ތެޔޮ ބޯޓު 1000 މީޓަރު އަޑީގައި، ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަ

ރޯވި ބޯޓު އަަޑިއަށް ދިއުމުގެ ކުރިން ސިފައިން ބޯޓު ކައިރި ހަރަކާތްތެރިވަނީ: މިހާރު އޮތީ 1000 މީޓަރު އަޑީގައި -- ފޮޓޯ: އެމްއެންޑީއެފް

ރޯވި ބޯޓު އަަޑިއަށް ދިއުމުގެ ކުރިން ސިފައިން ބޯޓު ކައިރި ހަރަކާތްތެރިވަނީ: މިހާރު އޮތީ 1000 މީޓަރު އަޑީގައި -- ފޮޓޯ: އެމްއެންޑީއެފް

ގާތްގަނޑަކަށް 60 ޓަނުގެ ތެލާއަކު މާލެއިން ލާމު އަތޮޅަށް ދަތުރު ކުރަނިކޮށް ރޯވެ، އަޑިއަށް ދިޔަ ބޯޓު އޮތީ 1000 މީޓަރު އަޑީގައި ކަމަށާއި ބޯޓުން ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަ ކަމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ސިފައިންގެ ޑައިވް ޓީމަކާ ހަވާލާދީ "އަދަދު" އަށް ވިދާޅުވީ ފުޅި އަޅައި ފީނައިގެން ބެލިއިރު "ބްރޯ ފިއުލް" ކުންފުނީގެ އެ ތެޔޮ ބޯޓު އޮތީ އެނބޫދޫ ފިނޮޅު ކައިރިން ގާތްގަނޑަކަށް 1000 މީޓަރު އަޑީގައި ކަމަށެވެ.

"އެހާ ފުނުގައި އޮތީމަ ވާ ގޮތަކީ މިހާރު އޮންނާނީ ވަރަށް ބޮޑަށް ކޮމްޕްރެސްވެފަ. އެހެންވީމަ ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަވާނެ. އެކަމަކު މޮނީޓާ ކުރަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.

Advertisement

ރޯވި ވަގުތު ތެޔޮ ބޯޓުގައި ހަތަރު މީހުން ތިއްބެވެ. އެ މީހުން ސަލާމަތް ކުރީ އެ ހިސާބުން ދަތުރު ކުރި ލޯންޗަކުންނެވެ.

އަޑިއަށް ދިޔަ ބޯޓުން ތެޔޮ ލީކުވި ނަމަވެސް އެ ސާފު ކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.

"ބޯޓުގަ ހުރީ ޑީސަލް. އެއީ ލުއި ތެލެއް. އެހެންވީމަ ސާފު ކުރަން ވެސް ފަސޭހަ ވާނެ،" އޭނާ ވިދާޅުވި އެވެ.

ތެޔޮ ބޯޓު އަޑިއަށް ދިޔަ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޮނީޓާ ކުރަމުންދާ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox