ޕީއެންއެފްގެ ތުހުމަތުތައް އީސީން ދޮގުކޮށްފި

އިލެކްޝަންސް ކޮމިޝަން: އެ ކޮމިޝަނުން ވަނީ ޕީއެންއެފްގެ ތުހުމަތުތައް ދޮގުކޮށްފައި -- ފޮޓޯ: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަން: އެ ކޮމިޝަނުން ވަނީ ޕީއެންއެފްގެ ތުހުމަތުތައް ދޮގުކޮށްފައި -- ފޮޓޯ: އިލެކްޝަންސް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކޮށް، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދަމުންދާ ކަމަށް ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދޮގުކޮށްފި އެވެ. 

ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާރު ޕާޓީތަކަށް ވަންނަނީ އަދި ވަކިވަނީ އީ-ފާސް މެދުވެރިކޮށް ކަމަށްވާތީ އެކަމުގައި އިލެކްޝަންސް ކޮމިޝަނަށް އަދި އެހެން ޕާޓީއަކަށް ވެސް މަކަރު ނުހެދޭނެ ކަމަށެވެ. 

"ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދު ހިނގާ މުއާމަލާތެއް. މިއީ އިތުރުފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިހްތިޔާރުގެ ތެރެއިން ނިމޭ ނިންމުމެއް. މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ ޕާޓީއަކަށް ބަދަލުކުރުމަކީ މި ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން،" އީސީން ބުންޏެވެ. 

އީސީން ބުނީ ހަގީގަތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ޕީއެންއެފް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

ޕީއެންއެފްއިން 2،500 މެންބަރުން ވަކިކުރި ކަމުގެ ތުހުމަތާއެކު ޝަކީލުގެ މައްސަލަ ފުލުހަށް

ޕީއެންއެފްގެ 2،500 މެންބަރުންނަށް ނޭނގި އަދި ވަޒީފާގެ ބިރުދައްކައިގެން ޕާޓީން ވަކިކޮށްފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ. އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި މެންބަރުންގެ ދަފްތަރު އޮޅުވާލައިގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަމުންދާތީ، އީސީގެ ޑޭޓާބޭސްގެ ފޮރެންސިކް އޮޑިޓެއް ހަދަން ޖެހެއެވެ.

މީގެއިތުރުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި ހުރިހާ އެންމެންވެސް ޒިންމާދާރުކަމާއެކީ ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީން ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފަ އެވެ. 

ޕީއެންއެފް އިން 2،500 އެއްހާ މެންބަރުން ވަކިކޮށްފައިވާކަމުގެ ތުހުމަތާއެކު އީސީގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް އިއްޔެ ހުށަހެޅި އެވެ. 

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕީއެންއެފް އިން ވަކިކުރި 2،500 މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަޒީފާގެ ބިރުދައްކައިގެންނާއި މެންބަރުންނަށް ނޭނގި ވަކިކޮށްފައިވާ ކަމަށެވެ. 

އީސީގެ ޑޭޓާ ބޭސްގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާތީ ޕީއެންއެފް އިން ހުށަހެޅި މައްސަލައިގައި ވަނީ ޑޭޓާ ބޭސްގެ ފޮރެންސިކް އޮޑިޓެއް ހައިދިނުމަށް އެދިފަ އެވެ.  

ޕީއެންސީއަށް ވަގަށް މެންބަރުން ވައްދާފައިވާ ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައިވާއިރު، އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox