ހުއްދަ ނުހޯދައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް އެމެރިކާގެ މަނަވަރެއް ވަދެފި

ޔޫއެސްއެސް ޕޯލް ޖޯން ޕޯލްސް: ރާއްޖެ ސަރަހައްދަށް ވަނީ ރާއްޖޭގެ ގާނޫނާ ހިލާފަށް ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ނޫން ކަމަށް އެމެރިކާއިން ބުނޭ -- ފޮޓޯ/ޔޫއެސް ނޭވީ

ޔޫއެސްއެސް ޕޯލް ޖޯން ޕޯލްސް: ރާއްޖެ ސަރަހައްދަށް ވަނީ ރާއްޖޭގެ ގާނޫނާ ހިލާފަށް ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ނޫން ކަމަށް އެމެރިކާއިން ބުނޭ -- ފޮޓޯ/ޔޫއެސް ނޭވީ

ކުރިން ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް އެމެރިކާގެ މަނަވަރެއް ވަދެފި އެވެ.

ރާއްޖޭގެ ސަރަހައްދަށް މިދިޔަ ބުދަ ދުވަހު ވަދެފައި ވަނީ ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް (ޑީޑީޖީ-53) އެވެ. މިއީ ކަނޑުމަތިން މިސައިލު ފޮނުވައިގެން މަތިންދާ ހަނގުރާމަމަތީ ބޯޓު ވައްޓާލުމަށް ހާއްސަކޮށް ހަދާފައިވާ މަނަވަރެކެވެ.

އެމެރިކާ މަނަވަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ބޯޓު ވަދެ "މައުސޫމް ދަތުރެއްކޮށް"، "އާންމު އޮޕަރޭޝަނެއް" ހިންގާފައިވާ ކަމަށެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުން ރާއްޖޭގެ ގާނޫނުތަކުން މަނާ ނަމަވެސް، މަނަވަރު އަމަލުކޮށްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ނޫން ކަމަށް އެމެރިކާއިން ބުނެ އެވެ.

"ރާއްޖޭގެ ބޭރު ކަނޑުގެ ސަރަހައްދަށް އެހެން ގައުމުތަކުގެ ހަނގުރާމަ މަތީ އުޅަނދުތައް ވަނުން އަދި ހާއްސަ އިގްތިސޯދީ ސަރަހައްދަށް އެއްވެސް އުޅަނދެއް ހުއްދަ ނުހޯދައި ވަނުމަކީ މަނާ ކަމެއް. ނަމަވެސް މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ފުށުއަރާ ކަމެއް،" މަނަވަރުން ނެރުނު ބަޔާނުގައިވެ އެވެ.

އެމެރިކާގެ މަނަވަރުން ނެރެފައިވާ ބަޔާން:
އެމެރިކާގެ މަނަވަރުން ނެރެފައިވާ ބަޔާން:

އެމެރިކާގެ މަނަވަރުން ނެރެފައިވާ ބަޔާން:

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނުހޯދައި ވަނުން މަނަވަރުން އެ ބަޔާނުގައި ސިފަ ކޮށްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުން ލިބިދޭ ފްރީޑަމް އޮފް ނެވިގޭޝަންގެ ދަށުން ހިންގި އޮޕަރޭޝަނެއްގެ ގޮތުގަ އެވެ.

"މި ފްރީޑަމް އޮފް ނެވިގޭޝަން އޮޕަރޭޝަނުން، ރާއްޖޭގެ އެކްސެސިވް މެރިޓައިމް ކްލެއިމްސަށް އަށް ގޮންޖަހައި، އަހަރުމެން މި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުން ލިބިދޭ ހައްގުތަކާއި މިނިވަންކަމާއި ގާނޫނާ އެއްގޮތަށް ކަނޑުގައި ހަރަކާތްތެރިވުމުގެ ހައްގު ކަށަވަރުކޮށްފައި،" މަނަވަރުން ބުންޏެވެ.

ޔޫއެސްއެސް ޖޯން ޕޯލް ޖޯންސްއިން ބުދަ ދުވަހު ވަނީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އިންޑިއާގެ ސަރަހައްދަށް ވެސް ވަދެ މަލިކު ކައިރިން ދަތުރުކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ވެސް މަނަވަރުން ވަނީ ބަޔާނެއް ނެރެފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ "އެއްވެސް ބޭނުމަކު ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދެއް" ރާއްޖޭގެ ސަރަހައްދަށް ވަންނަން ވާނީ "ދިވެހި ސަރުކާރުގެ ހުއްދަ ކުރިން ލިބިގެން" ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް އިން އިންޑިއާ އަދި ރާއްޖޭގެ ސަރަހައްދަށް ވަދެފައި މި ވަނީ ޗައިނާއަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.

މިކަމާ ގުޅިގެން ދިވެހި ސިފައިންގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox