ހިދުމަތްތެރި މުދައްރިސް ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ނާއިލާ (މ) އަދި އޭނާ ނެރުއްވި "ޒީނާރު" ފޮތުގެ ކުރީގެ އަދަދަކާއި ފަހުގެ އަދަދިގެ ފޮޓޯއެއް. -އަދަދު އާޓްވޯކް: ހުސެއިން ވަހީދު

ނާއިލާ (މ) އަދި އޭނާ ނެރުއްވި "ޒީނާރު" ފޮތުގެ ކުރީގެ އަދަދަކާއި ފަހުގެ އަދަދިގެ ފޮޓޯއެއް. -އަދަދު އާޓްވޯކް: ހުސެއިން ވަހީދު

އަމީނިއްޔާ ސްކޫލުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު އިނގިރޭސި އާއި ހިސްޓްރީ މާއްދާ ކިޔަވައިދެއްވި ހިދުމަތްތެރި މުދައްރިސް ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެ އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި "ހަވީރު" ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން، ނާއިލާ އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަހު އުޅުއްވުމަށް ފަހު މިއަދު މާލޭގަ އެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީ.އައި.ކޭ) ގެ ދޮށީ ދަރިކަނބަލުން ނާއިލާ އާއި ޑރ. ޒާހިރު އަށް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ "މިހާރު" ނޫހުގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސެއިން އާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ ޒާހިރު ހުސެއިނާއި މީރާގެ އިސް މަގާމެއް ފުރުއްވާ ލީނާ ޒާހިރު ހުސެއިނެވެ.

ނާއިލާ، 72، އަކީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްއަތު އިބްރާހިމް ކަލޭފާނުގެ ދައްތާފުޅެވެ.

ސްރީ ލަންކާ އާއި ނިއުޒީލެންޑުން ތައުލީމު ހާސިލްކުރެއްވުމަށް ފަހު ނާއިލާ އަމީނިއްޔާ ސްކޫލާ ގުޅިވަޑައިގަތީ 1972 ވަނަ އަހަރެވެ. އޭނާ ހިމެނިވަޑައިގަތީ، ސްރީ ލަންކާގެ މުދައްރިސުން އޭރު ގިނަ އަދަކަށް ތިބި އަމީނިއްޔާގެ އެންމެ ފުރަތަމަ އެއް ޕްރޮފެޝަނަލް ދިވެހި މުދައްރިސަށެވެ.

ނާއިލާގެ ދަރިވަރު ޑރ. އާމާލް އަލީ "އަދަދު" އަށް ވިދާޅުވި ގޮތުގައި ނާއިލާ ކިޔަވައިގެން ރާއްޖެ ވަޑައިގަތުމާ ހަަމަޔަށް، އެގޮތަށް ހާއްސަ ދިވެހި މުދައްރިސަކު ފާހަގަކުރެވިފައި ނެތް ކަމަށާއި އެހެންކަމުން އެކަމަނާ އެކު ކުރެއްވުނީ ތަފާތު އިހުސާސެއް ކަމަށެވެ.

"އޭރު ގިނައީ ސިލޯނު ޓީޗަރުން، އެހެންވެ ނާއިލާ މިސް ކިޔަވައިދެއްވަން ފެއްޓެވުމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ރިލޭޓްކުރެވުނު ދިވެއްސަކަށް ވީމާ. ނާއިލާ މިސް ވެގެންދިޔައީ އަޅުގަނޑުމެން ވަރަށް ގަޔާވާ މުދައްރިސަކަށް. ވަރަށް ޝައުގުވެރިކޮށް، އެހާމެ މަޖާކޮށް ކިޔަވައިދެއްވީ. ދަރިވަރަކަށް ގޯހެއް ހެދުނަސް ރުޅި ނުދުރުވެ، ނަސޭހަތް ދެއްވި މުދައްރިސެއް އެއީ،" ފަހުން މުދައްރިއްސެއްގެ ގޮތުން ނާއިލާއާ އެކު އަމީނިއްޔާގައި މަސައްކަތްކުރެއްވި އާމާލް ވިދާޅުވި އެވެ.

ނާއިލާގެ ދަރިވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފޭސްބުކުގައި ލިޔުއްވި ގޮތުގައި މި ހިތާވެރި ހަބަރާ އެކު، ބަސްހުއްޓިފައިވާ ކަމަށެވެ. އެކަމަނާ ވަނީ ނާއިލާގެ އަރިހަށް 2019 ވަނަ އަހަރު ހ. ނީލްވިލާ އަށް ކުރެއްވި ޒިޔާރަތެއްގެ ފޮޓޯތަކެއް ފޭސްބުކުގައި ހިއްސާކުރައްވައިފަ އެވެ،

ނާއިލާގެ ދަރިވަރު، އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ފޭސްބުކުގައި ލިޔުއްވި ގޮތުގައި ނާއިލާ އަކީ އޭނާ އަށް ކިޔަވައިދެއްވި އެންމެ އާދަޔާހިލާފު ވިސްނުންތެރި އެއް މުދައްރިސް ކަމަށެވެ.

"އޭނާގެ ފިލާވަޅުތައް ފުރުނީ ހަމައެކަނި މައުލޫމާތަކުން ނޫނެވެ. އެއީ މުނިފޫހިފިލުވައިދިން މަޖާ ފިލާވަޅުތަކެއް ވެސް މެ އެވެ،" ފަރަހަނާޒް ލިޔުއްވި އެވެ.

