ބާތިލު ވޯޓުތައް އަލުން ގުނައިދޭން އެދިއްޖެ

ނިމިދިޔަ އިންތިހާބުގައި މީހަކު ވޯޓުލަނީ: ބާތިލު ވޯޓު އަލުން ގުނައިދޭން އިދިކޮޅުން އެދޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ނިމިދިޔަ އިންތިހާބުގައި މީހަކު ވޯޓުލަނީ: ބާތިލު ވޯޓު އަލުން ގުނައިދޭން އިދިކޮޅުން އެދޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓުތައް އާދަޔާ ހިލާފަށް ގިނަ ވެފައިވާތީ އެ ވޯޓްތައް އަލުން ގުނުމަށް އިދިކޮޅު ކޯލިޝަނުން، އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ބައެއް ފޮށިތަކުން 500 އާއި 1،000އާ ދެމެދުގެ އަދަދަކަށް ވޯޓު ބާތިލު ކަމަށް ނިންމާފައިވާ ކަމަށެވެ.

"މިފަދަ ބާތިލް ވޯޓު ހުރި ދިމާދިމާ އަލުން ރީ ކައުންޓްކޮށް އަލުން ރީޗެކް ކުރުމަށް ގޮވާލަން. މި ނަތީޖާތައް ސައްހަ ނަތީޖާތަކެއްތޯ އަޅުގަނޑުމެން ބަލަން ބޭނުންވޭ،" ހީނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް މިހާ ބާތިލު ވޯޓް ގިނަ ވެއްޖެ ނަމަ މިއީ އެ ދާއިރާއެއްގެ ރައްޔިތުން ވެސް ނުވަތަ ފަރުދީ ގޮތުން ވެސް ބަލަން ޖެހޭނެ ކަމެއް ކަންނޭނގެ."

ގިނަ ވޯޓުތަކެއް ބާތިލުވެފައިވާއިރު އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިތަކަށް ވަކި މެމްބަރުން އިންތިހާބު ކުރުމާއި ކައުންސިލްގެ ރައީސް ވަކިން ހޮވުން ފަދަ ކުރިއާ ތަފާތު ބަދަލުތަކެއް މިފަހަރުގެ ވޯޓު ކަރުދާހުގައި ހިމެނެ އެވެ.

ވޯޓްގެ ނަތީޖާ ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ހީނާ ވަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރުމަށް ގޮވާލައިފަ އެވެ. ވޯޓުގެ ނަތީޖާ ބަދަލު ކުރުމަށް ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވާނަމަ އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލްގެ ބައެއް ގޮނޑިތައް ވެސް ނުފޫޒު ބޭނުންކޮށްގެން ކަޓުވާލުމަށް ސަރުކާރުން އެބަ މަސައްކަތް ކުރޭ،" ހީނާ ވިދާޅުވި އެވެ.

ކުދިކުދި ތަފާތުން އިދިކޮޅުން ކާމިޔާބު ކޮށްފައި ހުރި ދާއިރާތައް ސަރުކާރާ އެއްކޮޅަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ހީނާ ތުހުމަތު ކުރި އެވެ. އެފަދަ ކަންކަން ފާހަގަވާތީ އެ މައްސަލަތައް ބަލަމުން ދާ ކަމަށް ވިދާޅުވި އެވެ.

ބައެއް ފޮށިތަކުގެ ނަތީޖާ އަލުން ގުނައި ދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ. އިދިކޮޅުން ތުހުމަތު ކުރަނީ އެއީ ވޯޓު އޮޅުވާލަން ކުރާ ކަމެއް ކަމަށެވެ. އީސީން މިއަދު ބުނީ އެއްވެސް ފޮއްޓެއްގެ ވޯޓު އަލުން ގުނަން ނުނިންމާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox