އެނބޫދޫފިނޮޅު ކައިރި، ކަނޑުމަތީގައި އޮތްވައި ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.
ހާދިސާ ހިނގިއިރު ބޯޓުގައި ހަތަރު މީހުން ތިބި އެވެ. އެމީހުންނަށް ވަނީ ރައްކާތެރިކަމާއެކު މާލެ ގެނެސްފަ އެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، ރޯވި ބޯޓުގައި ތިބި މީހުން ވަނީ އެތަނުގައި އޮތް އެހެން ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައެވެ.
އަލިފާން ރޯވެފައިވަނީ "ބްރޯ ފިއުލް"ގެ ތެޔޮ ބޯޓެއްގަ އެވެ. ބޯޓުގައި އެއްލައްކަ ލީޓަރުގެ ތެޔޮ ހުރި ކަމުގެ މައުލޫމާތު ލިބެ އެވެ.
ބޯޓު އަޑިއަށް ދިޔަ ނަމަވެސް، އޭގައި ހުރި ތެޔޮ ލީކުވަމުން ނުދާ ކަމަށާއި ތެޔޮ ލީކު ވޭތޯ ކޯސްޓްގާޑުން ބަލަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ބޯޓުގައި ރޯވީ ތެޔޮ ބަރުކޮށްގެން މާލެއިން ލ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.