ނާއިލާ އަކީ، ކިޔަވައިދެއްވުމަށްގައި ކުދިން ގަޔާވާނެ ފަދަ ތަފާތު ހަރަކާތްތައް ރޭއްވެވި އަދި ކުދިންގެ ހިތުގައި ފޮތް ކިޔުމަށް ލޯބި އާލާކުރެއްވި މުދައްރިއްސެކެވެ. އެކަމަނާގެ "އައިލެންޑް ލައިބްރަރީ" އަށް ކުދިން ގެންދަވައި ފޮތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވި އެވެ.

ނާއިލާ ވަނީ ނެޝަނަލް ޕްލޭނިން އެޖެންސީގެ ދަށުން 1980 ވަނަ އަހަރު އުފެއްދި އަންހެނުން ކުރިއަރުވާ ކޮމިޓީގެ ރައީސްކަން ކުރައްވައިފަ އެވެ. މީގެ އިތުރުން އެކަމަނާ އަކީ ސިއްހަތާއި އިޖްތިމާއީ މައްސަލަތަކަށް ހާއްސަކޮށް އުފެއްދި އެންޖީއޯ، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) މުއައްސިސެކެވެ.

ނާއިލާ ކެއްކުމުގައި ވެސް ފާހަގަކޮށްލެވޭ، އަދި އެ ރޮނގުން ފޮތް ލިޔުއްވި ބޭފުޅެއް ވެސް މެ އެވެ. "ޒީނާރު" ގެ ނަމުގައި ނާއިލާ ލިޔުއްވި ކައްކާ ފޮތް މާލޭގައި ވަރަށް ބޮޑަށް ހިނގި އެވެ. އެ ފޮތް 2002 ގެ ނިޔަލަށް ހަތް ފަހަރު ޗާޕުކުރި ކޮންމެ ފަހަރަކު ވެސް އަތުފަތު ނުޖެހި ވިކި ހުސްވީ އެވެ.

"ނާއިލާ އިބްރާހިމް ކަލޭފާނުގެ ވާހަކައާ ޖެހިގެން ދެން އަންނާނީ "ޒީނާރު"ގެ ވާހަކަ އެވެ. ބަދިގެތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން، މި އޭފޯ ސައިޒްގެ ކައްކާ ފޮތުން ކައްކަން ދަސްކުރީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. އެކަމަކު އެނގޭހާ ވެސް އެއްޗަކީ، 30 އަހަރު ވެގެން ދިޔައިރު މިއަދާ ހަމައަށް އައިއިރު ވެސް، އެ ފޮތް ބާވުމެއް ނެތި، ޗާޕް މެޝިނުގައި އަދިވެސް އެނބުރެމުން ދާ ކަމެވެ،" އެ ފޮތާ ގުޅޭ ތައާރަފެއްގެ ގޮތުގައި "ދޯ" މަޖައްލާގައި ލިޔެފައިވެ އެވެ.

ނާއިލާގެ ފިރިކަލުން ޑރ. ޒާހިރު ހިންގެވި "ހަވީރު" ނޫހުގެ ކުރީގެ އެޑިޓަރު މޫސާ ލަތީފު ލިޔުއްވާފައިވާ ގޮތުގައި ކެއްކުމަކީ އާޓެއް ނަމަ ނާއިލާ އަކީ އެ އާޓްގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި ކެއްކުމަކީ ފަސޭހަ ކަމެއް ނަމަ، ނާއިލާ އަކީ އެކަން ދަސްކޮށްދޭން އެންމެ ރަނގަޅު މުދައްރިސް ކަމަށް މޫސަ ލިޔުއްވާފައިވެ އެވެ.

"އެހެންކަމުން، ރައްޓެހިންގެ އެދުމުގެ މަތިން ނަމަވެސް، ނުވަތަ އެނގިވަޑައިގެންނެވި ރަހަތަކެއް ދިވެހިންނަށް ދޫކޮށްލެއްވުމުގެ މަގުސަދުގައި ނަމަވެސް "ޒީނާރު" ނެރުމަކީ އޭނާ ކޮށްދެއްވި ވަރަށް ބޮޑު ހިދުމަތެކެވެ. އެ ފޮތުގެ ބޭނުން ހިފައިގެން އެތައް ބަޔަކު ކައްކަން ދަސްކުރި އެވެ،" މޫސަ ލިޔުއްވާފައިވެ އެވެ.

އަމީނިއްޔާ އިން ރިޓަޔާކުރެއްވުމަށް ފަހު ގިޔާސުއްދީން ސްކޫލުގައި ވެސް ކިޔަވައިދެއްވި ނާއިލާ އަކީ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން އުޅުއްވި ބޭފުޅެއް ނޫނެވެ. އެކަމަނާގެ ފޮޓޯއެއް ވެސް މި ޖީލުގެ ދިވެހިންނަށް ފެނިފައި ނުވާނެ އެވެ. އެކަމަކު މުދައްރިސެއްގެ ގޮތުގައި ބިނާކުރެއްވި ތައުލީމީ ޖީލާއި ދިވެހި ބަދިގެތަކަށް ދެއްވި ޒީނާރުގެ ހަދިޔާއާ އެކު، ނާއިލާގެ ހަނދާންތައް ދިރިދިރި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox