ރައްކާތެރިކަމުގެ ފިޔަވަޅުތައް އީސީން އެޅި ގޮތް ރަނގަޅު: ޓްރާންސްޕޭރަންސީ

މާލޭ މަރުކަޒެއްގައި މިއަދު ވޯޓުލުން ކުރިއަށްދަނީ: މިހާރު ވެސް 50 ޕަސެންޓު މީހުން ވަނީ ވޯޓު ލާފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭ މަރުކަޒެއްގައި މިއަދު ވޯޓުލުން ކުރިއަށްދަނީ: މިހާރު ވެސް 50 ޕަސެންޓު މީހުން ވަނީ ވޯޓު ލާފައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ބަލިމަޑުކަމުގެ ހާލަތުގައި މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އާންމު ގޮތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބެއް ވެސް މޮނީޓާ ކުރުމުގެ މަސައްކަތް ކުރާ ޓްރާންސްޕޭރަންސީ އިން ބުނެފައި ވަނީ، 19 އަތޮޅެއްގައި 55 އޮބްޒާވަރުންނާއެކު އެ ޖަމިއްޔާއިން ބެލި ބެލުމުގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އެޅުމާއި އަތް ދޮވުމާއި ކިޔުތައް ބެލެހެއްޓުމާއި ހުން ބެލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ގެންގޮސްފައި ވަނީ ރަނގަޅަށް ކަމަށެވެ.

އެގޮތުން އެ ޖަމިއްޔާއިން ބުނެފައި ވަނީ އިލެކްޝަންސްގެ އޮފިޝަލުންގެ ތެރެއިން 85 ޕަސެންޓު މީހުން ހަރަކާތްތެރިވަމުން ދިޔައީ މާސްކު އަޅައިގެން ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 91 މަރުކަޒުން ހުން ބަލާފައިވާއިރު 79 މަރުކަޒުތަކުގައި ކިޔު ހަދާފައި ވަނީ ގައިދުރުކޮށެވެ. މީގެ އިތުރުން ހުރިހާ ވޯޓުލާ މަރުކަޒެއްގައި ވެސް އަތް ދޮވުމުގެ އިންތިޒާމް ހުރީ ހަމަޖައްސައިފަ އެވެ.

ވޯޓުލާ މަރުކަޒަށް މީހަކު ވަނުމުގެ ކުރިން ހުން ބަލަނީ: ރައްކާތެރިކަމުގެ ފިޔަވަޅު ހުރީ ރަނގަޅަށް -- ފޮޓޯަަ: ހުސެއިން ވަހީދު/އަދަދު
ވޯޓުލާ މަރުކަޒަށް މީހަކު ވަނުމުގެ ކުރިން ހުން ބަލަނީ: ރައްކާތެރިކަމުގެ ފިޔަވަޅު ހުރީ ރަނގަޅަށް -- ފޮޓޯަަ: ހުސެއިން ވަހީދު/އަދަދު

ވޯޓުލާ މަރުކަޒަށް މީހަކު ވަނުމުގެ ކުރިން ހުން ބަލަނީ: ރައްކާތެރިކަމުގެ ފިޔަވަޅު ހުރީ ރަނގަޅަށް -- ފޮޓޯަަ: ހުސެއިން ވަހީދު/އަދަދު

މިއަދު ކުރިއަށްދާ އިންތިހާބުގައި 273،128 ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިހާތަނަށް އޭގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފަ އެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 223،975 މީހުންގެ ތެރެއިން 161،510 މީހަކު ވަނީ ވޯޓު ލައިފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 72 ޕަސެންޓެވެ.

އޭގެ ފަހުން 2014 ގައި ބޭއްވި އިންތިހާބުގައި ވޯޓުލާފައި ވަނީ ހައްގު ލިބޭ 240،220 މީހުންގެ ތެރެއިން 154،942 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 64.5 ޕަސެންޓު މީހުންނެވެ. އެހެންކަމުން ފުރަތަމަ އިންތިހާބަށްވުރެ މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 7.5 ޕަސެންޓު ދަށްވި އެވެ.

އެންމެ ފަހުން 2017 ގައި ބޭއްވި އިންތިހާބުގައި އިންތިހާބުގައި 255،987 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން ވޯޓުލާފައި ވަނީ 168،951 މީހުންނެވެ. އެއީ ހައްގު ލިބުނު މީހުންގެ ތެރެއިން 65.9 ޕަސެންޓު މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox