މާލޭ ރައްޔިތުން ދިން މެސެޖް ބަލައިގަންނަން، އިތުބާރު އަނބުރާ ހޯދޭނެ: ރައީސް

ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ / ރައީސް

ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ / ރައީސް

މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނުދީ މި އިންތިހާބުގައި މާލޭ ރައްޔިތުން ދިން މެސެޖް ބަލައިގަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮނޑިއާ އެކު ކައުންސިލްގެ އަޣުލަބިއްޔަތު މިފަހަރު ދިނީ ޕީޕީއެމަށެވެ. މާލެ ގެއްލުމަކީ އެމްޑީޕީ އަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރިކަން ނަތީޖާ އިން އެނގޭ ކަމަށެވެ. އެކަމަކު ތަފްސީލް އެނގޭނީ ދިރާސާތަކެއް ހެދުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބޯހިޔާވަހިކަން ފާހަގަކުރެއްވިފައިވާ ކަަމަށާއި އެކަމަށް ހައްލު ހޯދަން ޖެހިފައިވާ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީގެއިތުރުން ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް އަސަރުކުރި ކަމަށެވެ. އޭގެތެރޭގައި ރެސްޓޯރަންޓްތަކުގެ ވިޔަފާރިއަށް ހުރަސްއެޅުމާއި ޓެކްސީ ދަތުރުތައް ހުއްޓި އާމްދަނީ ދަށްވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރު އެކަންތައްތައް ކުރަމުން ގެންދިޔައީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި މުޅި ގައުމަށް ފައިދާހުރި ކަމެއްގެ ގޮތުގައި ދެކިގެން. އެހެން ނަމަވެސް އޭގެ [ކޮވިޑުގެ] އިކޮނޮމިކް އިމްޕެކްޓްކުރި ވަރު މި ވޯޓުގައި ފެނިގެން ދިޔަ،" ރައީސް ވިދާޅުވި އެވެ.

"އޭގެ އިތުރުން ކޮރަޕްޝަނާއި ހާއްސަކޮށް އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގުކުރަން ނަގާ ވަގުތު ހޭދަވަމުންދާ ދިއުން އަދި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައި ތިބި މީހުންގެ މައްސަލަތައް ބެލުމުގައި ލަސްވަމުންދާ ދިއުން މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ."

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގައި ތިބީ މައްސަލަތައް ހައްލުކުރަން ބޭނުންވާ ބައެކެވެ. އެއީ ހިޔާލުފާޅުކުރުމާއި މިނިވަންކަމާއި އެއްކޮޅަށް ވަކާލާތުކުރާ އަދި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ގަބޫލުކުރުންތަކެއްގެ މަތީގައި ތިބި ބައެއް ކަމަށް ވިދާޅުވި އެވެ.

މިހެން ގޮސް ހުރި ވެލިއުސްތަކެއް އެބަހުރި އެމްޑީޕީ މެމްބަރުން ގަބޫލުކުރާ. މިކަންތައްތައް މިހާރަށް ވުރެން ރަނގަޅުކުރަން ދިން މެސެޖެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ. --ރައީސް

މިކަންކަން ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އިސްކޮށް އޮވެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދީފައިވާ އިރު މިހާތަނަށް ރަނގަޅު ނުކުރެވި ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލަން ޖެހޭ ކަަމަށެވެ. ބަދަލުކުރަން ކަމެއް ހުރި ނަމަ އެކަމެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ؟ ކޮންކޮން ކަންތައްތަކެއްތޯ ބަދަލުކުރަން ޖެހެނީ. މަޖިލިސް ތެރޭގައި ކޮން މައްސަލަތަކެއްތޯ ހުރީ. ހުރިއްޔާ އަޅުގަނޑުމެން ބަދަލުކުރާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގައި އެމްޑީޕީ އޮވެ މަޖިލީހުގެ އަޣުލަބިއްޔަތު އޮވެ މާލެ ގެއްލުން އެއީ ރައީސް ސިފަކުރެއްވި ގޮތުގައި އިސްލާހުކުރަން ޖެހޭ ކަމެކެވެ.

ރައީސް ވިދާޅުވީ މާލޭ ރައްޔިތުންގެ މެސެޖާ އެކު ކަންކަން ބަދަލުކުރަން ހުރި ނަމަ އެކަމަށް އެމަނިކުފާނު ތައްޔާރު ކަމަށެވެ.

"މި ފަހަރު ލިބުނު ނާކާމިޔާބީގައި އޮންނާނެ ސަރުކާރުން ބަދަލުކުރަން ޖެހޭ ކަންކަން ވެސް،" ރައީސް ވިދާޅުވި އެވެ.

މައްސަލަތަކެއް ހުރެ އެކަން ހައްލު ނުވެ އިންތިހާބެއް ގެއްލިގެން ދިޔައިރު ކުރިން އެ ކަންކަމަށް ފިޔަވަޅު ނޭޅީ ކީއްވެތޯ ނޫސްވެރިއަކު އެހުމުން ވިދާޅުވީ ކޮރަޕްޝަނަކަށް ޖާގައެއް ނުދެއްވާ ކަމަށެވެ. ކޮރަޕްޝަނާ ގުޅޭ ގޮތުން އުފެދޭ ކޮންމެ ސުވާލަކަށް ވެސް ޖަވާބު ހޯދަން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދޭނެ އެވެ. އެކަން އޮތީ އިސްލާހު ނުވާ ހިސާބުގައި ނޫން ކަަމަށް ވިދާޅުވި އެވެ.

ޕީޕީއެމް ކައުންސިލަކަށް ވާތީ އެއްބާރުލުން ސަރުކާރުގެ ނުދޭނެ ކަމުގެ ތުހުމަތަށް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ކައުންސިލް ނުހިންގައި ހުރަސް އަޅައިގެން ސަރުކާރު ނޯންނާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވަރެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެ ނިޒާމުގެ ދަށުން ދޭން ޖެހޭ ބާރުވެރިކަން ދޭން ޖެހޭ ކަމަށެވެ. ކައުންސިލްގައި ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ބައެއް ތިއްބަސް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox