ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ޑެފިސިޓް 1.7 ބިލިއަން ރުފިޔާ އަށް

ބަޔަކު ފައިސާގެ މުއާމަލާތެއް ހިންގަނީ: ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ވަނީ ޖީއެސްޓީ އިން- ފޮޓޯ: ހުސެން ވަހީދު/އަދަދު

ބަޔަކު ފައިސާގެ މުއާމަލާތެއް ހިންގަނީ: ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ވަނީ ޖީއެސްޓީ އިން- ފޮޓޯ: ހުސެން ވަހީދު/އަދަދު

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހޭދައިގެ ފަރަގު 1.7 ބިލިއަން ރުފިޔާ އަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 12 ހަފުތާގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދު ކުރީ 5.9 ބިލިއަން ރުފިޔާ އެވެ.

އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބުނީ 3.3 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 741 މިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީގެ ތެރެއިން 1.7 ބިލިއަން ރުފިޔާ ލިބުނީ ޖީއެސްޓީ އިންނެވެ. އަދި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 1.02 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 379 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބުނެވެ.

ހޭދައަށް ބަލާއިރު، ރިކަރަންޓް ހަރަދުތަކަށް 4.4 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުތަކަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އެގޮތުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް އެކަނި ވެސް 2.2 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. ބާކީ ހޭދައިގެ ބޮޑު ބައެއް ކުރީ ކޮވިޑް-19 އާ ގުޅޭ ހަރަދުތަކަށާއި، ސަރުކާރުގެ ވެލްފެއާ އަދި ސަބްސިޑީ ހަރަދުތަކަށެވެ.

ފިނޭންސް މިނިސްޓްރީ ނޫން އެހެން ވުޒާރާތަކުގެ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ އެޑިއުކޭޝަން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީންނެވެ. ދައުލަތުގެ އެހެނިހެން އިދާރަތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ އެންސްޕާ، އެމްއެންޑީއެފް އަދި ފުލުހުންގެ ހިދުމަތަށެވެ.

މި މުއްދަތުގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމަށް 237 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އިތުރު 62.2 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފަ އެވެ.

ސަރުކާރުން މި އަހަރަށް ލަފާކޮށް ފާސްކުރީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރީ 21.1 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގެ 17 އިންސައްތަ ހޭދަ ކޮށްފައިވާ އިރު، ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީގެ 20 އިންސައްތަ ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox