އިންތިހާބު: ސިޓީތަކުން ވެސް ފެންނަނީ ހިމޭންކަން

މިއަދުގެ އިންތިހާބުގެ ތެރެއިން: އިލެކްޝަނުން ލަފާ ކުރަނީ ވޯޓުލާނީ އެންމެ 40 ޕަސެންޓު މީހުން ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދުގެ އިންތިހާބުގެ ތެރެއިން: އިލެކްޝަނުން ލަފާ ކުރަނީ ވޯޓުލާނީ އެންމެ 40 ޕަސެންޓު މީހުން ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިންތިހާބުތަކުގައި، މާލެ ފިޔަވައި އަބަދުވެސް އެންމެ ހަލަބޮލިކަން ފެންނަނީ ސިޓީ ކައުންސިލްތަކުގެ ވޯޓުލާ މަރުކަޒުތަކުންނެވެ. ދިގު ކިޔޫތައް ދަމާލާފައި އޮންނައިރު، ޕާޓީތަކުގެ އޮބްޒާވަރުން މީހުން ނެރުމަށް ވެސް ހަރަކާތްތެރިވެ އެވެ. އެކަމަކު މި އިންތިހާބުގައި އެ މަންޒަރެއް ނުފެނެ އެވެ.

އަތޮޅުތަކުގެ ތިން ސިޓީގެ ވޯޓުލާ މަރުކަޒުތައް އޮތީ ހިމޭންވެފަ އެވެ. ކިއޫގައި މަޑުކުރުމެއް ނެތި ގޮސް ވޯޓުލައި ނިންމާލަންވީ އެވެ.

އައްޑު އާއި ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުށީ ކައުންސިލަށް ކެންޑިޑޭޓުން އިންތިހާބުކުރަން މެންދުރާ ހަމައަށް ވޯޓުލާފައި ވަނީ މަދު ބައެއް ކަމަށް އެ ކައުންސިލްތަކުން ބުންޏެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ އެ ސިޓީގެ ހުރިހާ ރަށެއްގައި ވެސް ވޯޓުލާން ނިކުތް މީހުންގެ އަދަދު "ވަރަށް މަދު" ކަމަށެވެ.

ފުވައްމުލަކު ސިޓީގެ އިންތިހާބު މޮނީޓާކުރާ ފަރާތަކުން ވެސް ބުނިގޮތުގައި އެ ރަށުގައި ވެސް ވޯޓުލާން ނިކުންނަ މީހުން މަދެވެ. ކިއުތައް ވެސް ކުޑައިރު ވޯޓުލާން އެއްވެސް ދަތިކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"މިހާރުގެ ޓާންއައުޓަށް ބަލާފަ ލަފާ ކުރެވެނީ ވޯޓުލާން ނިކުންނާތީ ގާތްގަނޑަކަށް 50 ނޫނީ 60 ޕަސެންޓު މީހުން ކަމަށް،" އޭނާ ބުންޏެވެ.

މިފަހަރު އަލަށް ސިޓީ ކައުންސިލްގެ އިންތިހާބެއް ބާއްވާ ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ މެންދުރު ކުރީގެ ވަގުތުގައި އެ ސިޓީގައި ވެސް ވޯޓުލާން ނިކުތް މީހުންގެ މަދު ކަމަށެވެ.

"ކިއުތަކުގައި ވެސް ވަރަށް މަދު މީހުން ތިބީ. ބައެއް ތަންތަނުގައި ކިއުއެއް ނެތް. އެކަމަކު މި ފަހަރު ރަށުގައި ބެހެއްޓި ވޯޓު ފޮށީގެ އަދަދު ވެސް ގިނަ. އެހެންވީމަ އެކަމާ ހެދި އަދަދު މަދު ކަމަށް ވެސް ދަށްކަފާނެ،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ލަފާކުރަނީ މި އިންތިހާބުގައި ވޯޓުލާ އަދަދު މަދުވާނެ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ވޯޓުލާން ނިކުންނާނީ ހައްގު ލިބޭ 273،128 މީހުންގެ ތެރެއިން އެންމެ 40 ޕަސެންޓު ކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 223،975 މީހުންގެ ތެރެއިން 161،510 މީހަކު ވަނީ ވޯޓު ލައިފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 72 ޕަސެންޓެވެ.

އޭގެ ފަހުން 2014 ގައި ބޭއްވި އިންތިހާބުގައި ވޯޓުލާފައި ވަނީ ހައްގު ލިބޭ 240،220 މީހުންގެ ތެރެއިން 154،942 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 64.5 ޕަސެންޓު މީހުންނެވެ. އެހެންކަމުން ފުރަތަމަ އިންތިހާބަށްވުރެ މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 7.5 ޕަސެންޓު ދަށްވި އެވެ.

އެންމެ ފަހުން 2017 ގައި ބޭއްވި އިންތިހާބުގައި އިންތިހާބުގައި 255،987 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން ވޯޓުލާފައި ވަނީ 168،951 މީހުންނެވެ. އެއީ ހައްގު ލިބުނު މީހުންގެ ތެރެއިން 65.9 ޕަސެންޓު މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox