ހެދުމުގެ އަޒުމުގައި އެލްޖީއޭ އިން ވަނީ މިދިޔަ މަހު ކިޔެވެނި ޕޯޓަލް ތައާރަފް ކޮށްފަ އެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ފޮތުގައި ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި ކައުންސިލްތަކާއި އެ ކައުންސިލްތަކަށް އިންތިހާބުކުރެވޭ ކައުންސިލަރުންނާއި އަދި މިނިޒާމާއި ރައްޔިތުންނާ ހުރި ގުޅުމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް ހިމެނެ އެވެ.

މި ފޮތް ނެރެދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން އެލްޖީއޭ ލޭބަލްކުރެވިފައި އޮންނަނީ ކައުންސިލްތައް ހަމައެކަނި ސަސްޕެންޑްކޮށް އަދަބު ދިނުމަށެވެ. އެކަމަކު އެކަން ބަދަލުވެފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ހިންގަން އޭރެއްގައި އޮންނަ ސަރުކާރުން ހުރަސްތައް ކުރިމަތިކުރުވިޔަސް މި ސަރުކާރުގެ ވިސްނުމަކީ ބާރުތައް ދީ ކައުންސިލްތައް މިނިވަންކަމާ އެކު ހިންގަން ޖާގަ ދިނުން ކަަމަށެވެ.

"މި ނިޒާމުން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ގެންނަން ޖެހޭ ކޮންމެ އިސްލާހެއް، ކޮންމެ ބަދަލެއް އިރާދަކުރެއްވިޔާ ގެންނާނަން،" ނިޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox