ޕީޕީއެމް އުވައިލީ އާންމު މެންބަރުންނަށް ވާނުވާ ނޭނގޭ ގޮތަށް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް

ފެބްރުއަރީ 2، 2023: ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފެބްރުއަރީ 2، 2023: ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި ޕާޓީގެ ގޮތުގައި އޮތް ޕީޕަލް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އުވައިލީ އެ ޕާޓީގެ އާންމު މެންބަރުންނަށް ވާނުވާ ނޭނގޭ ގޮތަށް ކަމަށް ބުނެ މައުލޫމާތުތަކެއް ސާފުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.

އިލެކްޝަންސްއަށް ސިޓީ ފޮނުވާފައި ވަނީ ޕީޕީއެމް އުވައިލުމާ ހަމައަށް ވެސް އެ ޕާޓީގެ ސެނެޓަރެއްގެ މަގާމުގައި ހުންނެވި، އަލީ އާދަމް އެވެ. މިއަދު އޭނާ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޕީޕީއެމްއަކީ ވަރަށް ގިނަ ބަޔަކު ތާއީދުކުރި ލޯބިކުރި ޕާޓީއެއް ކަމަށެވެ. އުވައިލުމާ ހަމައަށް ވެސް ޕީޕީއެމްއަކީ ރާއްޖޭގައި އެންމެ މެންބަރުން ގިނަ އެއް ޕާޓީކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ޕީޕީއެމްގެ ގިނަ މެންބަރުންތަކަކަށް ވާނުވާ ނޭނގޭ ގޮތަށް، އެ ވަގުތު ޕާޓީގެ ލީޑަޝިޕްގައި ތިބި ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި މަކަރުވެރި އަދި، ވަރަށް ހީލަތްތެރި ގޮތަކަށް ޕާޓީގެ އާންމު މެންބަރުންނަށް ނޭނގި، ޕާޓީ އުވައިލުމަށް ނިންމި އެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

Advertisement

"އެކަމުގެ ޝަކުވާތައް އާންމު މެންބަރުންގެ ފަރާތުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު އަޅުގަނޑަށް ލިބެމުންދެ އެވެ."

ޕީޕީއެމް އުވައިލުމާ ބެހޭގޮތުން ހަތްކަމެއް ސާފުކޮށްދިނުމަށް އަލީ ފޮނުވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމް އުވައިލީ ކޮން އަސާސަކުންތޯ އާއި އެ ޕާޓީ އުވައިލުމަށް އީސީން ނިންމިއިރު ބެލި ކަންކަމާއި އެ މަރުހަލާ ފުރިހަމަކުރި އިރު، އަމަލު ކުރި އިޖުރާއަތުތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

އޭގެ އިތުރުން، ޕީޕީއެމްގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކާއި އެ ޕާޓީ އުވައިލިއިރު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި އަދަދާއި ޕީޕީއެމް އުވައިލިއިރު، އީސީއަށް ފޮނުވި ހުރިހާ ލިޔެކިޔުންތަކާއި އެ ޕާޓީ އުވައިލިއިރު އެއްވެސް ދަރަންޏެއް އޮތްތޯ ކަށަވަރުކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

އެ ސިޓީ ނިންމައިލަމުން އަލީ އެދިފައި ވަނީ ރަސްމީ ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި އެ ސުވާލުތަކުގެ ޖަވާބު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox